ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މާލޭގެ އެންމެ އަގުބޮޑު އެޕާޓްމަންޓް ބިލްޑިންގ ކަމަށްވާ ރެހެންދި ފްލެޓުން އެޕާޓްމަންޓެއް ގަތް ކަމަށް ބުނެ ފަތުރާ ވާހަކަތައް އޭނާ ދޮގު ކުރައްވައިފިއެވެ.
ސިރާޖު ރެހެންދި ފްލެޓުން އެޕާޓްމަންޓެއް ގަނެފައިވާ ކަމަށް ބުނެ ދައުރުވަމުންދާ މެސެޖެއް "ވަގުތު" އަށް ލިބުމުން އެކަމާއި ގުޅޭ ގޮތުން ސިރާޖަށް ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ދިރިއުޅުއްވަމުން ގެންދަވަނީ ރެހެންދި ފްލެޓްގައި ކަމަށާއި ނަމަވެސް އެއީ ގަނެފައިވާ ތަނެއް ނޫން ކަމަށެވެ.
"އަޅުގަނޑު އެޕާޓްމަންޓެއް ނުގަންނަން. ކުއްޔަށް ދިރިއުޅެމުން މިގެންދަނީ. ރެހެންދި ފްލެޓްގައި އަޅުގަނޑު ދިރިއުޅެނީ." ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ މަޖިލިސް މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމުގެ ކުރިން ވެސް އޭނާ ދިރިއުޅުއްވީ ރެހެންދި ފްލެޓްގައި ކަމަށެވެ.
ސިރާޖު ރެހެންދި ފްލެޓްގެ ކުއްޔަށް ހޭދަކުރައްވާ ވަރެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ބައެއް އޮންލައިން ވެބްސައިޓްތަކުގައި ހުރި މައުލޫމާތައް ބަލާއިރު ރެހެންދި ފްލެޓްގެ އެޕާޓްމަންޓްތައް އާއްމުކޮށް އުޅެނީ 35000 ރުފިޔާ އަށް ވުރެ މަތީގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުޙައްޤު މުއްސަނދިކަން ލިބޭތީ އެކަމާއި ބެހޭ ގޮތުން ވަރަށް ގިނަ ރައްޔިތުން ސުވާލު އުފައްދައެވެ. ސިރާޖަކީ ވެސް މީގެ ކުރިން އެފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް އަޑުއުފުއްލެވި ބޭފުޅެކެވެ.
ސިރާޖަކީ މެންބަރުކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ޤާނޫނީ ވަކީލެއްގެ ގޮތުގައި ވަރަށް ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވަމުން ވަޑައިގެންނެވި ބޭފުޅެކެވެ.
ކެވޭތޯ ބަލާތި، ދާއިރާގެ ރައްޔިތަކު ކިތައްމެ ހާލުގަ ޖެހުނަސް ބަލާ ނުލާތި.
ސިރާޖް އަޑު އުފުލާ ވަރުން ދޯ އަދީބް ވަގުގެ ގާނޫނީ ވަކީލަކަށް އުޅުނީ؟
ކަލޭ ވަކި ބުނަންވީ ކީއްވެ ކަލޭ ރެހެންދި ފްލެޓް ގަތް ވާހަކަ. ހުސް ވަގުން ތިތާ ތިތިބީީ.
ތަނުގެ އަގު ހަމަވަންދެން ކަލޭ ލާރި ދައްކަން ޖެހޭނެކަން އެންމެނަށްވެސް އެނގެއޭ. ރީނދޫ އެއްޗަކު ހަދާނެތަ ތެދެއް.ކަލޭ އުޅެނީ ތިތަން ގަނެގެން.
އެމްއެމްޕީއާރސީގެ ލާރިކޮޅެއް ބުރޯ ހަމަ ނުދޭތަ
މޫސާ ސިރާޖަކީ އަދީބުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ބޭފުޅެއް. މަހެފޫޒް ސައީދް އާއި މޫސާސިރާޖަކީ އަދީބުގެ އެންމެ އިސް ދެ ވަކީލުން. ރެހެންދި ފްލެޓް، އަދި ވެރިކަން ބަދަލުކުރަން ހިންގި މުއާމަލާތް ތަކުގެ ފަހަތުގައި މަހެފޫޒް އާއި ސިރާޖުގެ ރޯލް އެއީ ޝައްކެއް ކަމަށްކަށް ނުވާނެ. ދެން ރެހެންދި ފްލެޓާއި އެކި ބޭންކް އެކައުންޓް ތަށް ފުރި ބަނޑުން ނުދާންވީ ކީއްވެ. އޮޅުވާލަން ނޫޅޭ!
ފޮނަދޫ ދެވަނަ ވަގު..
ބަލަ މަވެސް އުޅެނީ ސޯޝަލް ހައުސިންގ ސްކީމުން ލިބުނު ފްލެޓެއްގަ. އެކަމު ހަމަ މަހުން މަހަށް އަގު ދައްކަމުން މިދަނީ. ދެން މަވެސް ބުނަންވީ ދޯ މަވެސް މިއުޅެނީ ކުއްޔަށޭ؟؟ އަސްލު ކުއްޔަށް ދޯ.!! ސިރާޖު އެބުނީ ރަގަޅަށް. ސިރާޖުވެސް މަވެސް މިއުޅެނީ ކުއްޔަށް.
ކެރިއަރުގެ ފަހު 5 އަހަރުގަ ކާމިޔާބުވި މައްސަލައެއް ނެތް. ކޯޓަށް ގެންދެވުނީ އަދީބުގެ މައްސަލައިގެ އިތުރުން ހައެއްކަ މައްސަލަ. އޭގެއިން ލިބޭނީ ގިނަވެގެން 150000 ރުފިޔާ. ދެން އިތުރަށް އޮތީ އެމްއެމްޕީއާރުސީ ފައިންސާއިން އަދީބު ދިން ފައިސާ. އެހެންވީމަ ރައީސް ނަޝީދުވެސް މީނަޔާ މާ ހިތްޕުލާ ނުވަނީ