މާލޭގެ ހުރިހާތަނެއްގައި ވެސް މުޒާހަރާ ކުރެވޭ ގޮތައް ޤާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިކަމަށް ވިދާޅުވެ މިއަދު ޚަބަރު ފެތުރުނީ އޮޅިގެން ކަމަށް ރައީސް އޮފީހުން އިއުތިރާފުވެއްޖެއެވެ.
ރައީސް އޮފީހުން މިރޭ ވިދާޅުވީ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުމުގެ ބިލް އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ނުވާނެ ކަމަށެވެ.
ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމި ނިންމުން ރައީސް އޮފީހުން ބަދަލު ކުރީކަމެއް ނުވަތަ ނޫންކަމެއް ރައީސް އޮފީހުން ވިދާޅެއް ނުވެއެވެ.
ރައީސް އޮފީހުން ވިދާޅުވީ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅަނީ، އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެއުޅެވޭނެ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ވަރަށް ފުޅާ ދާއިރާއެއްގެ އިޚްތިޔާރުތަކެއް ސަރުކާރަށް ލިބިދިނުމަށާއި، ކުރިން އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަރަކާތްތައް ހުއްޓުވުމުގެ ގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅާފައިވާބައި އުނިކޮށް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާޙުކުރުމަށް ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނައި އިސްލާހަށް ފަހު މާލޭގައި މުޒާހަރާ ކުރުމުގެ ހުއްދަ އޮތީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނާއި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށްދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތާބެހޭ ޤާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވާނެ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ޤާނޫނުތަކަށް އިސްލާޙު ގެނައުމަށް ސަރުކާރުން ފޮނުއްވާފައިވަނީ ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް މުރާޖަޢާކުރުމަކީ މިސަރުކާރުގެ ވަޢުދަކަށް ވާތީ ކަމަށެވެ.
ދެން ވިސްނާ ޤަވުމު އޮންނާނެ ޙާލު .! އަލިފާނުގަ އަތް ޖެހުނަސް އިޙްސާސް ވާ މީހެއްނޫން ވެރިއަކަށް ހުރީ . ނަސީބެއްނު މިއަދަކީ ރަބީޢުލް އައްވަލުމަހުން 12 ކަމަށް އިޢުލާން ނުކުރިކަން
މިއަދުމީމުލަރޯދަ
ކިހިނެއްވެފަ ތިބޭ ބުރާންތިތަކެއްތަ އެއީ؟ އޮށަނި ފަނިބޮވިފަ ތިއްބަސް ބޮޑުވަރުކަންނޭގެ ތީ އެކަމަކު! ދެން ކިހާ ތާހިރުކޮއް މިތާ ގައުމު ހިނގާނެ..
ހެހެ އޮޅުންބޮޅުން ސުވާލި. ޔާމީނު ކަންތައް ކުރެއްވި ގޮތުން މިބައިމީހުން މި ތިބެނީ ތާއަބަދު އޮޅުން އަރާ ހައިރާންވެފަ. ކަކަކަ
ހުރިހާ ކަމެއް ބަދަލުކުރޭ، މިހާރު މިއުޅެނީ މާލޭ މަގުތައް ބާރު ބޮޑު ކަމުން އަދި މިހާލުގަ ތިޔަ ބުނާ ގޮތަށް އިސްލާހް ގެނެސްފިއްޔާ ދެން ވާނޭ ގޮތް ވިސްނަން ރަންގަޅު
ޙުރިހާ ކަމެއްގާ ވެސް އޮޅުން ބޮޅުން ...
ހަހަހަހަހ އޮޅުންބޮޅުން ސުވާލި. ޔާމީނު ކަންތައް ކުރެއްވި ގޮތުން މިބައިމީހުން މި ތިބެނީ ތާއަބަދު އޮޅުން އަރާ ހައިރާންވެފަ. ހެވެނީ ހަމަހެވެނީ. ނަހުލާވެފަ މިތިބެނީ ރައީސްއޮފީހުގަ އުޅޭމީހުންވެސް. ކުރީސަރުކާރުގެ ތަރައްޤީގެ ސަބަބުން ހަދާނެގޮތްހުސްވެފަ. އަތުންފައިން ކޮސްހެދެނީ
މުޒާހިރާކުރަންްތައްޔާރުވިމާބިރުގަތި އެނގިއްޖެކެތްނުކުރެވެނެކަން.