ދަގަނޑު ޖަހައިގެން މަސް ހިފުން (ސްޕިއަރ ފިޝިން) މަނާ ކުރުން ވެސް ހިމަނައިގެން މަސްވެރިކަމާއި ބެހޭ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަސްވެރިކަމާއި ބެހޭ ބިލް މީގެ ކުރިން ސަރުކާރުން ހުށަހެޅި އިރުވެސް ހިމަނާފައި ހުރި ބައެއް ކަންތައްތަކާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެ ފާޑުކިޔުންތަކުގެ ސަބަބުން ބިލް އަނބުރާ ގެންގޮސް، މިހާރު އަލުން ހުށަހަޅާފައި ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ސަރުކާރުގެ ވައުދުތައް ފުއްދުމަށް ގިނަ ކަންކަން ހިމަނާފައިވާ މަސްވެރިކަމާއި ބެހޭ ބިލްގައި ބުނެފައި ވަނީ ދަގަނޑު ޖަހައިގެން މަސް ހިފުމުގެ އިތުރުން އެންވެރިކަން ކުރުން ފިޔަވައި ދާ ޖަހައިގެން މަސް ހިފުން ވެސް މި ޤާނޫނުން މަނާ ކުރެއެވެ. ނަމަވެސް އަމިއްލަ ބޭނުމަށް ދާ ޖެހުމުގެ ހުއްދަ ޤާނޫނުން ލިބިދެއެވެ.

ދަގަނޑު ޖަހައިގެން މަސް ހިފުން މަނާ ކުރާ ގޮތައް ބިލްގައި ހިމަނަފައި ވާތީ ބިލް ހުށަހެޅުއްވި އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިފާޢު ވިދާޅުވީ ދަގަނޑު ޖަހައިގެން މަސް ހިފުމުން ކަންބޮޑުވާން ޖެހޭ ފަދަ މައްސަލައެއް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ. އަދި މިހާރު ސްޕޯޓްސް ފިޝިން ރާއްޖޭގައި ފުޅާވަމުން އަންނައިރު އެކަމަށް އެއްވެސް ކަހަލަ ހުރަހެއް ކުރިމަތި ކުރެވިގެން ނުވާނެ ކަމަށް ވެސް ޝިފާޢު ވިދާޅުވިއެވެ.

ސަރުކާރުން ހުށަހެޅި މަސްވެރިކަމާއި ބެހޭ ބިލްގައި އޯފްޝޯ ޕްލެޓް ފޯމް ގާއިމް ކުރުމުގެ އިހްތިޔާރު ވެސް ސަރުކާރަށް ދީފައިވެއެވެ. އޯފްޝޯ ޕްލެޓް ފޯމްތައް ގާއިމް ކުރުމުގެ ފުރުސަތު ދޭނެ ގޮތް ކަނޑައަޅާނީ ސަރުކާރުން ހަދާ ޤަވައިދެއްގެ ދަށުން ކަމަށް ބިލްގައި ބުނެފައި ވެއެވެ.

ބިލް ބުނާ ގޮތުގައި މިބިލް ފާސްވުމުން ޤަވައިދާއި ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވަން ސަރުކާރުން ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކާށިމުގ

    ބުޅީގައި މަސްބޭނީމައި މަހަށް އަނިޔާވޭ އެހެންވީމައި ނަނުގައި ބުޅި ބަނުން މަނާކުރަން ފެނޭ

    43
    1
  2. ފާތުމަ

    މަސް ކެއުން މަނާކުރަންވެސް ފެނޭ

    40
  3. ސަލާމު

    ތިޔައީ ވަރަށް ރަގަޅު ކަމެއް! އަދިހަމަ ފަޅުފަޅާ އެތެރެވަރީ ސަރަހައުދުތަކުގައި ދާޖަހައިގެނާ ލޭނުއަޅައިގެން ފަރުމަސްވެރިކުރުންވެސް ހުއްޓުވަދީ!

    10
    34
    • މުއްތު

      ކަލޭ ބިސް ހުއްޓުވަ ދޭން ވީ....މަސް ކެއުން ހުއްޓުވަން ވީނު އޭރުން މާރަނގަޅުވާނެ.. ކޮބާ ބާ ދަގަނޑު ޖަހައިގެން މަސް ހިފުމުގެ މަައްސަލަ ޔަކީ...؟؟ނޫނީ މިކަމުން ތިމާވަށްޓަށް ވާ ގެއްލުމަކީ...މި ކަން މަނާ ކުރަން....

  4. ޒާ

    އެކަމެއްގެ ސަބަބުން މަސްވެރިކަމަށް ގެއްލުންނުވާ ކަންކަން ހިމަނަިގެން ގާނޫނުތައް ހަދަނީ ކުރާނެ މަސައްކަތް ހުސްވީތަ؟ މީދެންކިހާބޮޑުއުނދަގުލެއްތަ؟

    43
  5. ބެއްޔާ

    ކިހިނެއްހަދާނަމޭ ހިތާތިއުޅެނީ. ނަޝީދުތިއުޅެނީ މީ އިންޑިޔާކަމަށް ހަދައިގެންތަ. ﷲދެއްވި ހުރިހާ ރިޒުގަކުން ރައްޔިތުން މަހުރޫމްކުރަންތަ ތިއުޅެނީ. މަހުގެ ބާވަތްތައް ކެއުމަކީ މަނާކަމެއްކަން ހަދާބަލަ. އިންޑިޔާގަވެސް އެއޮންނަނީ ގެރިމަސްކެއުންމަނާކޮށްފަ. މޫދުގައިއުޅޭމަސް ކެއުން މަނާކުރީމަ މަސްނުހިފާނެއްނުން. ވެލާ ކެއުންމަނާ. މިޔަރު ބޭނުންމަނާ. އިހި ނެގުންމަނާ. ފަރުމަސް ހިފުންމަނާތިކުރަނީ. ދެންކުރާނީ ފަރުމަސް ބޭނުންމަނާ. ދެންކާންވީ ކޯންޗެއް. ޓޫރިޒަމުން ބޮޑެތި ނަފާ ލިބެނީ ވިޔާފާރިވެރިންނާއި މަޖްލިހުގެ މެމްބަރުންނަށް.

    37
  6. އައްޑޫ މީހާ

    ރާއްޖޭގެ ކަނޑުފަޅު ތަކުގައި ދާއަޅައިގެން ބިދޭސީންނަށް މަސްވެރިކަން ނުކުރެވޭނެހެން ތިބިިލުގައި އިސްލާހެއް ގެންނަންފެނޭ މިހެން ބުނަން މިޖެހެނީ އެމީހުން ދާއަޅައިގެން ކަހަނބުފަދަ ނެގުން މަނާ ތަކެތި ދާއަޅައިގެން އެބަ ނަގާ މިކަހަލަ ކަން ކުރަމުންދަނީ އިމިގްރޭޝަންގައި އުޅުއްވާ ބޭފުޅުންނާއި ކައުންސިލްގައި އުޅުއްވާ ބޭފުޅުން ގެންގުޅޭ ބިދޭސީން މިކަން ހުއްޓުވަން އެބަޖެހޭ އަދި މިބޭފުޅުން ގިނައިން ގެންގުޅެނީ ގަވައިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންކަން ފާހަގަ ކުރެވޭ

    19
    1
  7. ޑގ

    މިސަރުކާރުން ކުރާނީ މިކަހަ ހޮޅި ކަންތައް. ބަލަ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ދެމެހެއްޓެނިވި މަސްވެރިކަން މީ ދަގަނޑުޖެހުން. ބޭނުންވާ މަސްއެކަނި މަރާލެވެނީ. ބޭކާރު އެއްވެސް މަހެއް މަރެއްނުވާނެ.

    30
    1
  8. ޢުނިއަ

    ޜާއްޖޭގަ އުޅޭބިދޭސިީން މަސވެރިކަން ކުރުމުގެ ގަވާއިދެއް ހަދަންއެބަޖެހޭ މިހާރުވެސް ހާއްސަކޮއް ސަރުކާރުގެ ކުންފުނިތަކުގައުޅޭ އެމީހުން އޮފީސް ގަޑިނިމުނީމަދަނީ ރައްރަށުގެ ފަޅުތެރެއިން މަސްބާނަން ވިޔަފާރީއައް ހަވީރު މާލޭގެ އަދިހުޅުމާލެ 1 2 ބަލާލީމަ ފެއްނާނެ މިކުޅިވަރު

    11
    2
  9. މާލެ

    މާދަމާކަންނޭނގެ ބުޅިއަޅިއަޅުވައިގެެން މަސްނެގުމާ މަސް ނެގުންމަނާކުރާ ބިލޭއް މަޖިލީހައް ވައްދާނީ އެޖެންޑާ 19 ގަމަސްބެވުމާއި މަސްހިފުމާއި މަސްބޭނުންކުރުން މަނާކޮއްފަ އިއްނާނީ ދެންޖެހޭނީ އިންޑިއާއިން ގެއްނަ ކުކުޅުމަހާއި ތަރުކާރީ ބޭނުންކުރަން

    17
    1
  10. ޝާމް

    ފުރަތަމަ ކަމަކަށް ކުނިބުނި ޕުލާސްޓިކް އެޅުން މަނާކުރަންވީނު އެފަރާތްތަށް ޖޫރިމަނާ ކުރާގޮތަށް

    13
  11. ގުދޯގުދޯ

    ދާއަޅައިގެންމަސްވެރިންއެންދެމުންމަނާކުފެނޭ ކިހިނެއްތަ ވެގެން މިއުޅެނީ އެޖެންޑާ 19 އިން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން މިއުޅެނީ މިވެރިކަމުގެފަސްއަހަރުނިމޭއިރު ރަޔިތުމީހާގެޖީބުފުރިގެންބަންޑުންވާއަދިއަނގަޔާއަތާދިމާނުވާ

  12. ވިއްޓޭ

    ރައްޔިތުން ނުކުންނަންވީ މިބައިގަނޑު ފަހަން. ކިހާ ދެރަކަމެއް.

  13. ބަކުރުބެ

    މަނާ ކޮއްލާ، ދައުރު ހަމަވީމަ ދެން ހަނދާން ނައްތާލާ،

  14. ެއަލިފު

    ރަށް ރަށުގެ ޒުވާނުން ދަތުރު ގޮސް މަސް ހިފުން ވެސް ދެން ބަންދުވީ ކިހާ ދެރަކަމެއް ތިމާވެށި ގިރައިގެން ބޯންވީ އެއްނު .. އިސްކޮޅުން ކުރި ވަޒީރުން އައްޔަނު ކުރީމާ ވާގޮތެއް މީ ހެހެ ހެ... ތިޔަކަންތަން ކަނޑު ގައި އަޅާ ރޮގެކޭ އެއްވަރު ވާނެ ކޮންމެ މަސް ހިފާ ދަނގަޑެއްގެ ފަހަތުގައި ފުލުހެއް ބަހައްޓާން ވީއެއްނު. ކޮބައިތަ ކުޅުއްފުށީ ކުޅީގެ މައްސަލައިގައި އުޅު ހާމިދާ އަބްދުލް ގަފޫރު ..މިހާރު އެވާހަކަ ހުއްޓުނީ ތޯ މިވެރިންގެ ވެރިކަމުގައި ފްލައިޓް ޖެއްސުމުން އެކަން ވެސް މިހާރު ހުއްޓުނީ.... ހެހެ ހެ

  15. Anonymous

    ވިނަ ނޮޅުން މަނާކުރާ ޤާނޫނެއް މަޖިލީހަށް ހުށަހެޅުމަށްވެސް ގޮވާލަން. އަދި މަގު މައްޗަށް ކުޅުޖެހުން މަނާކުރާ ޤާނޫނެއްވެސް ބޭނުންވޭ. އެއާއެކީ މަސްހުނި މޮޑޭނެ ގޮތުގެ ޤާނޫނަކާ ކާޅު ލޭއަޅައިގެން ބޮނޑިބަތް ކައްކާނެ ގޮތުގެ ޤާނޫނެއްވެސް ބޭނުންވޭ. އަދި ކިނބިހި އެޅުން ހުއްޓުވުމާބެހޭ ޤާނޫނަކާ ނިޔަފަތި ކެނޑުމާ ތުނބުޅި ބޭލުމާބެހޭ ޤާނޫނެއްވެސް އަވަހަށް ފާސްކޮށް ދެއްވާ.