މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުލަތުން އެމަނިކުފާނާއި ދެކޮޅަށް ހުށައެޅި ހެކިބަސް ނެގުން ބުރާސްފަތި ދުވަހަށް ތައާވަލް ކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފައިވާނީ ހެނދުނު 9:30 އަށެވެ.

އަދި މި ޝަރީއަތް ވެސް ކުރީ ޝަރީއަތްތަކެކޭ އެއްގޮތަށް ލައިވް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިއީ ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ނެގުމަށް ބާއްވާ ދެވަނަ ޝަރީއަތެވެ.

ބުރާސްފަތި ދުވަހު ބާއްވާ ޝަރީއަތުގައި އެންޓިކަރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ނަގާނެއެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ހުށައެޅި ހެކީގެ ގޮތުގައި މުއައްވިޒުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފު ވަނީ ހެކިންގެ ގޮތުގައި ދައުލަތުން ހުށައަޅާފައެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޮނިފުހޭ

    ޗާޓުން ބޭރުން ކަންތައް ނުކޮށް މަތަވޭ ގުދޯ ގުދޯ ނުގޮވާ ޔާމީން ވަރެއް ހަމަ ނެތް

    13
    1
  2. ބުރޯ

    ޔާމީނުގެ މައްޗަށްވެސް އަދި އެހެން ފަރާތެއްގެ މައްޗަށްވެސް އެމްއެމްޕީއާރުސީގެ މައްސަލާގަ ދައުވާ އެއް ނުކުރެވޭނެ .ސަބަބަކީ އެ ހިޔާނާތުގެ ފައިސާގަ ޒިންމާ ނަގަންޖެހޭ ދެފަރާތަކީ ކުންފުނީގެ އެމްޑީ އާއި ޓޫރިޒަމްމިނިސްޓަރު . އެކަން އެގެނީ ގާނޫނު ނަންބަރު 1/68ޖ ގެ 9 ވަނަ މާއްދާ އިން . މިހާރު ތިޔަކުރަނީ ގާނޫނާ ހިލާފު ދައުވާއެއް.

  3. މިއަދު

    1 މިލިއަން ޑޮލަރަކީ 15.42 މިލިއަންރުފިޔާދެއްތޯ ރައިސްސާލިހުއަށް އަހުމަދަ އަދީބު ދިންކަމަށް އެބުނާ 37 މިލިއަން ރުފިޔާގެ މައްސަލަ ބައްލަވަން ކެރިވަޑައިގަންނަވާނެތޯ އެމައްސަލަ ލީކުކޮށްލި ސިއްރުމީހާއެބަބުނޭ ފައިސާދިންތަނާއި ފައިސާދިންއިރު ތިބިމީހުނާއިއެކު އެއްމެފަހަރަކުވެސް ނުބުނެނޫންތޯ އެވެނި މިވެނި އެކައުންޓަކަށް ފައިސާ ޖަމާކުރެއްވި ވާހަކައެއް ވީއިރު ރައިސްއޮފީގެ ބޭފުޅަކު ނުކުމެ އެއީ ދޮގެކޭ ރައިސްސާލިހުގެ އެކައުންޓަކަށް 37 މިލިއަން ރުފިޔާ ޖަމަކޮށްފައެއް ނެތޭބުނުމަކީ އެކަން ނުހިނގާ ކަމެއްކަމަށްވުމެއްނޫންދެއްތޯ ކާކުތޯ ބުނީ ރައިސްސާލިހުގެ އެކައުންޓަށް 37 މިލިއަން ރުފިޔާ ޖަމަކުރީމޭ ނުވަތަ ކުރިޔޭ ސިއްރުމީހަބުނީ 37 މިލިއަން ރުފިޔަދިނޭ އަބަދުވެސް ރައިސްގެ ބުނާބަސްބުނާއަކީ ކޮންމެސަރުކާރެއް އޮތްނަމަވެސް ދޮގާއިމަކަރާއި ހީލަތްހަދައުިގެންވެސް ރައިސް ދިފާޢުކުރަން ބަސްބުނަމީހާ އެހެންވީމަ ހޫދު އަދިތިހެން ބުނުމަކުން ނުފުގެ ތިމައްސަލަ ބަލަންވެސް ކޮމިޝަނެއް އުފައްދަންފެނޭ