އެމްޑީޕީ އަށް ތާއިދުކޮށް، ވަރަށް ގިނައިން ޓްވީޓް ކުރާ މީސް މީޑިއާ އެކްޓިވިސްޓެއް ގޮތުގައި ފާހަގަ ކުރެވޭ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތައުރީފްކޮށް، މިސަރުކާރަށް ފާޑުކިޔައިފިއެވެ.

މެޒޯ މޯޑް ޔާމީނަށް ތައުރީފްކޮށް ކުރި ޓްވީޓެއްގައި ބުނީ ޔާމީނަކީ ހަނި މަގު ފުޅާކޮށްދެއްވި ރައީސް ކަމަށާއި ފައިމަގުގައި ކަނޑުއޮޅި ހުރަސް ކުރެވޭނެ ގޮތްވެސް ހައްދަވައިދެއްވީ ޔާމީން ކަމަށެވެ.

"ޔާމީނަކީ ހަނި މަގު ފުޅާ ކޮށްދެއްވި، ފުރޮޅާއި، ފައި މަގުމުގައި ކަނޑުއޮޅި ހުރަސް ކުރެވޭނެ ގޮތް ހޯދާ ދެއްވި ވެރިއެއް. ވެރިކަން ބަދަލު ކުރުވީ ދޮގު އިލްޒާމުން ރައްޔިތުންގެ ބުއްދިޔާއި ކުޅެގެން ކަމުގައި ވާނަމަ އެވާނީ ހީލަތްތެރި ވެރިކަމަށް ދަހިވެތި ބަޔަކު ހިންގި ހުތުރު އަމަލަކަށް" މެޑޯ މޯޑް ބުންޏެވެ.

ސަރުކާރަށް ފާޑުކިޔާފައި މެޒޯ މޯޑް ފަހަކަށް އައިސް ޓްވީޓް ކުރަމުން ގެންދާއިރު އޭނާ ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން އުޅޭތީ އެކަމާއި ވެސް ސުވާލު އުފައްދާފައެވެ. 29.6 ބިލިއަން ހުސްވެގެން 19 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާއިރު ހެލްމެޓް އެޅުވުމާއި ބުރިޖު ބުޑުގައި ފެންފޯރުއްކޮޅެއް އިންދުމާއި ޓެކްސީގެ އަގު ދައްކުރުން ފިޔަވައި އިތުރު ކަމެއް މިސަރުކާރަށް ނުކުރެވޭ ކަމަށް ދޭހަވާ ގޮތައް އޭނާ ވަނީ ޓްވީޓް ކޮށްފައެވެ.

މެޒޯ މޯޑް ސަރުކާރަށް ފާޑުކިޔާތީ އެމްޑީޕީ ބައެއް އެކްޓިވިސްޓުން ގެންދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ޑަންޑަނާ

    ތިކަހަލަ ގުނބޯލެއް ލިބުނަސް ޕީޕީއެމްއަށްވާނީ ރަންގަޑަކަށް

    38
    191
    • އަލީ

      މީއަސްލު ގަޓުހުރިމީހުންނަކީ. މިބައިމީހުންނަށް ކެރޭނެ އަމިއްލަ ދަރިވެސް ކުށެއްކޮއްފިއްޔާ ކުއްވެރިކުރަން. އަސްލު ރާއްޖޭގެ ގިނަމީހުންނަކީ މިސިފަހުރި ބައެއްނޫން. އެހެންނޫންނަމަ ދުވާލުގެ އިރުހެން ހާމައަށް ފެންނަކަންތައްތައްވެސް ނުފެންނަކަމަށް ހަދައިގެން ކޮނޑުހުޅުނެއްޓެންދެން އަތްޖަހާކަށް ނުތިބޭނެ...

      106
      7
      • އައިޝާ

        އެހެންވެއެއްނު އޭނާގެ ދަރި ދީނުގަ އަންގަވާފަ އޮތްގޮތަށް އެއުޅެނީ

        11
        32
      • ނާސާ

        ކަލޯ ދުވާލު ދެދަޅައަށް ހަމަ ބުއްދި ފިލުވާ މީހުންނަށް މާކަ ހަމަޖެހޭ ވާހަކަތަކެއް ނުދެއްކޭނެ

        5
        9
    • ކުޑަބަޖަރާ

      އެހެންވީމާތާ އެމްޑީޕީން މީނާރަންގަނޑަކަށް ހަދާގެން އުޅުނީ. ރަންގަނޑު ގެއްލުނީމާ ޑަންޑަނާމެނަށް ވަރަށް އަސަރު ކުރާނެ. އެރަންގަނޑު ލިބޭ ބަޔަކު ހަމަ އުފާވާނެ.

      22
      1
    • ދޮގެއް؟

      ރަންގަނޑު ބީވެގެން ބައެއްގެ ހިތް ފަޅައިގެން ދަންޏާ އެ ރަންގަނޑު ލިބޭ ބަޔަކު އުފާވެސް ކުރާނެތާ.

  2. Anonymous

    މި ޙުއްބުލް ވަޠަން ދެކެ ލޯބިވާ އެއްވެސް މީހަކު މިސަރުކާރަށް ތާއީދުނުކުރާނެ، މުންކަރާތްތަކަށް ފާޅުކަން ބޮޑު ގޮތެއްގައި އަރަމުންދާއިރުވެސް ދީނީ ޢިލްމުވެރިން އުއްޕުވެސް ނުބުނެ ތިބުމަކީ ހިތާމަހުރިކަމެއް.

    220
    17
  3. ދިވެހި ދަރިއެއް

    ހިޔާލު ފާޅުކުރަންވީ ވަކިމީހަކު ވެރިކަމަށް އެރީމަކާނޫން... މެޒޯއަށް ތާއީދު.??

    246
    8
  4. Anonymous

    މިފަދަ ނުބައި ޢަމަލުތަކާއި ފަސާދަ ޢާއްމުވެގެންފި ހިނދު މާތްﷲގެ ކޯފާއެއް، ނުވަތަ މުޞީބާތެއް އައުމަކީ ގާތްކަމެއް، ވީމާ މިފަދަ ކަންކަމުން ދުރުހެލިވެ ހެޔޮމަގަށް ރުރޫޢަ ވުމަށް ހުރިހާ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަން.

    126
    5
  5. ރަސީ

    މޯޑު ތިބުނީ 100 ގެ ވާހަކައެއް، އެކަމަކު ރަސްރަނި ބަގީޗާގެ ނަންވެސް ސުލްތާން ޕާކަށް ބަދަލު ކުރި. އަދި އިއްޒުއްދީން ފާލަން ރީނދޫ ކުލައިން ދިއްލި އެއްނު ދޯ. މިއީ ފަހަތަށް ހިނގާ ވެރިކަމެއް. ނުވަންޏާ ފެއަށް ޖެހުން ބުއްދިވެރި.

    214
    9
  6. ނަންނުގަތި

    މިސަރުކާރު ގެނައީ ދިވެހިރައްޔިތުން.ދެވަނަ ފަހަރަށް ބަޤާވާއިއް ކުރާކާށް މިބިމަކުން ޖާގައެއް ނުދޭނަން.5އަހަރު ހަމަވަންދެން ހިމޭނުންތިބެވޭތޯ ބަލާ.5އަހަރުހަމަވީމަ ރައްޔިތުންއެކަމައް ގޮތެއްނިންމާނެ.ފާޑުކިޔުމާދޭތެރޭ އރއްޗެއްބުނާކަށް ނެތިން..ކަންކަން ރަނގަޅުވާނީ ފާޑުވެސް ކިޔައިގެން.

    9
    48
    • ފާގަތި

      މިސަރުކާރު ހިނގަނީ ނަންނުގަތި ދުޅައަށް.

      25
      1
  7. ބެއްޔާ

    "ޔާމީނަކީ ހަނި މަގު ފުޅާ ކޮށްދެއްވި، ފުރޮޅާއި، ފައި މަގުމުގައި ކަނޑުއޮޅި ހުރަސް ކުރެވޭނެ ގޮތް ހޯދާ ދެއްވި ވެރިއެއް. ވެރިކަން ބަދަލު ކުރުވީ ދޮގު އިލްޒާމުން ރައްޔިތުންގެ ބުއްދިޔާއި ކުޅެގެން ކަމުގައި ވާނަމަ އެވާނީ ހީލަތްތެރި ވެރިކަމަށް ދަހިވެތި ބަޔަކު ހިންގި ހުތުރު އަމަލަކަށް" މިއީ ޙަޤީޤަތަކީ ހެލްމެޓް އެޅުން މަޖްބޫރުކުރުންނޫން ކަމެއް އިތުރު ކަމެއްނެތް. ދައުލަތުގެ ބަޖެޓް ދަވާހޮސްކޮށް އިތުރު ފައިސާހޯދަން މިއުޅެނީ މިއަރު ނިމުމުގެ ކުރިން އިންޑިޠާގެ އުނގަށް ރާއްޖެވެއްޓޭނެ. މީދެވަނަ ކަޝްމީރު. ސާބަހޭ އެމްޑީޕީއަދި ނަޝީދު

    52
    4
  8. ކިނބިދޫ

    ފަހުރަކަށްވާނޭ ކަމަށް ހިތާ
    ވުންމަށަށް ކަނބުލޯ ލިބުން

    27
  9. ގައުމުގެ ދޫ

    ކުރިއަށް ދިޔުމަކީ 10 ރުފިޔާއިން ވާކަންތައް 1000 ރުފިޔާއިން ކުރުންކަމަށް ދިވެހީން ގަބޫލުކުރާނަމަ ރާއްޖޭގައި އޮންނާންވާނީ ޔމނގެ ވެރިކަން. ބަޔަކަށް ހަޖަމުވިޔަސް ނުވިޔަސް އެއީ އެކަން އޮތް ގޮތް. ވެދުމާ ސަލާމް

    6
    51
    • ދޮންބެ

      29ބިލިއަނުން ނުކުރެވުނު ކަމެއް 19 ބިލިއަން އިތުރު ކޮށްގެންވެސް މިސަރުކާރަކަށް ނުކުރެވޭނެ. 10 ރުފިޔާއިން ވާކަންތައް 1000ރުފިޔާއިން ނުކުރާ އިބޫ، 29ބިލިއަންރުފިޔާގެ ބަޖެޓަށް އިތުރު 19 ބިލިއަން ރުފިޔާ ލާންޖެހޭ ސަބަބެއް ނުވިސްނޭ. ތަރައްގީގެ މަގުގައި ޔާމީނު ހިނގާ ގޮތަކަށް އިބޫއަކަށް ނުހިނގޭނެ، އަދި އިބޫއަކަށް ނުވެސް އެނގޭނެ ހިނގާކަށް.

      15
      1
    • ގައުމުގެ ހިތް

      10ރުފިޔާއިން ކުރަން ބުނާކަންތައްތައް މިސަރުކާރުން ނުކުރެވިގެން މިއުޅެނީ ކީއްވެ. ހަމަކުރިއަށްދާންވީނު. 5ރުފިޔާއަށް ކުރެވޭކަމެއްވެސް މިސަރުކާރަކަށް ނުކުރެވޭނެ. އެވެސް ކާލާނީ. މިއަހަރަށް ކަނޑައެޅި 29ބިލިއަން ރުފިޔާގެ ބަޖެޓް އެއްވެސްކަމެއްނުކޮށް ވަގަށްކައިހުސްކޮށްފާ މިހާރު އެއުޅެނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން. މިގޮތަ ދިވެހިން ގަބޫލުކުރާންޏާ އަތްޖަހާތިބެންވީ.

      6
      2
  10. މިއަދު

    މިސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއްގެވާހަކަ މިދައްކަނީ ކޮންކަންތަކެއް ކުރަންފައިސާނެތިގެންބާ މިހަތަނަށް ރާއްޖޭގައި ފަސްކުރި އެއްމެ ބޮޑުބަޖެޓެއް ފާސްކުރީ މިހިނގަ 2019 އަށް ރަޢިއްޔަތުން ބުނާގޮތުން އެފައިސާއިން ކުރިކަމެއްނެތް އަނެއްކާ ސަޕްލިމެންޓްރީބަޖެޓެއް ފާސްކޮށް އެއަށް ފައިސާހޯދަނީ ރަޢިއްޔަތު މިހާހަފެލައިގެންނޫން ކޮންގޮތަކަށްބާ ބުނާތީ،ކިޔާތީ އަދި މީހުން ދައްކަތީއަހަންއެއްގަމުއުޅަދުފަހަރުން ނަގާފީ ބޮޑުކުރަންއުޅޭވާހަކައެއް ސައިކަލްފީ 1000ރ އާއި 1500ރ އާއި ދެމެދުގެ އަގުތަކެއްގައި ޕަކަޕް ކަރު ލޮރީ ފަދަ ވެހިކަލްތައް 2000ރ އާއި 10،000ރ އާއި ދެމެދުގެ އަގުތަކެއްގައި ނަގާނެކަމަށް މިބަލަނީ އެއިރުން ތިސަޕްލިމެންޓްރީ ބަޖެޓަށް ފައިސާލިބިދާނެ ހެޔޮވެރިކަންކޮށްދޭންގެނައިސަރުކާރު ފެލަނީ ހަމަރަޢިއްޔަތުން

    34
    2
  11. އަންނި

    ތިސޮރަށް ލިބުނު އތިކޮޅާދޭތެރޭ ހިތްހަމަނުޖެހިގެން އިތުރަށް ހޯދަންވެގެން ވަރަށް މައްސަލަ ބޮޑުކުރި އެކަމަކު ކިހިނެއް ދޭނީ ތިސޮރު އަހަރެމެން ޖަޒީރާ ވެރިކަމަށް ގެންނަން އެއްމެ ފައިސާފޮއްޗެއްވެސް ހަރަދު ނުކުރޭ. ހަރަދު ކުރިމީހުންނަށްވެސް ރަގަޅު އެއްޗެއް ނުދެވިގެން މިއުޅެނީ. މެޒޯ އަކީ ފައްކާ ސޮޑެއް. ތީނަ ލޮލީ ޖާބިރާ ގުޅުނަސް ކަހިރުވަކެކޭވެސް ޖަޒީރާ ކުދިން ހިތަކަށް ނާރާނެ.

    4
    36
  12. އެރުން

    މިއީ ވިސްނުން ތެރިއެއް އަދި ލޮލުން ބަލާ މީހެއް.މީހުން ދައްކާހާ ހުވަފެން ގަބޫ ލު ނުކުރާމިހެއްކަން ޔަގީން. ދެލޯހުރިމީހަކަށް ފެންނަނެ ޔަމީނު ގައުމަށް ކޮށްދިން ކަންކަން. އެއީ އެކަންކަން ކޮށްފަ އެވަނީ ކުޅަ ދާނަ ކަމެއް ހުރީމަ.ކޮމްނެ

    41
    2
  13. އާދަމް

    ޔާމީން ރައްޔަތުންނަށް މާލޭގަ އާއި ރާއްޖެ ތެރޭގަ ވަރަށް ގިނަ މަސައްކަތް ތަކެއް ކޮއްދެއްވި މިސަރުކާރުން ބަލައި ނުގަތަސް ރައްޔާތުން އުފަލާއި އެކު ބަލައި ގަނެ. މިސަރުކާރުން ހައްތަހާ ދައްކަނީ ހުވަފެން.

    41
    2
  14. އ މ ރ ބ

    ރައްޔިތުންގެ ނަށް އޮޅުވާލާފައިވާ، ފެއިލްވެފައިވާ ސަރުކާރު، މެޒޯމޯޑަށް ސާބަސް

    35
    2
  15. އަލްބަމްް3

    ބަނޑު ފެޅި އޭނާގެ ގޮހޮރު އެތެރަހަށިން ނިކުމެ އަތަށް އޮޅައިގެން އެނބުރި އެނބުރި ހުންނަ މީހަކު ގިޔާމަތްދުވަހުން ނަރަކަ ވެރިންނަށް ފެންނާނެއެވެ. އެހިނދު އެމީހުން އަހާނެއެވެ. ކަލެޔަށް ތިހާލު ޖެހުނީ ކީއްވެހެއްޔެވެ. ދެން އޭނާ ބުނާނެތެވެ. ތިމަން ދުނިޔޭގައި ހެޔޮކަންތަށް ކުރުމަށް މީސްތަކުންނަށް އަމުރުކޮށް ނުބައި ކަންކަން މަނާކޮށް . އެކަމަކު އެއާއިދި ކޮޅަށް ނުބައިކަން ލުރުމުގައި ދެމިހުރީމެވެ. އެހެންވެ ލިބެމުންދާ އަޒާބެކެވެ. އާދެ! އެއީ ބޮޑު ފާފައެކެވެ. އެހެނީ ކުރީބައިގަ އެއަލެއްކުރުމުން މަހުށަރުގައި ވަކި އަޒާބެއްލިބޭނެ ކަމަށްއޮނަންނީ އޭގެ ނުބައިކަން ބޮޑުކަމުން. އެއީ ބޮޑުފާފަ. ވީމާ ރާއްޖޭގަ ތިބި ޕޮލިޓިކަން ޝެއިހުންނަށް ގޮވާލަން މީސްތަކުން މަގު ނުފުރެއްދުމަށް.

    26
    1
  16. މާލެ

    މެޒޯމޯޑައް ހަމަސާބަސް ތީހަމައިންސާފުގަބޫލުކުރާ އިންސާފައް ވާހަކަދައްކާ ބޭފުޅެއް މަހަމަ ތާއިދު

    44
  17. މަސްވެރިޔާ

    މޯޑްއަކީ ޅައިރުވެސް އަދި އަވަދުވެސް، ގައުމިއްޔަތަށް ވ ލޯބިކުރާ ފަންނާނެއް. މޯޑް ބިލިވް އޮރ ނޮޓް ފާއިތުވި 100 އަހަރު ދިވެހިރާއްޖެ ދެކުނު އެންމެވަރުފަދަ ޝަޚުސިއްޔަތަކީ .... ރ ޔާމިން، އަދި ރ.ނާސިރު. ރ.އަމީން.... ރ.ޔާމިން ނޫނީ ، ކުށްކުރީމަ އެއްބަފާ ބޭބެވެސް ޖަލަށްލާންކެރުނު އެއްވެސް ވެރިޔަކު ނެތް...

    40
  18. ބްލެކް ބެރީ

    ހައްގަށް ބަހެބުނެފި ކޮއްމެމީހަކު މޑޕއަށްވާނީ ގުނބޯލަކަށް ނޫނީ ބާޢީއަކަށް.. މެޒޯ މޯޑު އެބުނަނީ ހަގީގަތް.. އެކަމަކު މިތިބަ ސިޔާސީ މަކަރުވެރިން މިކަން ދޮގުކުރާނެ.. މިގައުމު ހަލާކު ކުރާ މައިގަޑު ދެމީހަކުއުޅެނީ އެއީ ގާސިމާ މައުމޫނު.. ދެންމިއުޅެނީ އެދެމީހުންގެ ފަހަތުންދުވާ އެންވެރިކަމަށްވެސް ކަމުދާ ބާވަތެ.. މޑޕއަށް ތާއިދުކުރިބަޔަކު ތާއިދުކުރީ 2008ގަ ވެރިކަން ލިބުމުގެކުރިން ވެރިކަން ލިބުމަށްފަހު މޑޕގެ ހަގީގަތް ގިނަރައްޔިތުން ދަނޭ އެހެންވީމަ ހަގީގަތަކީ ރީދޫކުލަ ފެންނަހާ ބޮޑުކޮށް މޑޕއަށް ތާއިދު ރައްޔިތުންނުކުރޭ.. ވެރިކަން ބަދަލުކުރުމުގަ ނުބައި ރޯލުކުޅުނީ މައުމޫނާ އޭނަގެ ދަރިންނާ ގާސިމާ އޭނަގެ އައުވާނުން. އަބުދުﷲރިޔާޒަކީ މައްކާރެ ކާނަލް ނާޒިމުވެސް.. ބަލަންތިބޭ މިދެމީހުން ގާސިމު ފެލާއިރު ހުތް ހުސްކުރާނެ..

    36
  19. މީނަ

    55 އަހަރު ވީމަ ވެސް ކިހާ ޒުވާން މީނަ! އެހެންވީމަ މި ބުނީ 45 އަހަރުން ދަށް ޒުވާނުން ކަމަށް ނިންމާށޭ

    20
    2
  20. ހޭހަން

    ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ހެޔޮބަސް ބުނާށެވެ. ރަނގަޅުކަންތައް ރަނގަޅޭބުނެފާ ގޯސްކޮށްކުރާ ކަންތަކަށް ނޫންބަސް ބުނާށެވެ. ހަގީގަތްފާޅުކުރާމީހުންދެކެ ރުޅިއަންނަމީހުން ގިނަވާނެއެވެ.

    29
    1
  21. ޙާއްޞަ

    ފެންފޯއް މި އިންދަނީ ކީއްކުރަންބާ!
    ހިޔާދޭ ގަހެއްނަުން! މާއަޅާ ގަހެއް ނޫން!
    ކާއެއްޗެއް އަޅާ ގަހެއް ވެސް ނޫން!
    މިސަރުކާރަށް ވެރިކަން ލިބޭ އިރަށް ކޮންމެ ފަހަރަކު ފެންފޯކާ އަޅައިގަންނާތީ އަޖައިބުވޭ!
    ޢޮންނާނެ މީގެ އަޑިއެއް! ސިހުރުތަ؟

    29
    • އަން

      އެއިރުންތާ އޭގެ މައްޗަށް ފައިން އެރޭނީ

      14
      1
  22. ހދ

    މެޒޯގެ ބަހަށް ތާއީދު ކުރަމެވެ

    21
  23. އައިންތު

    އާދަމް އަށް ބުނެލަން، ޔަމީނު ކޮށްދެއްވި ކަންތައް ބަލައިނުގަތީ ހަމަ އެކަނި މިސަރުކާރަކުން ނޫން، އެކަން ބަލައި ނުގަތީ އެންމެފުރަތަމަ ރައްޔިތުން. ރައްޔިތުް އެކަން ބަލައިނުގަންނާތީ ޔާމީނުގެ ވެރިކަން ވައްޓާލާ މި ވެރިކަން ގެނުވީ. ކުރިންވެސް މި ޕާޓީގެ ވެރިކަން ފެނުނު އެފަހަރުވެސް ޤައުމުގެ ހުރިހާ އެއްޗެއް ވިއްކާލީ އަދި ޤައުމު ދަރަނި ކޮށްލީ، ދެންވެސް ކޮމެންޓް ކޮށްކޮށްފަ ވެރިކަމަށް ގެންނާނީ ހަމަ މިމީހުން. ރާއްޖޭގެ ގިނަ ބަޔަކު ތިބީ ލޮލަށްފެންނަ އެކަމަކު އަނދިރިކަމެއްގެ ހިޔަނިއެޅިފައި، އެއަށް ކިޔަނީ އެބުނާ ހިތާހިތުގެ ގުޅުން ،އެއީ އަންނި ފިކުރު، އެފިކުރުގަ ޖެހުނީމަ 100 އިން 1 އަށް ހެޔޮވިސްނުން އަންނީ.

    22
  24. ދިވެހިންނަށް އޮޅުވާލީ

    ޔާމީނަކީ ހަމަ ބެސްޓް. އަޖައިބެއް ކަހަލަ ވެރިއެއް. ރާއްޖެ ކުރިއަށް ދިޔައީ ވަރަށް ބާރު ސްޕީޑްގައި.

    30
    1
  25. މަރުހަބާ

    މެޒޯ މޯޑު ނުބުނިއެއްކަަމަކު ތީފެންނާން އޮތް ހަގީގަތަކީ. މިހާރު ތިއުޅެނީ މިސަރުކާރުން މެޒޯ މޯޑާއި ދޭތެރޭ ކަންތައް ކުރި ގޮތުން ހިތްހަމަނުޖެހިގެންހެން ހީވަނީ.

    18
    3
  26. ރާޅު ބޯއީ

    މެޒޯ މޯޑްއަކީ ހަގީގަތުގައި ވެސް އަމިއްލަ އެއްވެސް އެދުމެއް ނެތި އެމްޑީޕީއަށް ގުރުބާންވި އެމްޑީޕީގެ ލޭ ހުރި އެކްޓިވިސްޓެއް. އެހެނަސް މިއަދު އޭނާގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުން އެދަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް. މިކަމުގައި އެމްޑީޕީގެ އެހެން އެކްޓިވިސްޓުން އެނާ ކޮށާ ކާޅަށް ދޭކަށް ނުޖެހޭ

    28
    1
  27. ހަސީ

    ކުރީސަރުކާރުގެކަޑަވާހަކަދެއްކުންނޫންކަމެއް މިސަރުކާރުގެއެއްވެސްވެރިއެއްނުކުރޭ

    16
  28. އަހްމަދު

    ވަރަށްގިނަމީހުން ޓެކްސީގެ އަގުދަށްކުރި ވާހަކަ އެބަކިޔާ. މީވަރަށްބޮޑު އޮޅުމެއް، ނޫނީ އޮޅުވާލުމެއް. މީގެކުރިންވެސް މާލޭ ސަރަހައްދުން ނަގަނީ ޓެކްސީ ދަތުރު25ރުފިޔާ. މިހާރުވެސް މިއަގު. އަގު ދަށެއްނުވޭ. މާލެއިން ހުޅުމާލެއަށް ޓެކްސީ ދަތުރުގެ އަގެއް މީގެކުރިން ސަރުކާރުން ކަނޑައެއްނާޅާ. ނެގިއަގެއްނެގީ ޓެކްސީ ޑްރައިވަރުން އަމިއްލައަށް. އެހެންކަމުން ސަރުކާރުން ޓެކްސީގެ އަގުތައް ދައްކުރިކަމަށް ކިޔާކިޔުމަކީ ކަނޑައެޅިގެންދޮގެއް.

    4
    1
  29. ޒިކް

    މަޤާމެއް ދިނީމަ އޯކޭ ވާނެ.. މަޤާމެއް އެސޮރަށް ނުދިނީމަ އެހެން ދެއްތޯ ވާނީ އެހާ މަސައްކަތްކުރި އިރުވެސް

    8
    10
  30. ބުރޯ

    ހަނދާންވޭ 1.4 ބިލިއަން ޑޮލަރުގެ އެގްރީމެންޓެއް ކުރި ވާހަކަ އެފައިސާއަށް ވީގޮތެއް އަދިވެސް ނޭގޭ މިހާރު ބައެއްފަރާތްތަކުން ދޫދޫ މަތިންކިޔާ ބެޖެޓް ހުސްވެގެން އުޅެނީ ރިޔާސީ އިންތިހާބުގެ ކުރިން މި މީހުން ނަގާފައިވާ މި މީހުންގެ އަމިއްލަ ދަރަނި ސަރުކާރުގެ ދަރަންޏަކަށް ހެދުމަށޭ 1.4 ޑޮލަރުގެ އެގްރީމެންޓެއްހެދީ . ބަޖެޓް ހުސްވެގެން އުޅެނީ މިފައިސާ ގެ މައްސަލަ ހަމަޖެއްސުމުންނޭ.

  31. ދދދދދދ

    ކަލެއަށް ހެޔޮ ވިސްނުން ދެއްވި ފަރާތަށް ޝުކުރުވެރިވޭ.