ކުޑަ މުސާރަ ކަނޑަ އަޅާ "މިނިމަމް ވޭޖް"ގެ ބިލް އަވަސްކޮށް ދިނުމަށް އެދި ހއ.ދިއްދޫގައި މުޒާހަރާ ކުރަަމުން އެބަ ދެއެވެ.

އެ ރަށުގެ ޒުވާނުންތަކަކާއި، ރަށް ކައިރީ ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ ޒުވާނުން ނުކުމެ، މުޒާހަރާ ކުރަމުންދަނީ އެ މީހުންގެ ޝުއޫރު ލިޔެފައިވާ ޕޯސްޓަރުތައްވެސް ހިފައިގެން ތިބެއެވެ.

އެކަމުގައި ހަރަކާތްތެރިވަމުންދާ ޒުވާނަކު "ވަގުތު"އަށް މައުލޫމާތުދެމުން ބުނީ، އެރަށުގައި މިއަދު ހަވީރު 16:30 ހާއިރުން ފެށިގެން ހއ. އަތޮޅުގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ ޒުވާނުންނާއި، އެ ރަށުގެ ޒުވާނުން ވެގެން މުޒާހަރާ ކުރަމުން ދަނީ މިނިވަން ވޭޖްގެ ބިލް އަވަސްކޮށްދިނުމަށް އެދި ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން އެކަން އަވަސް ކުރުމަށް އެދި ހއ. އަތޮޅުގެ ފަސް މެންބަރުންނަށްވެސް ގޮވަމުން ދާކަމަށްވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ގޮވާލަނީ މިނިވަން ވޭޖްގެ ބިލް ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް، ސަރުކާރަށް އެއްބާރުލުންދީގެން މެންބަރު މިކަން ކޮށްދިނުމަށް". މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

އަދި ރިސޯޓުތަކުގައި އުޅޭ ދިވެހި މުވައްޒަފުން އުޅެނީ ވަރަށް ހާލުގައި ކަމަށާއި، ބައެއް ތަންތަނުން މުސާރަ ނުދޭ ތަނުގައި ސާވިސް ޗާޖްވެސް ނުދޭކަމަށް މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ސުލްހަވެރި އެ މުޒާހަރާގައި ބައެއް މީހުން ހިފައިގެންތިބި ޕޯސްޓަރުގައި ލިޔެފައި ވަނީ، އެ މީހުންނަކީ ވިޔަފާރިވެރިންގެ ޕަޕެޓެއް ނޫން ކަމަށެވެ. އަދި ދިވެހި މުވައްޒަފުންގެ ނިސްބަތް އިތުރުކޮށްދިނުމަށްވެެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ.

އެ މުޒާހަރާގައި ޓުއަރިޒަމް އެމްލޯޔީސް އެސޯސިއޭޝަނުންގެ މެންބަރުންވެސް ދަނީ ބައިވެރިވަމުންނެވެ.

https://www.facebook.com/114136005275974/posts/2528326290523588/

މިނިމަމް ވޭގް ބިލް އަވަސްކޮށްދިނުމަށް އެދި ދިއްދޫގައި މުޒާހަރާ ކުރަމުން އަންނައިރު، ގެ ބިލް މި އަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީސް އަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީމ ދިވެހިންނަށް ވަޒީފާތަކަށް ނުލިބޭ މައްސަލައިގެ ހައްލަކީ މިނިވަން ވޭޖު ކަނޑައެޅުން ކަމަށެވެ. އަދި މިއަހަރު އެ ބިލް މަޖިލީހަށް ވައްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި މިނިމަމް ވޭޖް ކަނޑައެޅުމަށް ލަފާދޭނެ ''އެޑްވައިޒަރީ ބޯޑެއް" ރައީސް ވަނީ އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަންނި

    ތިޔަކަން މިވަގުތު ވާކަން ނެތް. މުޒާހަރާ ނުކުރިޔަސް ދައުރު ހަމަވާން ކައިރި ވީމަ ތިކަންތައް ކޮށްދޭނަން.

    27
  2. ނިހާން09

    ތަޅާނުފޮޅާ ފުޓްބޯލް މެޗްއެއް ނިންމާލެވޭތޯ ބަލަން މުޒާހަރާ ކޮށްބަލަ...

    9
    3
  3. ކެކެކެ

    ކަޑަ. އަތޮޅުގެއަށް މަސްދޯނި "ކިރުވާލާފަ" ދެން ފެލުނީމަ ޑިމޮކްރެޓިކް ބަޔަކަށް ވެވޭނީ. ތީތި ހެސް ކިޔާފަ ކަޑަ

    14
    1
  4. ޢަދުރޭ

    މިދުވަސްކޮޅު ހަރުދަނާ އެއްވެސް ކަމެއް ކުރާކަށް ސަރުކާރު ގަސްތެއް ނުކުރެ .އޮތީ އެމް ޑީ ޕީ މެމްބަރުންގެ ޑްރާމާ ޝޯވްތައް ކުޅުމާއި ސައިފޮދު ހިއްޕެވުން ބިލެއްމީރު ކޮށްލެއްވުން.. ދިިރިއުޅެން ދަތިވެގެން ރައްޔިތުންގެ ޕްރެޝަރ ބޮޑުވެއްޖިއްޔާ ކުރާ ކަމަކީ " ވައްކަން ކޮށްފަ ފިލައިގެން ނޫޅެވޭނެޔޭ ކިޔާއިގެން ޔާމީނަށް ބަވަނީ " މިހާރު ވެރިއަކަށް ހުރީ އަލިފާނުގަ އަތްޖެހުނަސް އިޙްސާސްވާ މީހެއް ނޫން. 29 އަހަރު ވަންދެން މަޖުލީސް ގައި އިންކަން . ގޯނިބެކުޑައަލީވެސް ބަޔަކު އެތާ ބައިންދާފިއްޔާ އިންނާނެތާ. . ދިވެހިންނަށް މާ މޮޅުކަމެއް ކުރެވުނު ކަމަށް ހީކޮށްފަ .ތިބޭ އެޖެންޑާ 19 ގަ ތެޔޮލައިގެން އަންމަބެ ހެދިފަ .

    18
    1
  5. ފުނަދޫ

    ކަލޯތިކަމެއްވާކައްނެތް ތިކަމައްވެސްޖެހޭނީ ކޮމިސަނެއްހަދަން މިއަހަރައްކަނޑައެޅިބަޖެޓުހުސްވެއްޖެ ބަޖެޓާނުބައްދަލު ބިޔަ ޕުރެޖެކްޓުތައްހިންގަންހަދައިގެން ކައިވެނިޕާޓީކަހަލަ ޕާކުގެ ނަންބޯޑުބަދަލުކުރުންކަހަލަ އިސްލާމީމަރުކަޒުކައިރިން މާބުލުތައްނެގުންކަހަލަ ބޮޑެތިމަސްރޫތައްހިންގާލީމަ މިއަހަރުގެބަޖެޓު ހުސްވެއްޖެ ދެން އައްނައަހަރު ބަޖެޓައް ތިޔައިތުރުކުރެވުނިއްޔާ ތިކަންވާނީ

    12
  6. މާލެ

    މިރާއްޖޭގެ ރިސޯޓުތަކައް ރާއްޖޭމީހުން ބޭނުމެއްނޫން ރާއްޖޭމީހުގެނައިމަ ގެންނަމީހާޔަކައް ލޯބައިރުފިޔާއެއްވެސްނުލިބޭނެ ބޭރުމީހުންގެނައިމަ ގެއްނަމީހުނައްފައިދާ ސަރުކާރައްވެސްފައިދާ އެހެންވީމަ ކީއްކުރާދިވެހިންނެއްތަ

    8
    1
  7. މިލަންދު

    މަޖިލީހުމިމްބަރުންނުޖެހެ ކަލޭމެންބުނާހާކަމެއްކުރާކައް އެމީހުން އެތަނައްވްދެއެތިބީ ކަލޭމެންބުނިވަރަކައް ރުފިޔާދީގެން އެމީހުންދެމި ގުއިރޯނުގަ ޖެހިގެނަ ކަލޭމެންތިތިބީ ދެންއެމީހުންބޭނުންވާނީ އެމީހުން އަތުންދިޔަ ހަރަދުކަަަަވަރުކުރަން ރިސޯޓުތައްހިންގާވެރިބުނާހާގޮތައްހައިގެންވެސް ރުފިޔާއެއް އަތުޖެހޭތޯ ރައްޔިތުން ލޯމައްޗައް ދައްކަން އޮޅިގެން ނުބައިފިތައްތިތިގެންވެސް އެކަންއެވެރިން ކުރާނެ ވަރައްސަލާން

  8. ގައްބެ

    ތީއާކަމެއްނޫނެއްނުން ދައްކާދައްކާ ބާވެފައޮތްކަމެއްތީ މިސަރުކާރުން އަދިކުނިވެފަހުރިތަންތަނާ ކުނިވަސްދުވާތަންތަނާ ދުވަސްވެ ބާވެފަ ބާރުކެނޑިހަޑިވެފަ ހުރިތަންތަން ސާފުކޮއް ބާރުޖެއްސުމައްފަހު ދެންފަށާނީ މުޅިން އާގޮތްގޮތައް ކަންކުރަން ފަށާނީ މިހާރުވެސް އާކަމެއްފަށާފި އެއްޖިންސުން ކައިވެނިކުރަންފަށައިފި އެވެސް މިރާއްޖެއައް ކިހާއާކަމެއް އެޖެންޑާ19 ސަޅިވާނެ

  9. ކެކެކެ

    ދިއްދޫ ރޮދިކެނޑޭމެން ގަމާރުންގެ ލީޑަރަށް ތާއިދު ކޮށްގެން ނަތީޖާއެއް ނެރިލާފަ ދައްކާލަބަލަ ހަމައިގަ ތިބި މީހުންނަށް.

  10. ހަހަަަ

    ތި ހަމަ ޕަޕެޓުން....ވިޔަފާރިވެރިންގެ އަޅުން ޕަޕެޓުން ދެން ކޯންޗެއް ތީ...........

    1
    1
  11. މޖ

    މިނިމަމް ވޭޖް އާއި ރައްޔިތުންނަން ފައިދާއެއް ކޮށްފާނެ ބިލެއް ވިއްޖެޔާ އެހައްމަޑުކޮށްލާ އިންތިހާބަށް ތި ކަންތައް ރަންގަޅުވާނެ، ވި ވަގުތު އެމް ޑީ ޕީގެ ސިޔާސަތުއާއި ދިމާ ނުވާ (އެއްވެ އުޅުމުގެ ބިލްފަދަ) ބިލްތައް އަވަސް ކުރާނެ

  12. ޙަރީބު

    ކޮން އިރަކުންބާ ބޮޑު ޗުއްޓީ މާރިޗު އެޕްރީލަށް ހަދަނީ... ރިސޯޓު މުވައްޒަފުންނަށް ވީ ވައުދެއް އެއީ

  13. ހަސަންޑި

    40 މީހުން ވެސް ހަމަނުވި ދޯ... ޗީޑި... ހާވާހަޑި ދިއްދޫ އަކީ ނާތަހުޒީބު ބައެއްގެ ސަބަބުން ދެންތިބި ހެޔޮވިސްނޭ ބަޔަކު ލަދުގަންނަން ޖެހިފައިވާ ފިސާރި ގޮތުގައި ތިބޭ ރަސީދުތަކެއް އުޅޭ ރަށެއް

    1
    3