އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާޗް އެންޑް އިނޮވޭޝަން) ގެ މަގާމުގައި ހުންނެވި ޑޮކްޓަރ މަރިޔަމް ޝަހްނީޒާ ނަސީރު އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޑޮކްޓަރ ޝަހްނީޒާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އޭނާ ވައިސް ޗާންސެލަރ ކަމުން އިސްތިއުފާ ދެއްވިއިރު އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ ކަމަށް ބޭފުޅަކު އައްޔަން ނުކުރައްވާ އޮންނަތާ މިހާރު ދިހަވަރަކަށް މަސް ދުވަސް ވެއްޖެއެވެ.

ޝާހްނީޒާ ޕީއެޗްޑީ ހާސިލް ކުރެއްވީ އެމެރިކާގެ ވޯލްޑަން ޔުނިވަރސިޓީން 2016 ވަނަ އަހަރު ކަރިކިއުލަމް، އިންސްޓްރަކްޝަން، އެންޑް އެސެސްމަންޓް (އަލްޖިބްރާ) ގެ ދާއިރާއިންނެވެ.

ޑޮކްޓަރ މަރްޔަމް ޝަހުނީޒާ އަކީ، އިންޓަރނޭޝަނަލް ޖަރނަލް އޮން އެމަރޖިން މެތަމެޓިކްސް އެޑިޔުކޭޝަންގެ ރިވިއުވަރއެކެވެ. އަދި ސްޓެޓިސްޓިކްސް، މެތަމެޓިކްސް، އެންޑް އެކްޗްއޭރިއަލް ސައިންސް ރިވިއުގެ ޗީފް އެޑިޓަރ ވެސް މެއެވެ.

ޑޮކްޓަރ ޝަހުނީޒާ ހިސާބު މުދައްރިސުންގެ އަލްޖިބްރާ ކޮންޓެންޓް ނޮލެޖާއި ޕެޑަގޮޖިކަލް ނޮލެޖް ދެނެގަތުމަށްޓަކައި ކުރެއްވި ދިރާސާއަކާއި ގުޅިގެން އޭނާ އަށް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ އިނާމު ސަރުކާރުން ވަނީ ދެއްވާފައެވެ. މި ދިރާސާގެ އަލީގައި ހިސާބު މުދައްރިސުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕެކެއްވެސްވަނީ ތައްޔާރުކުރައްވާފައެވެ.

މި ދިރާސާ ކުރައްވައި ޝާއިޢު ކުރައްވާފައިވާ އާޓިކަލްތަކުގައި، ހިސާބު މުދައްރިސުންގެ އަލްޖިބްރާ ކޮންޓެންޓް ނޮލެޖާއި ޕެޑަގޮޖިކަލް ނޮލެޖް ހުރި މިންވަރު ހިސާބު ކުރައްވާފައިވާ އާޓިކަލްއަކާއި، ދިވެހިރާއްޖޭގައި އަލަށް ތަޢާރުފު ކުރެވުނު ޤައުމީ މަންހަޖުގައި ހިމެނޭ، އަލްޖިބްރާ މުޤައްރަރު ކިޔަވައިދިނުމަށް ބޭނުންކުރާ ޓެކްސްޓް ފޮތް ދިރާސާ ކުރައްވައި އޭގައި ހުރި މިސްކޮންސެޕްޝަންތަކުގެ މައްޗަށް ލިޔުއްވި ދިރާސާ އާޓިކަލްއެއް ހިމެނެއެވެ.

ޑޮކްޓަރ ޝަހުނީޒާ އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ކަމަށް އައްޔަން ކުރެއްވީ 2017 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަފިރިންގެ ޚިޔާލް

    ދެން މިތަނަށްވެސް ކޮންމެވެސް ފާދިރީއަކު ގެނެސްލާފަ ދިވެހިންނަށް ހެޔޮވެރިކަމެއްގެ ނަމުގައި ޝައިތާނީ ވެރިކަމެއް ދައްކާލާ.
    1. ހައްގު މިންވަރު.(...ނޯ ލިމިޓް ވައްކަން)
    2 އަދުލު އިންސާފު.(... ހެޓިލަރ ހިންގިގޮތަށް)
    3.ލެޕް ޓޮޕް އަކާއި 1 ރިސޯޓުން ޤައުމު ހިންގުން. ( ހިންގުމުގެ ވައްޓަފާޅިއެއްނެތި މުޅިން ވައްކަން ކުރުން) ޑރ. ޝަހު، ބުނެލަން އޮތީ ހިއްވަރާއެކު ޕިންކީންނާއެކު ހުންނަވާށެވެ، 2023 ގެ ފަހުން، ތިއަށްވުރެ މަތީ މަގާމް ލިބޭނެ. ޤައުމުގެ ކުރިމަގަކީ އިލްމީ ދަންމަރު.

    68
    5
  2. ކަބީރު

    ގްރޭޑް 10 ން ޔޫސެޓެއް ހޯދާފަހުރި އެކްޓިވިސްޓަކު ލައިގެން ދެން ކުރިޔަށްދޭ!

    29
    2
  3. علي وحيد

    ماشاألله ، ޑރ ސަހްނީޒާ އިސްލާމިކް ޔުނިވަރުސިޓީއިން އިސްތިއުފާ ދެއްވުމަކީ،މިގައުމަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ނަމަވެސް ވސގުތާއި،ޙާލަތު ޖެހުމުން އެކަމެއްވާނެކަމީ،ދައްކެއްއޮތްކަމެއްނޫން

    20
    2
  4. ކުރަފި

    ތީ އުވާލަންވީތަނެއް. ބަޔަކު ހައްދުފަހަނަޅުވަން ކޮންމެހެން ބޮޑު ޚަރަދެއްކޮށްގެން ހިންގަންވާ ތަނެއް ނޫން.

    6
    53
  5. އަހްމަދު

    ތިޔަމަގާމައް ދެންއެންމެގާބިލްމީހަކަށްހުންނާނީ ޝަހިންދާ އެކަމަނާއަވަސްގޮތަކަށް ތިޔަމަގާމައް ހަމަޖައްސަދެއްވާ

    25
    7
  6. އަބްދުލް

    ދެއުޅިއެއް ނުވާ މީހެއް. ފޭސްބުކަގަ އޫޅޭނީ އަބަދު. ކޮން އިލްމީ ކަމެއް؟މަގާމް ގެއްލޭތީ އަވަހައް އިސްތިއުފާ

    8
    31
    • މޭން

      ފިސާރި ކަނބަލުންނާ ހަސަދަވެރިވާ މީހުން އުޅޭނެ. އެއިން އިނގެނީ ޝަހޫ އަކީ ޤާބިލު މީހެއްކަން. ކުރިޔަށް ވަޑައިގަންނަވާ.

      12
      2
    • ލިލް

      ފިސާރިކަމުން ގޮސް އިސްލާމީ ޢިލްމެއް ހިލްމެއް ނެތި އިސްލާމިކް ޔުނިވަރސިޓީގަ ވެސްޓަން އެމެރިކާ ސުޓައިލަށް އުޅެނީ.. ފޭސްބުކު ބަލައިލީމަ ސާފު.. ޝަހިންދާއޭ ފެންހިންދާއޭ ތިޔަކިޔަނީ މި ޝަހުނީ އުޅޭގޮތާ ވިސްނުން ބަލާބަލަ

      • މޭން

        ހާދަ ހަސަދައެކޭ ތިވަނީ. ދަރިވަރުނަށް ޑރ. ޝަހޫ ވަރެއްނެތް. އަޅުގަނޑުމެނަށް ޑރ. ޝަހޫ ވަރެއް ހަމަ ނެތް

        2
        1
  7. މިނާ

    ދެން މިމަންޖެއައް ދަރިފުޅައް ޓައިމެއް ދެވިދާނެ ތޯއްޗެއް. އެކުއްޖާ އެ ބޮޑު ކުރަނީ މީނަގެ މުސްކުޅި މައިން ބަފައިން ރާއްޖެތެރޭ ރަށެއްގަ ވިއްޔަ! ލަދެއްވެސް ނުގަނެއޭ އެވޯޑްތަކައް އެޕްލައި ކޮއްގެން އަމިއްލެއައް ގޮސް ސްޓޭޖައް އަރަން!

    8
    19
  8. ލޫޒާ

    އައްދޭ ހާދަ ތައުރީފެއް!އެ ޔުނިވާރސީޓީގަ މީނަ ނޫނަސް މޮޅައްކިޔަވައިގެން ތިބި މީހުން އެބަތިބި. އިސްތިއުފާ ދިން ސަބަބު ސާފު. ވަޒީފާ ގެއްލޭތީ އަމިއްލަޔައް އަވަހައް މޮޅުވާން އިސްތިއުފާ ދިނީ. ދީފަ އަދި ފޭސްބުކްގަ ފޮނި ކަނޑާފަ އޮތީ

    7
    17
  9. ޢޒހނ

    ޝަހޫ އިސްތިއުފާ ދީނީ ޑީން ކަމުގެ އުޅެ ދެ އަންހެނުންނާ ހެދި....މިސަރުކާރު ގެ ބާރުއޮތީމާ ދެން ކޮށްލަނީ

  10. މާގަސް

    ޑރ .ޝަހުނީޒާގެ ދަރިފު ޅު ބަލަނީި ބަންގާޅިއެއްނޫން.ޑރ ޝަހޫ އަކީ ވަރަށް އިލްމީ ،އަދި ވަރަށް ް ަޤާބިލްފެމެލީއަކަށްނިސްބަތްވާ ބޭފުޅެއް އެކަމަނާއަށް ތިކުރާ މުޑުދާރުކޮމެންޓްބަލައިނުގަނޭ.އެކަމަނާއަކީ ދުނިޔެޤަބޫލުކުރާކަމަނާއެއް
    މިއުޅެ.ދީބާ.ރީޝާ.ޒަކިއްޓެއް

  11. ކޮބަޑި

    މިއުޅެނިދަރިންދެކެމާ ލޯބިވެގެންނޯ ޓައިމްދީގެންނޯ
    ޝަހޫއަށް ޖައްސާގެން

  12. ދީބާ

    ޝަހޫގެ މައްސަލަ އަކީ ޝަހޫ އަކީ ރާއްޖެތެރޭ މީހެއްކަން. އަހަރެމެން މާލޭ މީހުންގެ މައްޗަށް ރާއްޖެތެރޭ އަންހެނަކު ނުގެނެވޭނެކަން ދައްކާފަ އޮންނާނީ. ދެން ލަލަލާ