މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގައި މަސައްކަތް ކުރާ ކުޑަހުވަދޫގެ 18 މުއައްޒަފަކު ވަޒީފާއިން ވަކިކުރަން ނޯޓިސް ދީފިއެވެ.
މި 18 މުއައްޒަފުންނަށްވެސް ދީފައި ވަނީ އެއް މަސް ދުވަހުގެ ނޯޓިސްއެކެވެ. މިއާއެކު ޕްލޭނިން މިނިސްޓްރީން ސިޔާސީ ފިކުރަށް ބެލުމަށްފަހު ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވިކަން ކަށަވަރު ކުރެވުނު މުއައްޒަފުންގެ އަދަދު 44 އަކަށް އެރީއެވެ.
މީގެ ކުރިން ވަނީ ގއ ވިލިނގިިލިން 10 މުއައްޒަފަކު، ފުވައްމުލަކުން 9 މުއައްޒަފަކު، ތ. ވިލިފުށިން ހަތް މުއައްޒަފަކަށް ނޯޓިސް ދީފައެވެ. ކުޑަހުވަދޫން ނޯޓިސް ދީފައި ވަނީ އެމްއާރްޑީސީން ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރި މުއައްޒަފުންނަށެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ވައުދާއެކުއެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ވަކި ކުރި މުވައްޒަފުންގެ އަދަދު އެތައް ސަތޭކައަކަށް އަރާ ކަަމަށް ވެއެވެ. މީގެ ތެރެއިން ގިނަ މުވައްޒަފުން ވަކިކޮށްފައި ވަނީ ސިޔާސީ ފިކުރަށް ބަލާފައި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަމުންދާއިރު، ސިޔާސީ މަގާމުތަކަށް މިހާރުވެސް ގެންދަނީ ގިނަ އަދަދެއްގެ މީހުން އައްޔަން ކުރަމުންނެވެ.
ވަރަށް ރަނގަޅު ނިންމުމެއް. މަސައްކަތެއްނެތި ބޮޑު މުސާރަ ނަގާބައެއް. ހުސް ޕިންކު ކުލަ. ގައިބާރު ދެރަވިޔަސް އެކުލަ ޖެހިފައިތިބީމައި މުސާރަ ދީފައި ތިބެނީ.
ނޮޓް އޮންލީ ޕިންކު ބޭބް... ރައީސް ސޯލިހަށް 37 މިލިޔަން ބުރޯ ދިން ހަބަރުތަށް ވެސް ހިތްޕުޅާވެލައްވާ ނޫސްތަކުގައިވެސް އެބަހުރި ނޫންތޯ؟ އަދި ނަސީދަށް ދިންވަރެއް ނުކިޔާދޯ
ތި ހުސް ކޮންޓްރެކްސް ސްޓާފުން ކޮންޓްރެކްޓުގެ މުއްދަތު ހަމަވާން ކައިރިވީމަ ނޯޓިސްދޭނެ.. ކޮންޓްރެކް ސްޓާފުންނަކޯ ވަކި މުއްދަތަކަށް ވަކި މަސައްކަތެއް ކުރަން ނަގާ މީހުން އެ މަސައްކަތް ނިމުނީމަ އެ ނިމުނީ.. އެއީ ދާއީ މުވައްޒަފުންނެއް ނޫން..
އާޝޯހް އަށްވުރެ ބޮޑަށް އަހަރެން އާޝޯހް ވެއްޖެ. ވަޒީފާ ޔަގީން ކޮށްދޭން ވެރިކަމަށް އައިސް ވަޒީފާ އިން ވަކިކުރުން. ޢެހެންވެ މިކިޔަނީ އިބޫ އަކީ ދޮގުހަދާ ނުލަފާ މީހެކޭ. ދެން އޮތީ ހަމަ އެވަޒީފާތަކަށް ޔެލޯ ފީވަރ މީހުން ވައްދައި ހަމަ އެބޮޑު މުސާރަ ޔެލޯ ބައިގަނޑަށް ދިނުން. ކޮބާ އިންސާފު؟؟؟؟؟؟
ނުދޭނެ މިސަރުކާރުން
މިސަރުކާރަކަށް ނޭންގޭނެ ޕްރޮޖެކްޓެއް ހިންގާކަށް ހަމަ އެކަނި އެނގޭނީ މުވައްޒަފުން ވަޒީފާއިން ކަނޑަން އެކަނި ؟؟؟؟؟ ބޯހަލާކު ރައީސް އިބޫ
ކުޑަހުވަދޫ ކައުންސިލް މިދައުރައް ހޮބުނުފަހުން ވަޒީފާއަށް ލަފާތިބިދެމީހުންނަކީ ގޮޑިހޫނު ކުރަންލާފައި ތިބިބައެއްތަ ކުރީގަ އަތޮޅުއޮފީހު އުޅުނުއިރުވެސް ކަމެއްކުރާ ދެމީހުންނެއްނޫ އަދި މިހާރުވެސް ލާފައިއެތިބީ ރީދޫ ހުންޖެހިފަ ތިބީމަ
މިހާރު ބައިތިއްބި 3 މީހުންނަކީ ރީދޫހުން ޖެހިފައި ތިބި 3 ޒުވާނުންތަ؟ ހަމަ މުސްކުޅި މީހުންވެސް އެބަތިބި
ލަސްވެއްޖެ ކަނަން
ތިމީހުންކުރަނީޖެއްސުން
ރިޔާސީ އިންތިޚާބާ ދިމާކޮށް، ކުރީގެ ސަރުކާރުން ވަޒީފާ ނެތަސް ވަޒީފާ އުފައްދައި އެކި ނަންނަމުގައި މީހުން މަޤާމުތަކަށް ލައިގައިވާނީ ނޫންބާ؟ މި މައްސަލައަށް ޙައްލެއް ގެންނަން އެބަޖެހޭ. އާދައިގެ ރަށަކުން 18 މީހުން. 19 މީހުން އެކިއެކި ނަން ނަމުގައި ކުރާނެ ކަމެއްނެތި ހަމައެކަނި މުސާރަ ނަގަން. ހެޔޮ ނުވާނެ
ލިޔާނެ އެއްޗެެއް ނޭނގިގެން އުޅޭ ބައިވަރު ގަނޑެއް ތިނޫނީ ނޫޅޭނެ.. ޔާމީނު ބިރުދައްކާ ވަޒީފާއިން ކަނޑާލީ ކިތައްމީހުންތޯ އަމިއްލައަށް ގުނާބަލަ.. ލިޔާނެކަމެއްނެތް ލިޔުނިއްޔާ ތިބައިވަރުގނޑު ޖަލަށްލާފާނެ ޔާމިނު
.ޔާމީނުގެ ވާހަކަ ނުދައްކާ އޭނަ ކަމުނުދާތީ ރަނގަޅު ކުރަން އައި ރައީސް ކިހިނެއް މިހަދަނީ
ކެތްތެރިވެލައްވާ! ފިރުޢަވްނާއި ހާމަނާއި ބުޚްތަނައްޞަރާއި ޤާރޫނުގެ ބާރުވެސް ނެތިކުރެއްވި ކަލާންގެ މިއަދުވެސް މިހާރުވެސް ވޮޑިގެންވޭ! މި ދުވަސް އިންޝާއަﷲ ދާދިއަވަހަކަށް ނިމިދާނެ! މިއަދުގެ ސަރުކާރުން ރައްޔިތުންގެ ޢާއިލަތައް ހައްޤަކާނުލައި މަގުމަތިކޮށް އުކަމުންދާއިރު އަނިޔާލިބުނުމީހުންނަށްވެސް ދުވަހެއް އަންނާނެ! މިއަދު މި އެގިގެންދަނީ ދައުލަތް ބަގުރޫޓުވަމުން ދާކަން.
މި ސަރުކާރުން ބަލާލަބަލަ ބަހާ ޢަމަލު ދިމާނުވާވަރު ފެންނާނެ ފެނަކައިގައި ތިބި ރަނގަޅު ތަޖުރިބާކާރުން ދުރުކޮށް އެމަޤާމުތަކަށް ލައިފައި އެބަތިބި އަމިއްލައަށް ކޮންޕިއުޓަޓަރުން ތިމާގެ ނަން ލިޔެލަންނޭނގޭވަރުގެ ގަމާރުން މީތަންތަނުގެ އިސްވެރިންނަށް ލާފައި ތިބި މީހުންގެ ޙާލަކީ ކީކޭ ބުނާނީ
ފެނަކަ އަށް ޕީ.ޕީއެމް ގެ ކުލަިއގެ ކިތައްމީހުންނަށް ވަޒީފާދިންތައް؟ ރޯޑްކޯޕަރޭޝަން ގެ ވަޒީފަތައްވެސް ދީނީ ހަމަ ޕީ.ޕީއެމް ކުލައިގެ މީހުންނަށް؟ ތިމާމެންވަރުގެ ބައެއްނެތިގެން އަބަދު އުޅެނީ. ތިމާމެންކުރާކަންތައް އެހެންމީހުނަކަށް ނޭގޭނެ. ދަން ވަރަށް ވާހަކ އެބަހުރި.
ތި ހުސް ކޮންޓްރެކްސް ސްޓާފުން ކޮންޓްރެކްޓުގެ މުއްދަތު ހަމަވާން ކައިރިވީމަ ނޯޓިސްދޭނެ.. ކޮންޓްރެކް ސްޓާފުންނަކޯ ވަކި މުއްދަތަކަށް ވަކި މަސައްކަތެއް ކުރަން ނަގާ މީހުން އެ މަސައްކަތް ނިމުނީމަ އެ ނިމުނީ.. އެއީ ދާއީ މުވައްޒަފުންނެއް ނޫން