ގއ މާމެންދޫގައި ހުރި 100 އަހަރުވެފައިވާކަމަށް ބުނާ އާސާރީ މިސްކިތެއް ތަޅާލައި، މިސްކިތް ހުރިތަން ހިނަވާ ގެއަކަށް ބަދަލުކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މާމެންދޫ ރައްޔިތަކު ބުނީ ތަޅާލި މިސްކިތަކީ އެރަށުގެ އެންމެ ގިނަ ދުވަސްވީ ތާރީހީ ބިނާ ކަމަށެވެ.

"މިސްކިތް ތަޅާލަމުން ދިޔައިރު އެކަން ހުއްޓުވާނެ ބަޔަކު ނުވި، ކައުންސިލް މެންބަރުންގެ އިތުރުން ތަރިކަތަކާއި ބެހޭ މިނިސްޓްރީންވެސް ތިބީ އަތް އުރައިގެން،" އޭނާ ބުންޏެވެ.

އޭނާ ބުނީ މިސްކިތް ތަޅާލީ ކައުންސިލް އަޑީގައި އޮވެގެން ކަމަށެވެ.

މި ކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދަން މާމެންދޫ ކައުންސިލްގެ ތިން މެންބަރުނަށް ގުޅާލުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާއި ގުޅޭގޮތުން އެބޭފުޅުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މާމެންދޫގައި 100 އަހަރުވީ މިސްކިތެއް ތަޅާ ސުންނާފަތި ކޮށްލިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހި ތާރީހު ކުރިއަރުވައި ރަށްރަށުގައި ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތަކެތި ހިމާޔަތް ކުރައްވާނެ ކަމަށް ވަނީ ވައުދުވެޑައިގެންފައެވެ.

އާސާރީ ތަންތަނުގެ ތެރޭގައި އާސާރީ ބިނާތަކާއި އިމާރާތްތަކާއި އާކިއޮލޮޖިކަލް ސައިޓްތައް ހިމެނެއެވެ. އަދި ގުދުރަތީ އަސަރުގެ ސަބަބުން ފާހަގަކޮށްލެވޭ ސަރަހައްދުތައް ވެސް ބިލުގައި ހިމަނާފައިވަނީ ސަގާފީ ސަރަހައްދުތަކެގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. moosaa bey

    zinmaa dhaarukan kuda amaleh

    14
  2. ނުޢައިމު

    100 ދުވަހުގެ ތެރޭގައި ފުއްދަން ވަޢުދުވި ބައިވަރުކަންތައްތަކުގެތެރެއިން ކުރެވުނީ އެންމެ ކަމެކެވެ. އެއީ ރައީސް ޔާމީންގެމައްޗަށް ނުޙައްޤު ޝަރީޢަތެއް ހިންގުމެވެ.
    * ކަރަންޓާ ފެން އަގުހެޔޮކުރަންވީ ވަޢުދު ތޮޅިއަށް
    * ހުރިހާ މިސްކިތްތައް އެޔަރކޯންކުރަން ވީ ވަޢުދު ތޮޅިއަށް
    * ސިވިލްސާވަންޓުންގެ މުސާރަ ޑަބަލްކޮށް އޯވާރޓައިމް ލިމިޓް ކަނޑާލުމަށް ވީ ވަޢުދު ތޮޅިއަށް
    *. ޕެޓިރޯލާ ޑީސެލް އަގުހެޔޮކުރުމަށް ވީ ވަޢުދު ތޮޅިއަށް
    * ޑޮލަރުގެ އަގު 11 ރުފިޔާއަށް ހަދަން ވީ ވަޢުދު ތޮޅިއަށް
    * މަސްވެރިންގެ ޖީބުތަކަށް ސީދާ ޑޮލަރު އަޅައިދިނުމަށް ވީ ވަޢުދު ތޮޅިއަށް
    * ބާނާ މަހަށް ހަމައަގު ދިނުމަށް ވީ ވަޢުދު ތޮޅިއަށް
    * ފެލިވަރު ކާރުޚާނާގައި ދުވާލަކު ބަންދުކުރާ ޢަދަދު 60 ޓަނަށް ހަދަން ވީ ވަޢުދު ތޮޅިއަށް
    * ފެލިވަރުގައި މަސްރައްކާކުރަ އައިސް ޕްލާންޓް 2000 ޓަނަށް އިތުރުކުރުމަށް ވީ ވަޢުދު ތޮޅިއަށް
    * މަސްވެރިން ކިރުވާ މަހަށް ވަގުތުން ފައިސާ ދިނުމަށް ވީ ވަޢުދު ތޮޅިއަށް
    * ކޮންމެ ރަށެއްގައި އައިސްޕްލާންޓް ހެދުމަށް ވީ ވަޢުދު ތޮޅިއަށް
    * މަސްވެރިންގެ ކާޑަށް ފައިސާ ޖަމާކުރަން ވީ ވަޢުދު ތޮޅިއަށް މިއީ މަދު މިންވަރެއް ޕޮއް

    26
    1
  3. ކަހަނބު ވިތްޓޯ ޓޯ

    ހެހޭ ލާދީނީފަހަލުވާނުން. ރީނދޫ ހުންޖެހިފާ .އަދިވެސް ބުއްދާސިންގ އަންނި އާ ގެރި މޯދީ ފަހަތުން ދުވޭ ރީނދޫ ބައިގަނޑުގެ އަސްލު ސޫރަ ތި ފެންނަނީ

    25
  4. ސަޓޯ

    ކޮބާ ދުންޏާ މައުމޫނު... ކަޅުވަކަރު މިސްކިތާ ހިތާވެގެން އުޅޭ ކަލޭގެ.. މި އެމްޑީޕީ ބައިގަނޑު މިގައުމުގެ ތަރިކަ ތައް ނައްތާލަނީ ހަމަ..

    21
    1
  5. ކަޅުވަކަރު މިނިސްޓަރު

    ތިޔައޮތީ ތަރިކަ ރައްކާކުރެވިފަ.. މައުމޫނުގެ ދަރިއަށް ކަޅުވަކަރު މިސްކިތްނޫނީ ތަރިކައެ ނުފެނުނު.. މައުމޫނު އެމިސްކިތް ނަގާ ފަޅުރަށަކަށް އެރުވިކަމެ މައުމޫނުގެ ދަރިޔަށް ނޭގޭ. މައުމޫނާ އޭނަގެ ދަރިންގެ މިސާލަކީވެސް މިކިތު ވަކަރުގެ މިސާލު.. އެއްލާލާކަށް ނުކެރޭ ބޭނުމެ ނުކުރެވޭ ބޭއްވުމުގެ ސަބަބުން ލިބޭ ގެއްލުންބޮޑު.. މީއަޅެ ދޮގެއްތަ؟

    17
    3
  6. ޙުއްބުލް ވަޠަން

    ތިޔަވީގޮތުންަަަަަަށަށް މިހާރު 100 އަހަރައްވުރެ ގިނަދުވަސް ވެއްޖެ.
    ހަމަޔަގީނުންވެސް މާމެންދޫ ކޯޓް ހުރި ސަރަޙައްދުގައި ކުރިން ހުރި މިސްކިތް ފަަަަަަނުން އަޅާފައި ހުރި މިސްކިތަށް އަހަރެން ވަރަށް ގިނައިން ނަމާާާާާާދަށް ދިޔައިން. އަަަަފި ހަމަޔަގީނުންވެސް އޭރު ގއ.މާމެންދޫގައި އެހެން މިސްކިތެއްގައި ނަމާާާާދު ނުކުރޭ.
    އޭރު އެ މިސްކިތާޔ ޖެހިގެން އިރުމައްޗަށް ހުންނަނީ މާމެންދޫ މަދުރަދާ. މިމަދުރަސާ އާއި އިންވެގެން އިރު ދެކޮނަށް ހުންނާނީ މާމެންދޫ އޮފީހާއި ކޯޓު.

    10
    6
  7. ހިމާރުލް ވަތަން

    ހުއްބުލް ވަތަން ތިޔަ ބުނާ ކޯޓް ހުރި ބިމުގަ ހުރި ދަނޑިފަނު މިސްކިތުގަ ނަމާދު ކުރި ދުވަސްވަރަކީ މިޚަބަރުގަ މިބުނާ އާސާރީ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކުރި ދުވަސްވަރެއް.

    6
    2
  8. ލާދީނީ ޕާޓީ ޑީޕީ

    މާތް ﷲ މިވެރިކަން އަވަހަށް ނިންމަވާށި.އާމީން

    11
  9. ސާބަހޭ

    ކުދިންނޭ! ކަންކަން އޮޅުވައިނުލާ. ތި ތަޅައިލި ތަނަކަށް 100 އަހަރެއްނުވާނެ. އެކަމަކު ތި ތަޅައިލި މިސްކިތް އަޅަން ކުރިން އެތަނުގައި ހުރި މިސްކިތަކީ އިހުގެ މުސްކުޅިގޮތަށް ހުރި މިސްކިތެއް. އެޒަމާނުގައި އެތަނުގައި ހުރި ވަޅުތައް ނުނަގައި ބާވެފައި ހުރި ތަން ނަގައި މިސްކިތެއް އަޅަން ފެށީ. އޭރު އެއީ މިސްކިތް މަރާމާތު ކުރުމަށް ހެދިގޮތެއް ނޫން. އެއީ އެދުވަސްވަރު އެރަށުގެ އެންމެ އިއްޒަތްތެރި މުއްސަނދި ބޭކަލު ކުރައްވަން ފެށްޓެވި މަސައްކަތެއް. މިސްކިތެއް އެތަނުގައި އަލުން އަޅަން ކުރި ކަމެއް. ރައީސް މައުމޫން މާމެންދުއަށް ވަޑައިގެންނެވި ދުވަހު ވަޑައިގެންނެވި މިސްކިތުގެ ފޮޓޯތައް ލިބެން ހުންނާނެ. އެއީ ތިޔަ ބުނާ ދަނޑިފަނުގެ މިސްކިތަކީ. އެއީ ކުރިން މި ބުނި މިސްކިތް ރޫޅާލައި އެތަނުގައި އެއަށްވުރެ ބޮޑުކޮށް މިސްކިތް އަޅަންވެގެން އެޅި ދަނޑިފަނުގެ މިސްކިތް. ދަނޑިފަނުގެ މިސްކިތް ހުރި ތަނުގައި މިހާރު އެހުރީ ކޯޓު އަޅާފައި. އެއަށްވުރެ މާ މުހިންމު ތަންތަން ތިޔަ މިސްކިތުގެ ގޯތި ތެރެއިންވަނީ ނައްތާލާފައި. އާސާރީ އެތައް މަހާނަގަލެއް ވަނީ ނަގައި އުކާލާފައި. އެ މަހާނަ ގާތަކުގައި އެތައް ބައެއްގެ ނަމާއި ތާރީޚީ މައުލޫމާތު ލިޔެވިފައި ހުރި. މަހާނަ ގާތައް ނެގުން އެއްކައިރީގައި އޮއްވާ ގާނަގާފައި ގަބުރުތައް ނުނަގައި މަހާނަތަކުގެ މަތީގައި މަގެއް ހަދައިގެން މަހާނަތަކުގެ މަތިން ބައިސްކަލާއި ސައިކަލުގައި މިހާރު ބާރުބާރަށް ތިޔަ ބުރުޖަހަނީ. އަދި އެތާނގައި ބުރެއް (ފޮޓޯގައި އެހެރަ ފެންނަ ބުރު) ހަދައިގެން އެ ބުރުމަތީގައި ތިބެގެން ހިތުހުރިހައި އެއްޗެއް ތިޔަހަރަ ގޮވަނީ. ގަބުރުތަކަށް ކުރަންޖެހޭ އިޙްތިރާމް އެއްގޮތަކަށްވެސް ނުކުރޭ. މިހާލުގައި ތިޔަ ތަނެއް ތިޔަ އޮތީ.

  10. ނަތީޖާ

    ނަތީޖާ މިއަދު އޮޅުވައިނުލައްވާ! ތިޔަ ރަށުގެ ލޮބުވެތި ޢިއްޒަތްތެރިޔަކު މަތިވެރި މާތް މަގުސަދެއްގައި ކުރިން ހުރި ބާމިސްކިތް ހުރި ތަނުގައި އަލުން މިސްކިތެއް އަޅުއްވަން ކުރެއްވި މިންނެތް މަސައްކަތަށް ހުތުރު ނާރުވާ! އެ ބޭފުޅަކު ކުރެއްވި ކަމަކީ މިސްކިތެއް މަރާމާތު ކުރުމެއް ނޫން. މިސްކިތެއް ހުރި ތަނެއްގައި އެ މިސްކިތް ނަންގަވާފައި އަލުން މިސްކިތެއް ބޮޑުކޮށް އެޅުއްވުން. އެޅުއްވިއިރު އެތަނުގައި ހުރި ވަޅުތައް ހުރިގޮތަށް ބެހެއްޓެވި. އަދި އެއަށްވުރެ މާ މުހިންމު އެއްޗެއްވެސް ހުރި. އެއީ ވަގުތުގާ. އެވެސް އެތައް އަހަރެއްވީ އެއްޗެއް އެ ބޭފުޅަކު އެވެސް ނުނަންގަވާ. އެކަމަކު ތިޔަ ޒަމާނީ ބޭފުޅުން ތިޔަ ތިއްބެވީ އެވެސް ނަގައި އެއްލާލާފައި އެތާނގައި ހުރި މަހާނަ ގާތައްވެސް އުކާލާފައި ގަބުރުތަކަށް އަޅައިލުމެއް ނެތި ނުވެސް ނަގައި ބޮޑު މަގެއް ހަދައިގެން ބޫންބޫން ލާފައި ސައިކަލް ދުއްވަން. ކާބަފައިންގެ ގަބުރަށް ނުކުރި ކޮން އިޙްތިރާމެއް އެ ކާބަފައި އެޅި މިސްކިތަކަށް އޮންނާނީ. ގަބުރަށް އިޙްތިރާމް ކުރުމަކީ ދީނީ ގޮތުން ބެލިނަމަވެސް ކުރަންޖެހޭ ކަމެއް. އެކަން ނުކޮށް ކޮން އާސާރީއެއް އޮންނާނީ.

  11. ރައީސް ގެ ވައިފް

    ކީއްކުރާނީ. އަހަރެންގެ ފިރިމީހާ އަކީ ކިޔަވައިގެން ހުރި މީހެއްނޫން. ޢެހެންވީމާ ވާނީ މިހެން.

  12. ޒައިމު

    ހަމަ ބޭނުން ގޮތެއް ހަދާނީ

  13. ދަންނަ

    މާމެންދޫގައި ހުރި ބާ މިސްކިތް މަރާމާތުކޮށް އެތަން ހިނަވާގެއަކަށް ބަދަލު ކުރަނީ. ތަޅާލީ އެއްނޫން. ތަނުގެ ބޭނުން ހިފަންވާނެ. ބާމިސްކިތެއްގެ ގޮތުގައި ބެހެއްޓުން އެހާ ރަގަޅެއްނޫން. ބޮލަށް ވެއްޓެން ވެފަ ހުރި ފުރާޅެއް.. ކައުންސިލް އިން އެކަން ކުރާނެ. ގެސްޓް ހައުސްގެ ވެރިން ކިތައްމެ ރުޅިއަޔަސް. ދޮގު މައުލޫމާތު ދީގެން ކީއްކުރާނަމޭ ހިތާ ތި އުޅެނީ.. 100 އަހަރޯ... 2 ގަރުނުވި މިސްކިތެކޯ ބުނި ނަމަ ތާހިރު ވީސް. ފަނުން ހެދހި މިސްކިތްވެސް ނެތް. އެމިސްކިތް މާ ތާރީޚީވާނެ ހަމަގައިމުވެސް.