ސަރުކާރުން އުޅެނީ މަސްވެރިން ގައިގަ ތަޅު އަޅުވަން ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި މަސްވެރިކަމުގެ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލް ފަށައިގަތްއިރު އޮތީ "ޕްރޮގްރެސިވް ވިސްނުމެއްގައި" ކަމަށާއި ނަމަވެސް ބިލްގެ ފަހަތުގައި އޮތީ "މަސްވެރިކަމުގައި ތަޅު އެޅުވޭ ގޮތައް" ކަމަށެވެ.

ތަންފީޒީ އިދާރާއެއްގެ ބޭފުޅަކު ހިތްޕުޅާ ނުވާ ގޮތައް މަސްވެރިޔަކުގެ ބަހުރުވަ ހުރުމަކީ ވެސް އަދަބު ދެވޭނެ ކުށެއް ކަމަށް ޤާނޫނުގައި ކަނޑައަޅާފައި ވާތީ ސައީދު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސައީދު ވިދާޅުވީ "މަސްވެރިންނަކީ ވަރަށް ހޫނުގައި މަސައްކަތް ކުރާ ބައެއް" ކަމަށާއި އެހެންކަމުން މަސްވެރިންގެ ބަހުރުވައިގެ ސަބަބުން ފިޔަވަޅެއް އެޅުން އެއީ މަސްވެރިންގެ ގައިގަ ތަޅު އަޅުވަން ހިމަނާފައި އޮތް މާއްދާއެއް ކަމަށެވެ.

އޭގެ އިތުރުން ތަންފީޒީ އިދާރާތަކުގެ އޮފިޝަލުންގެ ގޮތުގައި ފުލުހުންނާއި ސިފައިންނާއި މިނިސްޓްރީގެ މުވައްޒަފުންނާއި އަދި މިނިސްޓަރު ކަނޑައަޅާ ކޮންމެ މީހަކު ވެސް ހިމެނޭނެ ކަމަށް ބުނެފައި ވާތީ އެކަމާއި ވެސް ސައީދު ކަންބޮޑުވުން ކުރެއްވިއެވެ.

"ސަރުކާރުން ކަމެއް ކުރާކަމަށް ވަންޏާ ކުރަންވީ ރަނގަޅަށް. މިހާރު ޤާނޫނެއް ގެންނައިރު މިޒަމާނަށް ފެތެން ޖެހޭނެ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ބިލުން މަސްވެރިކަމަށް އަންނާނެ ވަކި ކުރިއެރުމެއް ނެތް ކަމަށެވެ.

ސައީދު ވިދާޅުވީ މަޖިލީހުގެ ވިސްނުމާއި އެއްވަރަށް ސަރުކާރުގެ ވިސްނުން ގެނައި ނަމަ ބިލް ރަނގަޅަށް ފުރިހަމަ ވީސް ކަމަށެވެ. މިހާރު ބިލް ނިންމަން މަޖިލިސް ރައީސް ބޭނުންފުޅުވާ ސްޕީޑްގައި ކުރިއަށް ގެންދާނަމަ ބިލް އޮންނާނީ 1980 ގެ އަހަރުތަކުގައި ވެސް ފާސްކުރި މަސްވެރިންގެ ޤާނޫނާއި އެއްގޮތައް ކަމަށް ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެއްޔާ

    ސަރުކާރުން ކޮޕީކުރަނީ އިންޑިޔާ. އިންޑިޔާގަވެސް ގެރިމަސް ކެއުންމަނާ. މީއިންޑިޔާއެއްނޫންކަން ނަޝީދު ދަންނަށްޖެހޭ. ފެށުނީއްސުރެ ފަރުމަސް ހިފައި ކައިގެން މިއުޅެނީ ފަރުމަސް މަސް ފިހުމާއި ބޭނުމާއި ކެއުން މަނާނުކުރެވޭނެ. ފަހަރަކު ބާވަތެއް މަނާކުރަމުން ތިދަނީ. ނުވަންޏާ އިސްތިއުފާދީފަ ގެއަށްދޭބަލަ. ދިރިއުޅުމަށް ކުރާ މަސައްކަތަކީ ފަރުމަހުގެ މަސައްކަތް. އެންމެނެކަށް މަޖްލިހުން ވަޒީފާއެއްނުދޭނެ. ހުދުގަމީސްލާފަ މަޖްލިހަށް ވަދެވުނީމަ ރައްޔިތުންގެ މަތިން ހަނދާންނެތުނީމަ ކަމަކުނުދޭ.

    17
  2. މިގޭ

    30 ޑޮލަރު ކިލޯއަކަށް އަދި ބޭރު ހަޓުން އައިސްވެސް . ގުނބޯ.