އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) ގެ ދެބޭފުޅުންގެ ވަފުދެއް މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ.

މިއަދު ރާއްޖެ ވަޑައިގެންފައި ވަނީ، ޑިޕާރޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރިފޯރމްސް އެންޑް ޕަބްލިކް ގްރީވެންސަސް ގެ އެޑިޝަނަލް ސެކްރެޓަރީ، ޝްރީ ވީ. ސްރީނިވަސް އާއި އެން.ސީ.ޖީ.ޖީ ގެ އެސޯސިއޭޓް ޕްރޮފެސަރ ޕޫނަމް ސިންގް އެވެ.

މި ދެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓް އިން މަރުޙަބާ ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މި ވަފުދުން ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސިވިލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެންއެސްޖީޖީ)ދެމެދު ވެވުނު އެއްބަސްވުމާއި ގުޅޭ މަޝްވަރާތައް ކުރުމަށް ކުރައްވަ ދަތުފުޅެއް ކަމަށެވެ.

މި މަޝްވަރާތަކުގައި އެންސީޖީޖީގެ ފަރާތުން ހަމަޖައްސާދޭ ތަމްރީނުތަކުގެ މަސައްކަތް އިފްތިތާޙް ކުރުމުގެ ގޮތުންނާއި އަދި މި ތަމްރީނުތައް ކުރިޔަށްގެންދާނެގޮތުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމަށްޓަކައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.

.އެން.ސީ.ޖީ.ޖީ އަކީ އިންޑިއާގެ އިސް މަޤާމުތަކުގައި މަސައްކަތްކުރާ ސިވިލް ސަރވަންޓުން ތާޒާކޮށް މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމަށް ފުޅާދާއިރާގައި ތަމްރީނު ހިންގާ މަރުކަޒެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގެރި ގާޑިޔާ

    ކޮން ގުޑްގަވާރނާސްއެއްތަ އިންޑިޔާއަށް އެހެންމީހުންނަ ދަސްކޮއްދެވޭނީ. އަމިއްލަ ގައުމުގެ ރައއޔިތުންނަ ރަގަޅު އަޙުލާގު ދަސްކޮއްދީބަލަ.. ރޭޕްގެ ރިކޯޑް އިންޑިޔާ. ފަގީރުންގެ ނިސްބަތް އިންތިހާ. އަސާސީ ޙިދުމަތުން މަހުރޫމުވެފަ އެތައް މިލިޔަނެ.. ދެން އެހެންމީހުން ނަތާނަ ހުންނަންވީގޮތް ކިޔާދޭން އިންޑިޔާ ކުފޫ ހަމަނުވޭ.. އިބުރާހިމް މުހައްމަދު ސޯލިހަށް ދަސްކޮއްދޭން އޯކޭ ޒިންމާއިންރެކި މައްސަކަތެނުކޮށް ރައްޔިތުންނަ އިހުމާލުވެ ވޯޓާމެދު ރައްޔިތުން ޝައްކުކުރަނިކޮށް ހުވާކޮށް ވައްކަމުން ލިބުނު ލާރި އަތުލިކަމަށް ބަޔަކު ހެކިދެނިކޮށް ހަނުހުރެ މިކަހަލަ ކަންކަންހުރީމަ ރަގަޅު އޭނަ އިސްލާހުކުރަން..

  2. ނަސީދު

    ޢިންޑިޔާ އައްދާންވީ ރާއްޖެމީހުން ގޮސް ކިޔާދޭންވީ ސަލާމް

    18
  3. އަހުމަދު

    ސިވިލްސަރ ވިސް ކަމިޝަނުގެ ވެރިންނަށް ކިތަންމެ ވަރަކަށް ކިޔައިދިނަސް ކިޔަވައި ދިނަސް ސިވިލް ސަރވަންޓުންނާއި ދޭތެރޭގައި ހިތު ހުރި ގޮތަކަށް އަމަލު ކުރަނީ ކޮމިޝަނުގެ މުވައްޒަފުންނާއި ދޭތެރޭގައި ވެސް ހިތު ހުރި ގޮތަކަށް އަމަލު ކުރަނީ އަލީ ޝަމީމަކީވެސް ވަރަށް ޒާތީ މީހެއް ވާހަކަ ދައްކަން ފަށައިފިނަމަ ހުއްޓާކަށް ނޭގޭނެ މީހުން ނިދާ ފޫހި ވިއަސް އޭނާ ވާހަކައިން ހަމަޖައްސާނީ ...55 އަަހަރު ވެގެން ރިޓަޔަރ ކުރަން ތައްޔާރު ވި މީހަކުވެސް އޮނިގަނޑަށް ބަދަލު ގެނެސް ވަކި ކޮށްލީ .....

  4. ބެއްޔާ

    ރާއްޖެހިފުމުގެ ފޮރުވިފައިވާ ފުރަތަމަ ޕްލޭން. އަޅާނުލައިފިނަމަ ދެންދާނީ ވަރުގަދަވެގެން.