ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ހައްޖާޖީން މިއަދުން ފެށިގެން މާލެ އަންނަންފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ފުރަތަމަ ގްރޫޕް މިއަދު އަންނާނެ ކަމަށާއި އަދި އަންނަން ފަށައިފި ކަމަށެވެ. އެގޮތުން ހައްޖުވެރިން މާލެއަންނަ ތާވަލު ހާމަކުރާނެ ކަމަށެވެ.

މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ރާއްޖެއިން ހައްޖަށް ވަޑައިގަތް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހައްޖުގެ އަޅުކަމަށްފަހު މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ރާއްޖެއިން މިއަހަރު 2000 މީހުން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދިޔައެވެ. އެއީ ޙައްޖު ކޯޕަރޭޝަން، ތަޒްކިއާ، މިނާ އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނެވެ.

މިއަހަރު ހައްޖަށްދިއަ މީހުންގެ ހާލު ޖުމްލަކޮށް ރަނގަޅުއިރު، އެއް ހައްޖުވެރިއަކު ވަނީ ނިޔާވެފައެވެ.

މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގެންނެވީ ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމްއެވެ.

މީގެ އިތުރަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ޓްއަރިޒަމް މިނިސްޓަރ ޢަލީ ވަހީދުވެސް ވަނީ ހައްޖުގެ އަޅުކަންއަދާކުރުމަށް ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިގޭ

    މިފަހަރުވެސް ހައްޖުކޯޓާއިން ކުރީ ވައްކަން.

    7
    1
  2. ޢަދުރޭ

    ކުރީ އަހަރު ގެނެސްދެއްވި ހަދިޔާ ތައް ގައުމުން ފިލާނުދަނީސް އާ ހަދިޔާ ޕެކޭޖް އެއް އަނެއްކާ އަންނަނީ. ކްލިނިކްތަކަށް ވިޔަފާރި ރަނގަޅުވާނެ

    1
    1