"ޗެނަލް 13" ޓީވީ ސްޓޭޝަންގެ އަގު ބޮޑު ސާމާނުތަކެއް ވެރިޔަކު ނެތި އިއްޒުއްދީން ފާލަން ކައިރީގައި ބަހައްޓަފައި ހުއްޓާ ފުލުހުން މިއަދު އެތަކެތި ހަވާލުކޮށްދީފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އަގު ބޮޑު ސާމާނުތަކެއް އިއްޒުއްދީން ފާލަން ކައިރިން ފެނިގެން މިމަހުގެ 17 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލި ބެލުމުން އެއީ "ޗެނަލް 13" ގެ ތަކެތިކަން އެނގިފައިވޭ" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެތަކެތި މިހާރު އެ ފަރާތާއި ހަވާލުކޮށްފައިވާ ކަމަށާއި އެތަކެތީގެ އަދު 100،000 (އެއްލައްކަ ރުފިޔާ) އަށް އަރާނެ ކަމަށެވެ.

ފުލުހުން އަންނަނީ މިގޮތަށް އެކި ތަންތަނަށް ދޫކޮށްލެވޭ ސާމާނުތަށް އެބޭފުޅުންގެ ބެލުމުގެ ދަށަށް ގެންގޮސް ވެރިފަރާތް ހޯދައި މި ކަހަލަ އަގު ބޮޑު ތަކެތި ވެރިންނާއި ހަވާލުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސިދާތާ ބެޑްސީޓް

    ތި ކުރެއްވީ މިސަރުކާރުން ކުރައްވާކަހަލަ ބޮޑު މަސްރޫއެެއް ނިމިގެން ތިދިޔައީ

    2
    2
  2. ޔަގީން

    ސާބަސް

  3. ބަނާނާ ސަރުކާރު

    މަޑިސީލަ ކޮމިޝަނުން މިކަންކުރިބަޔަކު ހޯދާ ފިޔަވަޅުއަޅަން ގޮވާލަން މިއަދު މިގައުމުގަ ސަރުކާރަށް ސަނާނުކިޔާ ޙަބަރު ގެނެސްދޭންހުރި ހަމައެކަނި ޓީވީ ޗެނަލަށް ގެއްލުންވާގޮތަށް މަސައްކަތްކުރާ ބަޔަކު އެބަޖެހޭ ޒިންމާކުރުވާ ފިޔަވަޅުއަޅައިގެންވެސް ތިޗެނެލް ހުއްޓުމަކަށް ނާންނަގޮތެހަދާ ކުރިއަރުވަން.. ޗެނެލް13 ދުވާލުގެ ގަޑިތަކުގަވެސް އެބަޖެހޭ ފިސާރި ވަރުގަދަ ޕްރޮގްރާމްތަކެ ގެންސްދޭން.. ހަބޭސްއިގޭ މަޑިސީލަ އެވަރެނެތް ސިޔާސީ ޕްރޮގްރާމެއްގަ..