ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދިޔަ ފަރާތްތަކާ އެކު އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވި މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފުރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމް އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

މިނިސްޓަރ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްފައިވާ އެންމެހާ ފަރާތްތަކުން މި ހަފްތާތެރޭ އެނބުރި ރާއްޖެ އަންނަން ފަށާނެ ކަމަށެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށް ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން މައްކާ އަށް ޖަމާވެފައިވާ ކަމަށް ސައުދީ އަރަބިޔާ އިން ވަނީ ބުނެފައެވެ.

ސަރުކާރުން ވަނީ 1431 ވަނަ އަހަރު މަލީޝާ ޖަމާއަތުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަކަރާއި ޙީލަތުން ފައިސާ އަތުލިމީހުގެ ތެރެއިން 32 މީހަކު މިއަހަރު ހައްޖަށް ފޮނުވާފައެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނާއެކު ދީފައިވަނީ ފަސް ކުންފުންޏަކަށެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަކީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑާއި، ޒައިމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި، މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް ޕްރައިވެޓް ލިމިޓެޑެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    އަވަހަށް ރާއްޖެޓީވީ އަށް އަރާ މިދިޔަސަރުކާރޭ ކިޔާފާ ކޮންމެސް ދޮގު ވާހަކައެއްދައްކާ.

    5
    1
  2. ތެދު

    ހައްޖުކޮއްފަ އައިސް ނޫސްތަކުގަ ފިޓޯލާ މަމިއައީ ހައްޖުންކަމަށް ބުނެ ސޭހުންނާއި މިނިސްޓަރުން..ސުބުހާނަﷲ...މީދެއްކުންތެރިކަންނޫނީނުވާނެ..މާތްރަސޫލާގެ ސަހާބީން ހައްޖެ އުމުރާއެށް، ރޯދައެއްހިފިޔަސް، ސޮދަގާތެއްދިނަސް މީހުންނަކަށް އެކަމެއްނާންގާ...ވައިޔާޒްބިﷲ...

  3. ކަހަނބު ވިތްޓޯ ޓޯ

    އިބުޫ އާ އަންނި އާދުރަށްގޮސް ކަލޭ އިސްލާހުވެބަލަ އަޅުކަންކުރޭ .މުދާތައް ތާހިރުވާނީ ކުޑަކުދިންގެ ހިޔާއަށް ސަދަގާތްކުރޭ ދޮންކަލޯ ނުބައިކޮށް އުޅެގެންނުވާނެ

  4. ހުސެން

    އަސްލަމް،ހެޔޮ ގޮތުގައި ސާބިތުވެ ހުންނެވުމަށް ނަސޭހަތްތެރިވަން،ވަސްވާސް ތަކަށް ނުހެއްލޭތި

  5. މޭލޭ

    މީގެ ކުރިންވެސް މީހުން ހައްޖަށް އަދި އުމްރާވެސްކުރޭ ތިޔަވަރެއް ނުކުރޭ ދެއްކުންތެރިކަން މުޅިންވެސް