ނަޝީދު އިސްތިއުފާ ދެއްވި ހިސާބުން މަސްވެރިންނަށް ހަމައަގު ނުލިބޭ ކަމަށާއި މަސްވެރިން ގަބޫލު ކުރާ ގޮތުގައި ނަޝީދު އިސްތިއުފާ ދެއްވި ހިސާބުން މަސްވެރިންގެ ޙައްޤުތައް ގެއްލެމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ކުރިން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހުސައިން މިފަހަރު މަޖިލީހަށް ހޮވި ވަޑައިގެންނެވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ.

މަސްވެރިކަމާއި ބެހޭ ބިލަށް މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ވިދާޅުވީ ޤާނޫނެއް ހެދި ނަމަވެސް މައްސަލައަކީ ޤާނޫނުތަކާއި ޤަވައިދުތަކަށް އަމަލު ނުކުރެވުމުން ކަމަށެވެ.

ވޭތުވެދިޔަ ތަނުގައި ސަރުކާރުތަކުން ވަނީ މަސްވެރިންނަށް އިހުމާލުވެފައި ކަމަށް ހުސައިން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމަށާއި ޒިންމާ އުފުލަން ޖެހޭ ފަރާތްތަ. މަސްވެރިންގެ ހާލު ބަޔާން ކުރަން ވެސް ދަތި. މަސްވެރިން ފިހާރަތަކުން ނަގަމުންދާ މުދަލަށް ފައިސާ ދެއްކޭނެ ގޮތެއް ނެތް. އެއީ މަސްވެރިންގެ މިއަދުގެ ހާލަތު ހުރި ގޮތުން ކުރިމަތިވެފައިވާ ކަންކަން. ސިޔާސީ ވާހަކަ ނުދައްކާ ހަޤީޤީ ވާހަކަދައްކަން އެބަޖެހޭ." ހުސައިން ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ހައެއްކަ މަސްވެގެން ދާއިރު ވެސް ފައިސާ ނުލިބުމަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަމުގެ ސަބަބުން މަސްވެރި އާއިލާތަކުގެ އިތުރުން ސަރުކާރަށް ވެސް ގެއްލުންތައް ލިބެމުންދާ ކަމަށް ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައުމޫންގެ ވެރިކަން ނިމުނު ފަހުން މަސްބޯޓުތައް މަރާމާތު ނުކުރެވި ފޫވެއްޓިފައިވާ ކަމަށެވެ.

"މަސްވެރިންގެ ހައްޤުގައި މަޖިލީހުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ތަންފީޒީ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާނަމަ ނަތީޖާއެއް ފެނިގެން ނުދާނެ." ހުސައިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލަމް

    ބަލަ ސޭކާ! މިފްކޯ ފުނޑާލާ ބިލިޔަން ޑޮލަރުން ދަރަނިވެރިކޮށްލާފަ ފައިބައިގެން ދިޔަ މީހެއްގެ ވާހަކަ ތިޔަ ދައްކަނީ! މިއޮތީ ކަލޭމެންގެ ބާރު! އަޅެ ހަމަ އަގު ދީބަލަ! 100 ދުވަހުގެ ބޮޑު ވަޢުދެއް އެއީ!

    17
    1
  2. ދެބޯގެރި

    ވައިއަޅުވަންވިޔަސް ތަންކޮޅެއްބޮޑުވަރު، މައިފްރެންޑް މަހުގެ ހަމަ އަގަކީކޮބައިތަ؟

    15
  3. ކާކު

    ސެމްބެއް މިއޮއްހާ ދުވަހު ކީ ޅެން ފަރެއްސަށ1ވީ

    13
    1
  4. ޝާހް

    މަސްވެރިންނާމެދު އޯގާތެރި ހިތަކުން ބައްލަވާލެއްވީތީ ޝުކުރިއްޔާ...

    5
    4
  5. މަހޭ

    މަސްވެރި ރަށެއްގެ ދަރިއެއް... ވަރަށް އުފާވެއްޖެ މަސްވެރިންނަށް ދެއްވެވި ސަމާލުކަމަށް.
    ފަރެސްމާތޮޑާ އަކީ މަސްވެރި ރަށެއް މަސްވެރި ދާއިރާއެއްގެ ދަރިއެއް. ޝުކުރިއްޔާ--- ޙުސައިން މުޙައްމަދު ލަޠީފު ...

    5
    6
  6. މިގޭ

    މިހާރު ޑޮލަރުން އަގު ލިބޭތާ 9 މަސްފުރި ވިހަންވީއެވެ. ލަދުކޮބާތޯއެވެ.

    13
    1
  7. އަނގަތަޅާ

    ތެދެއް އޭނާ އިސްތިޢުފާދިންފަހުން މަސްވެރިން މަހަކައްނުފުރާ އެއީކޮންމެހެން ލާރިނުލިބޭމަސައްކަތެއް ކުރަންބޭނުންނުވާތީ

    7
    3
  8. ހޭހަން

    ކީތްތޯ ކުރާނީ. ނަޝީދުގެ އިސްތިއުފާއާއެކު ކަނޑުގެ ހުރިހާ މަސްތަކެއްވެސް ކަނޑުގެ އަޑިން މައްޗަކަށް ނާރާ. ހަމަ އެއްވެސް ވަރަކަށް ނާރަނީއޭ. ނުބޭނޭއެއްޗަކަށް ހަމައަގެއްވެސް ނުލިބޭނެ ނޫންތޯ؟ ދެން މިހާރު މިއޮތީ މަސްވެރިކަމާ ލައިގެންފާ. ބާނާ ކޮންމެ މަހަކަށް ޑޮލަރެއް. މަސްކިލޯއަކަށް 100 ރުފިޔާ!

    7
    2
  9. ބޯވަ

    މީނަ ހަމަތޯ ބަލަން ނަޝީދާ ޖާބިރުގެ ޑްރިންކެދީބަލަ.. މީނަ މަޖުލިހަށް ކެންޕޭނުކުރީ ދެދައުރަށްވެސް ނަޝީދުގެ ސިޔާސަތާ ދެކޮޅު ޔާމީންގެ ސިޔާސަތު ވިއްކައިގެން.. މިފަހަރު ހޮވުނުފަހުން މާގާތުން ނަޝީދު ފެންނަންފެށީމަ މޮޔަގޮވެނީދޯ؟ނަޝީދުގެ ޖީބުން ވިއްޔާ މަސްވެރިންނަ ލާރިދިނީ.. މިހާރުވެސް ނަޝީދުގެ ވެރިކަމެ މިއޮތީ ތިދިން ލާރިއެ ދޭންވީނުން. އެކަމަށް ހުރަސްއަޅާނެ މުއައްސަސާއެ މަޖުލިހެ މީހަކުނެތް. ހުރިހާ ބާރަކާ އާރެ ނަޝީދުގެ އަތުގައޮތީ އިނގިލި އަބުރާލީމަ ނިމޭ ހުރިހާކަމެ.. ގައުމު ހިންގަނީ ނަޝީދު ބޭނުންވާގޮތަށް. ރަމްޒީ މީހެއް އިބޫއަކީ.. ރައްޔިތުންނަ ދޭންޖެހޭ މެސެޖްދެނީ ނަޝީދު ގެންނަ ބަދަލެ ގެންނަނީ ނަޝީދު އިބޫ ހުރީ މަންމަންވެފަ ހިއްސުނެތްފަދަ.. ގައުމާ ރައްޔިތުންގެ ހައްގުގަ ބަހެނުބުނެ ހައްޕުކިޔައިގެން... ދެން ކޮން ކޮހެއް މީނަ މިކިޔަނީ..

    8
    1