ރޭ ފަތިހު ދަންޖެހިފައި ހުއްޓާ ފެނުނު ގައްދޫ ފިރިހެން މީހާ ދަންޖެހުނީ އަމިއްލައަށް ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ރޭ ފަތިހު ދަންޖެހިފައި ހުއްޓާ ފެނުނީ އުމުރުން 40 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ފެނުމުން މަރުވި ގޮތާއިމެދު ޝައްކުތަކެއް އުފެދިގެން ހަށިގަނޑު ގދ. ތިނަދޫގައި ހުންނަ ޑރ، އަބުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބަލާފައި ވެއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން، އިތުރަށް ބެލިބެލުމުން އޭނާ ދަންޖެހުނީ އަމިއްލައަށް ކަން ވަނީ ކަށަވަރުވެފައެވެ.
މީގެ ކުރިން އޭނާގެ މަރާއި މެދު ޝައްކުތަކެއް ކޮށްފައި ވަނީ އޭނާ ފެނުނުއިރު، ބިންމަތީގައި އޮތުމާއި، ކަރުގެ ވާގަނޑެއް ނެތް ކަމަށް ބުނެއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން، އޭނާ ދަންޖެހިފައި ހުއްޓާ ފުރަތަމަ ފެނުނީ އަނބިމީހާއަށެވެ. އަދި ވާގަނޑު ކަނޑާލީވެސް އަނބިމީހާ ކަމަށް ވެއެވެ.
އެގޭގައި ދިރިއުޅެނީ މަރުވި މީހާގެ އަންހެނުންނާއި، ތިން ކުދިންނެވެ.
ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުންތޯ ތިކަން އެނގުނީ، ތިކަމަކީ ކުރިން ވެސް އެނގޭނެ ކަމެއް ނޫންތޯ އަނބިމީހާ އެވާހަކަ ބުނީ ޑޮކްޓަރުން ސުވާލު ކުރީމަތޯ، ކޮންމެ އަކަސް ވަރަށް ދެރަކަމެއް އާއިލާ އަށް ކެތްތެރިކަން މިންވަރުކުރައްވާށި
ހިސާބައްވުރެއް އަންހެނުން ގަދަ ވީމަވެސް ތިގޮތަ ކަންތަ ދިމާވޭ.
ފިރިމީހާ އެއްވެސް ބާރެއްމިހާު ނޯވޭ.
ގަބޫލު ނުކުރިޔަސް ކަން އޮތްގޮތް މީ
ތިޔައީ ހަމަ ނިންމަން އަންގާފަ އޮތް ގޮތެވެ. މި ވެރިކަމުގައި ގޮތް ނޭގި މަރުވި އެންމެންވެސް މަރުވެފައިވަނީ އަމިއްލައަށެވެ. ސާބަސް
ޢަނބިމީހަޔަށް ފެނުނިއްޔޯ އޯކޭ ދެންވެރިންނައްނޭގީ ކީވެ
ސުވާލުއުފެދޭ ފިރިމީހާ ކަމުގަވިޔަސް އެހެން އެކަން
ކޮއްގެންނުވާނެ
ގޮތްނޭގޭ މަރުތައްބަލާ ކޮމިޓީއަށް ޕްރެސަރ ބޮޑުވެ އެއްވެސްކަމެއް މިހާހިސަބަށް އެދެވޭގޮތެއްގައި ނުހޯދި ގައުމުގެ މާލިއްޔަތުން ގިނަފައިސާތަކެއް އެކޮމެޓީއަށް ޚަރަދުކުރަންޖެހުމާއިއެކު މިސަރުކާރު އައިފަހުން މަރުވާ އެންމެންނަކީވެސް ގުދުރަތީ މަރު ނުވަތަ އަމިއްލައަށް މަރުވުންކަމުގައި ނިންމީމައި އިތުރަށް ހޯދާކަށް ނުޖެހޭނެނޫންތޯ! ޔާމީން ސަރުކާރު އޮތްއިރު މަރުވި ހުރިހާ އެންމެން މެރީ ޔާމީނުކަން ދެއްކުމަށް އެތައްމަސައްކަތެއް ކުރިކަން އެނގޭދެއްތޯ! ނަމަވެސް މިހާރު މިމީހުންގެ ޒިންމާއެއްނެތް!
އަމިއްލައަށް މަރުވުމަކީ ކިހާ ބޮޑު ފާފަ އެއްކަން ނޭނގެނީ ބާ؟؟؟
އެއީ އެ ފިރިހެން މީހާގެ އަނބިމީހާ އެއް ނޫން. ޢެ ފިރިހެންމީހާގެ އަނބިމީހާ ހުރީ މާލޭގައި. އެއީ އޭނަ ކުރިން އިން މީހެއް. 2 މީހުން ތިން ފަށް ވުމުން އެ 2 މީހުން ވެސް އިނީ އެހެން 2 މީހަކާ. މިހާރު މި އަންހެންމީހާ ހުންނަނީ ވަރިކޮށްފަ.