ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޑީއާރްޕީން ހައްލު ހޯދައިދޭނެ ކަމަށް އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ޑީއާރްޕީގެ ލީޑަރުކަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ދެކުނުގެ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅާއި ބެހޭ މައުލޫމާތު މިރޭ މީޑިއާ އާއި ހިއްސާކުރައްވަމުންނެވެ.

ޖާބިރު ވިދާޅުވީ އޭނާގެ ދަތުރުފުޅުގައި މަސްވެރިންގެ ޝަކުވާތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޝަކުވާ އަޑުއިވިގެން ދިޔަ ކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުމަކީ މަސްވެރިކަން އިތުރަށް ތަރައްޤީ ކުރާނެ ފުރުސަތުތައް ނެތުން ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ދިވެހިންނަށް ވުރެ ބިދޭސީން ފަތުރުވެރިކަމުގެ ދާއިރާގައި ގިނަވުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރާނެ ސިޔާސީ ޕާޓީއެއް ރައްޔިތުން ބޭނުންވާކަން އޭނާގެ ދަތުރުފުޅުން ވެސް އެނގިގެން ދިޔަ ކަމަށެވެ.

"މި ހަތަރު އަތޮޅަށް ކުރި ދަތުރުން ފެނިގެން ދިޔަ، ރައްޔިތުން އަބަދުވެސް ބޭނުންވޭ ޒިންމާދާރު ކަމާ އެކު އޮޕަރޭޓު ކުރަން އިތުރު ޕާޓީއެއް މަސައްކަތް ކުރަން،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އޭނާގެ ދަތުރުފުޅަށް ފުދޭ ވަރަކަށް ތާއިދު ލިބިގެން ދިޔަ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޑީއާރްޕީއަށް ގިނަ އަދަދެއްގެ ބަޔަކު ސޮއި ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަށް ފުދޭ ވަރަކަށް ތަރުހީބު ލިބިގެން ދިޔަ. އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންގެ ތެރެއިން ފުދޭ ވަރަކަށް ބޮޑު އަދަދެއްގެ މީހުން ޑީއާރްޕީއަށް ސޮއި ކުރާނެ ކަމަށް. މިހާރުވެސް ސޮއި ކުރަމުން ދަނީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ޑީއާރްޕީގެ ލީޑަރުކަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެޕާޓީއަށް މެންބަރުން އިތުރު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަމެން

    ބޮޑުމޮޔައެއް

    2
    1
  2. ކަހަނބު ވިތްޓޯ ޓޯ

    އަސްލު މިި މިސްމީހުން ވަރަށް ބޮޑާ ފޮނި ވެސް ވާނެ. އެ ގޭ ގޭގައި ގެންގުޅޭ ނޯކަރުން ކައިރީ ގައި އަހާލަބަލަ.ރަށް ރަށަށް އަރާ މީހުން ހައްދަނީ ހޭވެރިވޭ.ސިޔަސީ މީހުން ވަރަށް މަކަރު ވާނެ

    6
    1
  3. ޒާ

    ކާށިދުއާއި ގާފަރު މީހުން ދަތުރު ކުރަނީ ކޭބަލް ކާރުގަ. މާލޭ މީހުން މަތީ ތަޢުލީމް ހޯދަން ދަނީ ކާށިދޫއަށް.

    3
    1
  4. ޔާމިނު މިޔާ

    މި ބޭފުޅާ ލޮލީ ހުރިހާ ތަނަކަށް އެކްސްޕޯރޓް ކުރަނީ

    3
    1