ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ރާއްޖެއިން ފިއްލެވުމަށް ބޭނުން ކުރި ޓަގް ބޯޓުގެ ކެޕްޓަން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމަހުގެ އެއްވަނަ ދުވަހު އަދީބު ހައްޔަރުކޮށްފައިވަނީ ވަރގޯ 9 ކިޔާ ޓަގް ބޯޓެއްގައި އިންޑިއާގެ ޓުޓިކޮރިން ބަނދަރުން އެގައުމަށް އެތެރެވާން އުޅެނިކޮށެވެ. މި ޓަގް ބޯޓަކީ ސިންގަޕޫރުގައި ރެޖިސްޓަރީ ކޮށްފައިވާ ޓަގް ބޯޓެކެވެ.

ޓަގު ބޯޓުގައި ހުންނަވަނިކޮށް އަދީބު މިމަހުގެ އެކެއްގައި ހައްޔަރު ކުރިއިރު އޭނާގެ އިތުރުން ނުވަ ފަޅުވެރިއަކު އޭގައި ތިބި ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ކުރީގެ ނައީބް ރައީސް އަދީބް ފިއްލެވުމުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުންވަނީ މި މަހުގެ 4 ވަނަ ދުވަހު ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ރާއްޖެ ގެނެސްފައެވެ.

އަދީބު ހިފެހެއްޓުމުން އިންޑިއާގެ ހިމާޔަތަށް އޭނާ އެދިވަޑައިގަތް ނަމަވެސް، އެގައުމުން އަދީބަށް ހިމާޔަތް ދީފައެއް ނުވެއެވެ.

ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަދީބް ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ފުލުހުން ވިދާޅުވީ، ޓަގު ބޯޓާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީ އެ ބޯޓުގެ ކެޕްޓަން ރާއްޖެއިން ފުރުން މަނާކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަބީބު

    ފާޑުފާޑުގެ އަޑުތައް އަރުވާ މީހުން ވަޅުވައްދަން ސަރުކާރުން ނޫޅޭށެވެ. ރައީސް ޔާމީންގެމައްޗަށް ސަރުކާރު ބޭނުންވަގޮތަށް ހެކިދިނުމަށް އެއްބަސްކުރުވާ އޭނަ ފިއްލީ ސަރުކާރުން ރާވައިގެން. ދީނެއް މިއްލަތެއް ނޭގޭމީހުން ޤިޔާމަތަށާ އާޚުރަތަށް ބިރެއް ނުގަންނާނެ! އެކަމަކު މީހެއްގެމައްޗަށް ދޮގުން ހެކިބަސްދީ އެމީހެއްގެ ޒިންދަގީ ދޮވެލާފަ އަރާމެއްގައި ނޫޅެވޭނެ! ދޮގުހެކި ދިން މީހަޔާ އެމީހާލައްވާ ދޮގުހެކި އުފެއްދިބަޔަކުވެސް އިލާހީ ކޯފާގައި ނުޖެހި މި ދުނިޔޭގައިވެސް ސަލާމަތެއް ނުވެވޭނެ! އެތައް ޒަމާނެއް ވަންދެން އެބަޔަކު ބަލި އެނދުގައި ތިބެން ނުޖެހި ނުދާނެ! ވިސްނައި ފިކުރުކުރޭ!

  2. ހަނދާންވަނީ

    ވަރަށްއަޑިންރޭވިގެން، އެތައްބަޔަކުގެ އިހުމާލްއިން ހިންގާވާފާ ހީލަތްތެރި އަމަލެއް!