ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައި ބަންދުކޮށްފައި ހުންނަ ގޮޅީގައި ހުއްޓާ ލިބުނު އަނިޔާތަކާއި ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި، އަދީބުގެ ހާލު ރަނގަޅު ކަމަށް ކަރެކްޝަންސް އިން ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައިޖީއެމްއެޗް އަށް ގެނެސް ފަރުވާދެމުންދަނީ ކީއްވެގެން ކަން ކަށަވަރުވެފައެއް ނުވެެއެވެ.

ކަރެކްޝަންގެ އޮފިޝަލަކު ވިދާޅުވީ، އަދީބު އޮންނެވީ ހޮސްޕިޓަލްގައި ކަމަށާއި، އަދީބު ދޫކޮށްލާނެ އިރެއް ނޭގޭ ކަމަށެވެ. އަދި އަދީބުގެ ހާލު މިވަގުތު ރަނގަޅުކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދީބު މިހާރު ހައްޔަރުކޮށްފައި ހުރީ ޅ.މާބިންހުރާގެ މައްސަލައިގައި އަދީބުގެ މައްޗަށް ކުށްސާބިތުނުވާ ކަމަށް ހައިކޯޓުން ޙުކުމް ކުރުމުން ދައުލަތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވާތީއެވެ. މާބިންހުރާގެ މައްސަލަ ބަލައި ނިމެންދެން އަދީބު ހައްޔަރުކޮށްފައި ބަހައްޓަން މިމަހުގެ 08 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

އަދީބުގެ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާން އަދި ތާވަލް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކައްޕި

  ޓަގުބޯޓު އެބައޮތް އަދީބު ގޮވާގެން ނޫނީ ނުދާން.

  12
 2. ކަހަނބު ވިތްޓޯ ޓޯ

  އެސޮރުމެން ފިލި ގޮތަށް މިސޮރަށްވެސް ފިލެންވާނެ.ޑިމޮކްރަސީ އެލުނަނުދީ

 3. ސަޓޯ

  ބަލިމާނު... މިނާއަކީ ކަނޑަށް ގަދަ ގޮޅިއަށް ބަލި މާނެއް