މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރެކްޗަރގައި މަސައްކަތް ކުރާ ފުވައްމުލަކު ނުވަ މުވައްޒަފަކު ވަޒީފާއިން ވަކި ކުރަން ނޯޓިސް ދީފިއެެވެ.

ވަޒީފާއިން ވަކި ކުރަން ނޯޓިސް ދީފައި ވަނީ، އެމްއާރްޑީސީން ޕްލޭނިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ، ފުވައްމުލަކު ސައިޓްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށެވެ.

މި މުވައްޒަފުންނަށް އެއްމަސް ދުވަހުގެ ނޯޓިސް ދީފައި ވަނީ، 15 އޮގަސްޓުން 14 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ނޯޓިސް ދިން ނުވަ މުވައްޒަފުންގެ އާއިލާތަކަކީ އިދިކޮޅު ޕީޕީއެމްއަށް ތާއިދު ކުރާ އާއިލާތަކެކެވެ.

ޕްލޭނިންގ މިނިސްޓްރީން މީގެ ކުރިން ވަނީ، ގއ. ވިލިގިނލިން 10 މުވައްޒަފަކަށް އަދި ތ. ވިލުފުށީން ހަތް މުވައްޒަފަކަށް ނޯޓިސް ދީފައެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ވައުދާއެކުއެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ވަކި ކުރި މުވައްޒަފުންގެ އަދަދު އެތައް ސަތޭކައަކަށް އަރާ ކަަމަށް ވެއެވެ. މީގެ ތެރެއިން ގިނަ މުވައްޒަފުން ވަކިކޮށްފައި ވަނީ ސިޔާސީ ފިކުރަށް ބަލާފައި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަމުންދާއިރު، ސިޔާސީ މަގާމުތަކަށް މިހާރުވެސް ގެންދަނީ ގިނަ އަދަދެއްގެ މީހުން އައްޔަން ކުރަމުންނެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އިތުރު މީހުން ސިޔާސީ މަގާމުތަކަށް އައްޔަނު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކުޑަހުވަދޫ

  ކުޑަހުވަދޫ އެމްއާރްޑީސީގެ ސަރުކާރަށް ތާއިދު ކުރާ 3 މުވައްޒަފުން ފިޔަވާ އެހެން މުވައްޒަފުންނަށް ނޯޓިސް ދީފި

  35
  1
 2. ޢައިސަ

  ماشاءالله

  2
  28
 3. ސޮނިފުހޭ

  މާޔޫސްނުވާށެވެ މާތްﷲ އީ ރިޒުގް ދެއްވާ ފަރާތެވެ. ތިބާއަށް ﷲ ދެއްވާ އެއްޗެއް އެކަކަށް ވެސް އަތުލުމުގެ ކުޅަދާނައެއް ނުވާނެއެވެ. ﷲ ވޮޑިގެންވަނީ އިޙްސާންތެރިވާ މީހުންނާއި އެކުގައެވެ.

  55
 4. ޕޮގުބާ

  އަޖެންޑާ 19 ގަ ފެންދީފަ ކަރުގަހިފާނީ ސަޅިއެއްނު

  27
 5. .........

  ފޯނުބިލު ވަގުގެ ބައިގަނޑަށް ވެލި ކާން ދިނުމަށްފަހު މިއަދު ވަޒީީފާއިން ތިވަކިކުރާ މީހުންނަށް ވަޒީފާ ހަމަޖެހިގެންދާ ދުވަސް ވަރަށް ގާތް. إنشاءالله!

  22
  1
 6. ގައުމީދޫ

  ނިމެނީ! ނިމެނީ!

  20
 7. ކަބީލާ

  މިވެރިކަން ﷲއިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ނިމޭތަންފެންނާނެ

  25
  1
  • އިންޝާﷲ

   ވެއްޓުނަސް ދުނިޔެ ދެމިއޮތްހާ ދުވަހަކު/ރާއްޖެ އޮތްހާ ދުވަހަކު މޑޕ ރާއްޖޭގެ ވެރިކަމާ ގާތްވިޔަނުދޭތޯ ދުއާކުރަން. ޚާއްސަކޮށް ވެރިކަމާތޮޅޭ ޓެރަރިސްޓް ފެމިލީގެ ދަރިފަސްކޮޅަށް ދުވަހަކުވެސް.އާމީން.މިރާއްޖެއިން އިސްލާމްދީން ފޮހެވޭތީ ވާ ދެރައިން އެ އާއިލާދެކެ ނަފްރަތުކުރެވެނީ. ދިވެހި ލޭ ހުރިކަމަށް ހީކުރާ މައިންބަފައިންގެ ދަރިންނޭބުނާތީވެސް ހިތްދަތިވެ ކަރުނައެޅޭ. ޔާﷲ މި އިސްލާމްދީނާ ދުރު މީސްތަކުންގެ ކިބައިން މުސްލިމް ދިވެހިރާއްޖެއާ އަހަރެމެންގެ ދަރިފަސްކޮޅު ސަލާމަތްކޮއްދެއްވާދޭނވެ އަބަދަށް.އަޅަމެން ވާގިއެދެނީ ހަމައެކަނި އިބަރަސްކަލާނގެ ހަޟްރަތުން

   4
   1
 8. އާމިނަތު

  އިރާދަ ކުރެއްވިއްޔާ މިވެރިކަން ވެއްޓޭކައް މާގިނަދުވަހެއްނެއް

  28
  2
 9. ވަގުތު

  ހަމަބޭރުކުރަންވީއެވެ އިދިކޮޅުމީހުން މިސަރުކާރަށް ބަލާޖައްސަން ތިބޭކަށް ނުޖެހެއެވެ

  2
  3
 10. އިބްރާހީމް

  މި މައުލޫމާތުދިން އިޓަލީއަށް ހަމަ ރަނގަޅަށް އިގޭނެ އަދިވެސް އެތާގަ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ މީހުން ގިނަކަން.