އިންޓަނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެކުރުމަކީ މަނާ ކަމެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެ ކުރެވޭނީ، ޞައްޙަ ބޭސް ސިޓީއެއް އޮވެގެން ކަމަށެވެ. އަދި ވިޔަފާރީގެ ގޮތުގައި އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް އެ އިއުލާނުގައި ވެއެވެ.

އެހެން ނަމަވެސް، އޮންލައިންކޮށް ގަނެގެން ޕޯސްޓުގެ ޒަރީޢާއިންނާއި، އަތްމަތީ ގެނެސްގެން ވިޔަފާރީގެ ގޮތުގައި އިޝްތިހާރުކޮށް، އެކިގޮތްގޮތަށް، ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ ބާވަތްތަކުގެ ބޭސްތައް ވިއްކަމުންދާކަމަށް ފާހަގަވެފައިވާކަމަށް ހްލްތް މިނިސްޓްރީން ވިދާޅުވިއެވެ.

އަދި މިފަދަ ގޮތްގޮތަށް އެތެރެކުރާ ބޭސްތަކަކީ މިއޮތޯރިޓީގައި ރަޖިސްޓްރީކޮށް އޭގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭހެއް ނޫން ކަމަށާއި، އަދި ބައެއް ބޭހުގައި އެކުލެވިގެންވާ ހުރިހާ މާއްދާތައް ލޭބަލްގައި ހިމަނާފައި ނުވާކަން ފާހަގަ ކުރެވުމާއިއެކު، ބޭހުގައި އެކުލެވިގެންވާ މާއްދާތައް ކިޔަންއެންގޭނޭހެން ލޭބަލްތަކުގައި ނުހުންނަ ކަންވެސް ފާހަގަ ކުރެވިފައިވާކަމަށް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން ގަވާއިދާއި އެއްގޮތަށް މިއޮތޯރިޓީން ނަންގަވަންޖެހޭ ހުއްދަތައް ނުނަންގަވާ މިގޮތަށް ބޭސް އިމްޕޯޓްކޮށް ވިއްކުމަކީ މަނާކަމެއް ކަމަށާއި މިފަދަ ފަރާތްތަކާއިމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނަޖީ

  ރައްޔަތަކައް ފަރުވާއެއް ލިބިދާނެ ހެން ހީވާކޮމްމެ ކަމެ މިދަނީ ބަންދުކުރަމުން ރައްޔަތުން ފަނާވަނީ

  11
  1
 2. އަޙްމަދް

  ތައްޔާރު ކޮއްފައިހުއްނަގޮތްނނޭނގޭ ވެކްސިން ޕޯސްޓުމެދުވެރިކޮށްވެސް ގެނެވިދާނެތޯ؟

 3. ޓްވީޓް

  އެހެންވީމަ ޓްވީޓް ކޮށްގެން ބޭސް ގެނެވޭނު ... ހޭބަލި މިނިސްޓްރީ

  7
  1
 4. ކެޔޮޅު

  ތިޔަ މިނިސްޓްރީގެ ދަށުން ހިނގާ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް މިއުޅެނީ އެތެރެކުރާ
  ކާބޯތަކެތީގެ ހާލަތުވެސް ނުބެލެހެއްޓިގެން. އޫރުގެ މާއްދާތަކާއި ރަލާ ހިމެނޭތަކެތި ކައި ބޮއި އަވަދިވާފަހުން އާންމުފަރާތަކުން ރިޕޯޓުކުރިއްޔާ ނޫނީ ރޭކާނުލާ. ފުރަތަމަ ތިމާމެންގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކޮށްބަލަ. ބޭހުގަ ހުންނަ މާއްދާތައް ކާބޯތަކެތީގައިވެސް ހުރޭ..
  "މިނިސްޓަރަށް ވަރަށްސަލާން"

 5. ކެޔޮޅު

  މިކަހަލަ ކަންކަމަށް ފިޔަވަޅު އެޅުމަށް ހެލްތް މިނިސްޓްރީ މީހުން ވަރަށް އަވަސްވާނެ. ސަބަބަކީ މީން ކޮންމެ މީހެއްގެ ހިއްސާވާ ބޭސްފިހާރަތައް ހުންނާނެ. ސޭލްސް ދައްވާ ކަންކަން ހުއްޓުވަން ޖެހޭނެ. ބޭސް ފިހާރަތަކުން ބޭސްސިޓީއާނުލާ ބޭސް ވިއްކުން ނުހުއްޓުވޭ.