މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައި އޮތް ބުރިޖު ނިންމީ މިސަރުކާރުން ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

މެންބަރު ޒިޔާދު މިހެން ވިދާޅުވީ ގެއްލުންވާ ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

ކުރީ ސަރުކާރުގެ ވާހަކަނުދައްކާ މިސަރުކާރުން ކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ ޒިޔާދު ވިދާޅުވީ މިދިޔަ ސަރުކާރަށް ނިންމުނު އެއްވެސް ޕްރޮޖެކްޓެއް ނެތް ކަމަށެވެ.

"ކޮން ޕްރޮޖެކްޓެއްތޯ މިދިޔަ ސަރުކާރަށް ނިންމުނީ. ބުރިޖު ވެސް ނިންމަން ޖެހުނީ އަޅުގަނޑުމެންނާ." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ސަރުކާރު ކުންފުނިތަކުން ކުރަން ޖެހުނު ކަމަކީ ޞަދަގާތު ފައުންޑޭޝަން ހިންގުން ކަމަށެވެ.

"މިދިޔަ ސަރުކާރުގައި ސަރުކާރު ކުންފުނިތަކުން ކުރަން ޖެހުނު ކަމަކީ ޞަދަގާތު ފައުންޑޭޝަން ހިންގުން. އެކަން އެނގިގެން އެބަދޭ ނޫންތޯ އެޗްޑީސީގެ ޑީއެމްޑީ ރާއްޖޭގައި ވެސް ނެތް. ވީތަނެއް ވެސް ނޭނގޭ." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ހަ ރުފިޔާ އަށް އެސްޓީއޯ އިން ވިއްކާ ތެޔޮ ގަނެގެން ކުންފުނިތަކުން ފެނަކަ އަށް 28 ރުފިޔާ އަށް ވިއްކާފައިވާ ކަމަށާއި މިސަރުކާރަށް ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ އެހެންވެގެން ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ކުރީ ސަރުކާރުގެ ވާހަކަ ދައްކާކަށް. އެކަމަކު ނުދައްކާ ކީއްތޯ ކުރާނީ؟ މިސްކިތަކަށް އެރިޔަސް އަޅުގަނޑު ހިތައް އަރަނީ މިއީ މޯލްޑިވް ގޭސް އިން ހަދާފައިވާ މިސްކިތެކޭ. މިހާލަތުގައި އޭރު ކަންތައްތައް އޮތީ." ޒިޔާދު ވިދާޅުވިއެވެ.

ބުރިޖު ނިންމީ މިސަރުކާރުން ކަމަށް އެމްޑީޕީގެ މެންބަރަކު ވިދާޅުވިއިރު ބުރިޖު ރަސްމީކޮށް ހުޅުވީ 2018 އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް ޞާލިހް ވެރިކަމުގެ ހުވާ ކުރެއްވީ އޭގެ ދެމަސް ފަހުން 2018 ނޮވެމްބަރ 17 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

85 ކޮމެންޓް

  1. ބޯހަލާކު

    ހައްހައްހާ ކިޔޭ ނުކިޔޭ މި މީހުންނަށް އެބަ އެނގޭތަ؟ ކަމެއް ކޮށްފަ ނިކަނ ްދައްކަބަލަ. ބުރިޖޭ ނުކިޔާ. ބުރިޖު އެޅީ ރައީސް ޔާމީން ކަން ނޭނގޭ މީހަކު މިގައުމުގަ ނޫޅޭނެ. ބުރިޖު ހުޅުވާ އަހަރެމެންނަށް ވަރަށް ފަސޭހަކޮށްދެއްވާފަ އެހުންނެވީ. ކަމެއް ނުކޮށް ކޮންހާ ވާހަކައެއް.

    378
    4
    • ޒިޔާދު

      ބަލަ މަބުނީ މިދިޔަމަހު27 ވަނަދުވަހު ހަވީރު ހަތަރަކުން ހަޔަކަށް ބުރިޖް ބަންދުކޮށްފަ އަލުން ހުޅުވީ މިސަރުކާރުންނޭ. މިއީ ދޮގެއްތަ؟

      174
      3
      • .....

        ހަހަހަ އެވާހަކަ ދޯ؟

        28
      • ދދދދދދ

        އަސްތާ! ހަމަ ރަނގަޅަށް؟ ބޮޑުސިންގާ ސަލްޓަންޕާކެއް ހުޅުވީ މިދިޔަ މަހު. މިހާރު ބިޔަ ބްރިޖެއް އެހުޅުވީ. ނޫނޭވާ ގަދަ.

        47
    • ހަމަ ގަދައީ

      މިސޮރަކީ އުޅޭ މީހެއްކަން ބަޔަކު ނުދަންނާތީ މޮޅު ވާހަކައެއް ދައްކައިގެން މަޝްހޫރުވެލީ. ގަދަ ކަލޭ.

      45
  2. ސަމާ

    ލަދުހަޔާތްކުޑަޔަސް ތިޔައީ ދެން ތަންފުކެއްބޮޑުވަރުހެން ހީވަނީީ އެހެންނާފަހެ

    332
    5
  3. ކުރިނބި

    ބްރިޖްއެޅީ މީގެ ތިންދުވަސް ކުރިން ވައިކަރަދޫ ކައުންސިލުން ހަރަދު ކޮއްގެން.. ދެން ބުރިޖްއެޅިމީހުން ބުނެދޭން ނޫޅެތި އަހަރެމެނައް

    334
    3
  4. ބަކުރު

    ރަނގަޅަށް ދުފާލައިގެން އައިސް ދުފި އެއްޗެހީގެ ވާހަކަ ކިޔާބަލަ... ވަރަށް ވާހަކަ

    289
    2
  5. ރާއްޖެ

    8 މަސް ދުވަސް ވީ އިރު އެތާ ކެމެރާއެއް ނުބެހެއްޓުނު ކަލޭމެންނަށް.ޕ

    255
    1
  6. ައަލީ

    ޒިޔާދު ރެޕްރެސެންޓް ކުރާ ދާއިރާގެ ރައްޔިތުން މީނާގެ ހޭބުއްދި ހުރިތޯ ސުވާލު ކުރައްވަންޖެހެ ދެއްތޯ؟

    261
    5
  7. ރައްޔިތުން

    މޮޔަފުޅުވީތޯ؟

    197
    2
  8. ކެސްޑީޕީ

    މަޖުލީހުގައި ދައްކާނެ ވާހަކަތައް ހުސްވީތަ. މިސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ކުރީ ސަރުކާރުން ކޮއްފަ ހުރި ހުރިހާ ކަމެއްގެ ކްރެޑިޓް ނަގާފަ އަދި ގޯސް ހުރިހާ ކަމެއް ކުރީ ސަރުކާރަށް ބްލޭމް ކޮއްލުން.

    230
  9. ބޮނބި

    ބުއްދިވެސް ފިލާ ދިޔައީހޭ... އަދި އެއް އައިނު އަޅަންވީނު... ބްރިޖް އަދި ނިންމީ؟؟؟ ދެން ކޮންދުވަހަކުންނޯލަ މިހިޅުވަނީ؟؟؟😂😂😂

    190
    3
  10. ޒިޔާ

    އޯކޭ މުޅިރާއްޖޭގަ ހުޅުޖެހީކޮންބަޔެއްތަ ނިކަންބުނެބަލަ

    219
    1
  11. ހިޔަލަ

    މިއީ ހަމާާގަ ހުރި މިހެއްތޯ ، ،ބަލަން ،އެބަޖެހޭ،

    183
    3
  12. ވައިކަރަދޫ ކުއްޖާ

    ބުރިޖު ނިންމީ ފިއްޓޭގެ ޖީބުން ޚަރަދުކޮއްގެން، އާއިލާ ކުދިން ލައްވާ މަސައްކަތް ކުރުވައިގެން.....

    166
    2
  13. ޢަދުރޭ

    ވައިކަރަދޫ އަލިކަތީބު ޖީބުން ޚަރަދު ކުރައްވައިގެން ކޮށްދެއްވި ކަމެއް ބްރިޖް އެއީ . މިކަން ނޭނގޭ ދިވެއްސަކު މަދުވާނެ

    170
    3
  14. ދޮގު

    ތިމީހުންގެ ކަމަކީ ދޮގުހެދުން، މުޅިންވެސް ދޮގު

    182
    1
  15. ޒާ

    ކުޅަނދުމަދު ގަމާރުން.

    165
    1
  16. ބޮއިހަލާކު

    ތިޔަހެން ވިއްޔާ ނިމިދިޔަ ފަސްއަހަރު ދައުލަތުގެ ޚަޒާނާ ބަނޑުއަޅާލީވެސް މިސަރުކާރުންދޯ!!

    172
    7
  17. ޕޮގުބާ

    މިއަށްވުރެ ހަޔާތްކުޑަވާނީ ކާކުބާ؟ ތަނެއްދޮރެއް ނޭންގޭ ގަމާރެއް

    170
    1
  18. ޖީނާ

    ތަންތާ ތިބި މަރުމޯލުންނާ ވަނުވަނޭގިތިބި ޖާހިލުން ކީސާތަކުން ރުފިޔާއޮއްސައިގެން ނުބައްދަލު ގޮނޑިތަކަށް ވެޑުވީމާ ނާޤާބިލްކަމާ ނުކުޅެދުންތެރިކަން ފޮރުވުމަށް އޮތް އެންމެ ރަގަޅުގޮތަކީ މިއެވެ.

    165
  19. ރާޅު ބޯއީ

    ރައްޔިތުން ގުނބޯ ހައްދާ ސަރުކާރެއްގައި ހިމެނޭ މިކަހަލަ މަރުދޮޅިން ދައްކާނެ މިކަހަލަ ކިތަންމެ ތާކުންތާކު ނުޖެހޭ ވާހަކަ. މިކަހަލަ ވާހަކަތައް ރައްޔިތުން ގަބޫލެއް ނުކުރާނެ. ގަބޫލު ކުރިޔަސް ގަބޫލުކުރާނީ ބުއްދިރަންވެފަ ތިބި ލާދީނީ އެމްޑީޕީގެ ބައިގަނޑު އެކަނި.

    157
    1
  20. އަލިބެ

    ޙެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހހެހެ ؟

    81
    1
  21. Anonymous

    ތިކަހަލަ ތަންދޮރުނޭނގޭ ގަމާރުން މަޖިލީހަށް ހޮވީމަ ދައްކާނެ ވާހަކަ ތިދައްކަނީ. ލަދަކީ މިހާރު ތީން މީހެއް

    141
    1
  22. ކެރަބެ

    ކަންފަތުގަ ލާ މުދި ދަންނަން ތޯއެވެ؟

    134
    1
  23. ޢައިބާ

    މިސަރުކާރުން ވަރަށް ބޭނުންވޭ ދޯ ބްރިޖްކަހަލަ ބިޔަ ޕްރޮޖެކްޓް ހިންގަން ، އެކަމަކު ކީއްކުރާނީ ، ނިޒާރުމެންނަށް ޖެހޭނީ ކުޅުދިރުވާލަ ދިރުވާލަ ތިބެން

    148
  24. ސަމަންދަރު

    އިއްޒަތްތެރި މެންބަރ! ތުނބުޅި ދިގު ކުރިޔަސް މިސްކިތުގެ ވާހަކަ ދެއްކިޔަސް ދޮގުހަދަންޏާ ވާނީ ދޮގަކަށް. ރައްޔިތުން އޮޅުވާލަން ދޮގުހެދުމުގެ ބޭނުމެއް ނެތް. މަޖިލީހަކީ ގާނޫނުހަދާތަނެއް. އިރަށް ކިސަޑު އުކަން އުޅޭނެކަމެއް ނެތް.

    144
  25. ޢަބްޅޯ

    ބުރިޖު އަޅަން ފެށީވެސް މި ސަރުކާރުން
    ތިވެސް ގަބޫލު ކުރާ ހޭކުޑާވީން އުޅޭނެ ވިއްޔާދޯ

    126
    1
  26. މޫސަ

    ތިކަހަލަގޮތެއްފޮތެއްނެއްމީހުން މިރާއްޖޭގެމަޖިލީހުގައިތިބޭތީވެސް އަހަރުމެން ލަދުގަނޭ އަންނިބުނާހެން ހިނދުކޮޅުއައިސްސައެހުރީ އެހެންވީމަ ކިޔޭނުކިޔޭއެއްޗެއްވެސްނޭގޭނެނު ލަދުހަޔާއްކޮބާތަ

    117
  27. ޝާހް، ރ.ވާދޫ

    ކަލޯ ހަމަ ތަ؟ ކަލޭމެނާއެކީ އުޅޭ ގިނަކުދިންނަކީ 24 ގަޑިއިރުން ކޮންމެސް ހިނދުކޮޅެއް، އެހެން ގޮތަކަށް ހޭދަކުރާބައެއްކަމަށް އަޑުއިވިފަ މިއޮންނަނީ.

    125
    1
  28. ކޮށި ވިސްނުން

    ބޮޑާ ހާކާ ބޭބެ އަށް ލޮލަށް ރަގަޅަށް ނުފެންނަ ކަމަށް ލަފާ ކުރެވޭ 1 އަހަރު ނިމުމުގެ ރަސްމިއްޔާތުގެ ޕާޓީ ބައަށް ވަން ވީނު

    102
  29. އަސިލު

    ޒިޔާދުތިޔހުރީ ގުރައދުއަށް ލާންޖެހިފައި ހުރި މީހެއް! ބުރިޖު ނިންމުމަކީ އެއަށް ދައްކަންޖެހޭ ފައިސާއެއް ދިނުމެއްނޫން! އަމަލީ މަސައްކަތްކޮށް ނިންމުން! ކަލޯ ކިޔާނެނުކިޔާއެއްޗެއް ނޭގި ހޭބުއްދިފަސްވަނީދޯ ހަސަދަވެރިވިޔަސް ތިވަރ ބޮޑުދޯ!

    114
  30. ސޮނިފުހޭ

    ދޮގުވެރިޔާ

    94
    1
  31. އިސްކިންޓޯޓޯސޮނިފުހޭ

    ތީ ބޮޑު ގަޅިއެއް.މަގާމެއް ލިބުނީމަ މޮޔަގޮވަނީ

    95
    • ޢަދުރޭ

      މި ސަރުކާރުން ހިންގި އެންމެ ބޮޑު ޕްރޮޖެކްޓަކީ ޔާމީނަށް ވަގަށްގޮވުން . .އެކަމަކު ސޯލިޙުގެ އެކައުންޓަށް 73 މިލިއަން އަދީބު ޖަމާކުރީމަ އެ ނުވި ވައްކަމަކަށް . 73 މިލިއަން ބަނޑުއެޅީކީ ނޫން ފަރިއްކުޅުއްވީ . މިހިރީ މިއުޅޭ ދެބޯ ބުރާންތީންގެ ވިސްނުން ހުންނަ ގޮތް .

      59
  32. ސޮނިފުހޭއިސްކިން ޓޯޓޯ

    މޮޔަ ބަރަބޯ ގަނޑު

    82
    2
  33. Anonymous

    ތިސޮރު ވިހެއީ މިއަދު

    87
    1
  34. ނާދިރާ

    މީ ނުބައި ބައްޔެއް ޖެހި ވޭން އަޅަމުންދާ މޮޔަ މީހެއް.

    53
    2
  35. ޓާޓާ

    ތިހުރީ ކަނުވެފާތަ ތިވަރުވީމާ ހުރިހާ އެއްޗަކަށް ވެސް ގޮވޭނެ

    59
  36. ސާކިރު

    ޙަހަހާ...އެހެންވެދޯ މިިސަރުކާރުކާރުގެ އެއްވެސްލީޑަރަކައް ބުރިޖުމަތިން ދުއްވާލަން ނޫނީއިވެންޓެއް ބާވާލަންވެސް ނުކެރިގެންއުޅެނީ...ބަލަރީތިވެސްވާނެދޯ ތިމެޑަލްތައްހިފާގެންއައިރުވެސް ބުރިޖުންހުރަސް ކޮއްލަންކެރުނުނަމަ...ހަޖަމެއްނުވާނެވިޔާ..

    68
  37. އިއްބެ

    ތަނެއް ދޮރެއް ދޮރާއްޓެއް ނުދަންނަ ގަމާރުން މަޖިލީހައް ހޮވީމަ ވާނީ މިހެން. މި މެންބަރ ހޮވި މީހުންވެސް ގަމާރު ވީވަ ވާނީ މިހެން.

    69
  38. އަހަރެން

    ކުދިންނޭ... ޖޯކު ކިޔާ އަޑު އަހަންތަ؟ މަށަށް ހީވަނީ މިސޮރު މަޖިލީހުގަ ޖޯކު ކިޔާ މިސަރުކާރަށް ޖޯކު ޖަހަނީހެން.... ހަހަހާ

    66
    1
    • ޤައުމީ ރޫހު

      މި ސަރުކާރުން ހިންގި އެންމެ ބޮޑު ޕްރެޖެކްޓަކީ ރައްޔިތުން ގުނބޯ ހެއްދުން

      41
  39. ކޮއިމަލާ

    ތި ބުނީ އަދި މުޅިން ރަނގަޅަކަށް ނޫން. ބްރިޖު އަޅަން ފެށީވެސް މި ސަރުކާރުން. ނިންމީވެސް މި ސަރުކާރުން. މީ ރަނގަޅު ގޮތަކީ. އެމް.ޑީ.ޕީ. މީހުނަށް ކަންތަށް ފެންނަ ގޮތް.

    66
    1
  40. ހުދުހުދު

    ލަދެއް ހަޔާތެއް ވެސް ނެތޭ ބުރިޖު އޭ ކިޔަން. ކަލޭ މެންނަށް ތިކަހަލަ އަނގަ ތެޅޭނީ ރައްޔިތުންނަށް ކޮށްދެވޭ ކަމެއް ނޯވޭ

    64
  41. މަގޭޙިޔާލު

    އަސްލުވެސް ވަރައްބޮޑު ތެދެއް. ޔާމީން ހުޅުވި ތަނެއް ނަމައެތަން ހުޅުވާނީ އޭނަގެ ވެރިކަން ނިމެން ެއެންމެދެމަހައް ވީމަ ކާނޫންދޯ ..އެވެސް އަވަސް ައަރުވާލައިގެން. ... އޭނައައްވެސް ފަސްއަހަރުލިބުނުއެތަން ހުޅުވަން...ކުޅުދުއްފުށި އެއާޕޯޓު ވެސް ހުޅުވީ ނަމެއްގަ އޭނަ. ..އަދިއެވެސް ެ..އެވާރެޔާތެމިފޯވީހަނދާންނެތީހެކަލާ ގެ މަންޒަރު ކުޅެމުން...ތަނެއްހުޅުވަން ޖެހޭނީ އެތަނަކުންހިދުމަތްލިބޭވަރު ވީމަ...އެހެން ނޫންތޯ ....ވީމާ އެއާޕޯޓުވެސްހުޅުވަން މިޖެހުނީ މިސަރުކާރަށް....ބުރިޖުވެސް. ...ޕީޕީ ކުދިން ކޮޅަށް ފެންނާނީ ޢަބަދުވެސް އެހެންމީހުން ފޫކޮޅުގައެލޭ ބުރިވަރު... އަމިއްލަފޫކޮޅުއް ނުފެން ނާނެ

    4
    92
  42. ނަފާ

    ވައިކަރަދޫ ގަންޖާ އަދިކިރިޔާދޯ ބުރިޖް އޮއްކަންވެސް އެގުނީ. ކަލޭހޭބަލިވެފަތަ މިހުރިހާދުވަހު ހުރީ. ރައީސް ޔާމީނު ބުރިޖް އެޅީ.

    63
    3
  43. ބަގޫ

    ބޮންދެއްވުސް ތިވާހަކަ ގަބޫލެއް ނުކުރާނެ..ޖޯކު ކިޔާ ސަރުކާރު.

    58
  44. ފަޚުރުރާއްޖެ

    އެހެންވީމާ ކުރީސަރުކާރުގައި ހިންގި ހުރިހާ ކޮރަޕްޝަންތަކުގައި އުޅުނު ކަލޭމެންގެ ހާމުދުރުންގެ ފަތިފުއްތައް ފޮރުވާ އެކޮރަޕްޝަންތައްވެސް ތިމިންނަނީ ތިމީހުންދޯ؟! މިކަމަށް އާއެކޭ ބުނަން ކެރޭނެ؟

    49
    1
  45. މާއިގޭ

    މިސޮރައް ވޯޓްދިން މީހުން އަނެއްކާ ހަމަތަ؟

    52
    • އަލިފުޅުގެ މަންޖެ

      މަ ނުދެން މިސޮރަކަށް ވޯޓެއް.. އެކަމު މިސޮރު ހޮވުނީ.. މިސޮރަށް ވޯޓުލީ މީހުން ލަދުގަންނާނެ މިސޮރަށް ވޯޓު ލީމޭ ބުނަންވެސް.. ހާހަަހަހަހާ..

      34
  46. ޙުސޭން

    ޙަމަ މި ސަރުކާރައް ރައްޔިތުން ދޭނީ ބޮޑު ފިނިހަކީގެ ލަގަބު. މޮޔަސޮރެއްތީ

    58
  47. އިބުރާހީމް

    ބްރިޖް އެޅީ ޙުސައިން ޒިޔާދު ވިހޭ ދުވަހުކަމަށް ވެސް ވެދާނެ. ނޫނީ މަތާހިރުވާނެ ތެދުވަބަހުން ވާހަކަ ދައްކަން ނޭގޭނަމަ އެއްޗެކޭ ނުކިޔާ ހުރިއްޔާ؟ އެކަކު ބުނާނެ ޕެނަޑޯލް ގުޅައެއް ނުލިބުނު ވާހަކަ. ތިމީހުންނަށް އެންމެ ގިނައިން ފެންނަނީ ބޭނުންކުރަން ގެންގުޅޭ އެއްޗެހި. އެކައްޗަކީ ދިޔާ އެއްޗެހި.

    53
  48. އމ އދރ

    ބުރިޖު ނިންމީ މިސަރުކާރުން ކަމަށް އެމްޑީޕީގެ މެންބަރަކު ވިދާޅުވިއިރު ބުރިޖު ރަސްމީކޮށް ހުޅުވީ 2018 އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް ޞާލިހް ވެރިކަމުގެ ހުވާ ކުރެއްވީ އޭގެ ދެމަސް ފަހުން 2018 ނޮވެމްބަރ 17 ގައެވެ.

    މަ ބުނަން އޮތީ ހަމަ މަތީގައި އެވާ ގޮތަށް ކުޅުދުއްފުށީ އެއާޕޯޓު ވެސް އެ މަނިކުފާނު ހުޅުއްވައިދެއްވިއެވެ. ލޮލަށް ނުފެންނަ މަތިންދާ ބޯޓު ޖެއްސުމުގެ ހުއްދަ ފާއިތުވީ މަސްތަކުގައި ދީފައި އޮތެއް ކަމަކު ލޮލަށް ފެންނަ މަތިންދާ ބޯޓު ޖެއްސުމުގެ ހުއްދަ ސިވިލް އޭވިއޭޝަންއިން ދިނުން ލަސް ކުރުމަކީ އެ މަނިކުފާނުގެ ކުށެއް ނޫނެވެ.

    54
    1
  49. ހެހެހެ

    ކޮބާތޯ އިންޖިނޭރުން، ކޮބައިތޯ ތިކަމަށް ޚަރަދުކުރާ ފައިސާ، ކާކުތޯބުނީ ތި ބުރިޖް އެޅޭނެޔޭ!

    64
    1
  50. ނުރަބޯ

    ތަންތަނުގެ ނަން ބަދަލުކުރާ ސަރުކާރުން ބްރިޖްގެވެސް ނަން ބަދަލުކުރަންވީނޫންތަ؟ ވަގުވޯޓުން ގައުމު ފޭރިގަނެގެން ތިޔަ ކުރާހާވެސް ކަމަކީ އެއީއެއްނު؟

    37
  51. ޟުމޮމު

    ނަސީބެއްނު މިސޮރުނުބުނިކަން ނިމިދިޔެފަސްއަހަރަކީ އެމްޑީޕީވެެރިކަން ކުރިފަސް އަހަރޭ.. ބޯގަމާރު ތަންފުކެއްބޮދުވަރު ނަސީބެއް ރަށުއެންމެން ދައްކާފައި މިއީރޭ އަހަރެންނާއި އަހަރެން އަންހެނުން ކުއްލިޔަކައް އެއްފަހަރާ ހެދިދަރިންނޭ.

    31
  52. އައްޑޫ މީހާ

    މިގޮލާ ވާހަކަ ދައްކަމުން ދިޔައިރު ފަހަތުގައިހުރި ވާރަށް ބޮޑަށް ހިނިއައިސްފަ ހުރި އަންހެން މެމްބަރެއް ވަރަށް ބޮޑަށް އެގިގެންދިޔަ މިހުންނަށް މަލާމަތާއި ފުރައްސާރަކުރަން ހިތްވަރުދޭކަން މިކަހަލަ މެމްބަރުން ތިބެގެން މިގައުމުގަ އަންނަން އޮތް ޖީލު ފަނާވާނީ

    30
  53. ޓަވަރު

    ކަލޯ ހަމަހޭގަތޯ؟

    27
  54. ސަންތިމަރިޔަބު

    ހައް ހައް ހާ ހަމަހިނިއަން ނަނީ އިއްޒައް ތެރިޔާ ހިދުކޮޅު ގާއި ތޯ؟ އަޅުގަޑު ހީކުރީ ހިދުކޮޅު އަންނަނީ މިހާރު ހަމައެކަނި ރިޔާސަތަށް ކަމަށް ހަމަ ހިނިއަންނަނީ

    32
  55. ބޯހަލާކު 19 އޮގަސްޓް 2019

    ކަލޯ ކަށިނެތް ދޫ ބޭނުންހާ ގޮތަކަށް ނުތަޅުވާ ހުރޭ ކޯފާ އަންނާނީ ބުނެފަކާނޫން ބިރުވެތިވޭ!

    33
  56. ދޮށީ އަނބި

    ޒިޔާދަކީ ހާދަ އިތުރުފުޅު ހެއްދެވުމުގައި އަރާ ހުންނެވި ފަސްބައި ހުތުރު ނުލަފާ މައްކާރު މީހެއްކަން މިއެގެންފެށީ.. ވޯޓު އެކަލޭގެއަށް ދެވުނީތީ ހިތާމަކުރަން

    27
  57. މުހައްމަދު

    ތަރުޖަމާ އަކީ. ބުރިޖުގެ ދަނގަޑު ތަކުގައި ދަބަރު ޖެހުމާއި ސާފުކޮށް މަރާމާތުކުރުން ޗައިނާ އިން ކުރަމުން ދަނިކޮށް އެކަން ނިއްމިވާހަހަކަ.

    19
    1
  58. ހެހެހެ

    ޙެހެހެހެހެހެހެހެހެ.. ..

  59. ކުނަމެހި

    ބުނަންވީނު ސަރުކާރު ބަދަލުވިއިރު މާބަނޑު އެންމެން ވިއްސީވެސް މިސަރުކާރުންނޭ. ނޫހުގައި ފަލަސުރުހީ އަޅަން އެގޭ ސަރުކާރެއްމީ.

    23
  60. Anonymous

    ޢެއީ ހަމަ ތެދެއް. ބުރި-ޖު މިދިޔަ ހަފްތާގަ އެ ނިންމާލީ ޖަރުމަނުގަ މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދީގެން. ހީވަނީ މިވެސް އޭގެ ބުރި-ޖެއްހެން.

    21
  61. ދޮޅުރޯނާ

    ދެބަންދިހާރުވެފައި ތިބޭ މީހުން ދޮޅުރޯނާ ވީމާ މިކަހަލަ ހާސަރާއި ކޮސްގޮވާނެ. މިހާރު ތިތާނގައި ގިނައީ މިވައްތަރު.

    12
  62. ނ

    ޔަގީން ތިޔަގޮލާ ތިއީކީ ހަމަމީހެއްނުންކަން . ދައްކާނެވާހަކައެއްނޭގެއްނާއަމިއްލަ ރަށުމީހުން ކުރިމަތީ ފަޟީހަތެއްނުވަން އަނގައިން ނުބުނެ ހުރެބަލަ

    14
  63. ލކ

    ދެން ބުރިޖުގެ ނަންވެސްބަދަލްކުރޭ

    13
  64. މ.ރ

    އޭނަ އެހުރީ ހޭބުއްދި ފިލާފަ. ގުރައިދޫގަ ޖާގަ އެއް އޮތޯ ކޮންމެވެސް ބޭފުޅަކު ބަލާލަ ދެއްވާ!

    19
  65. ޢަލި

    ތިމާއަށްވެސް އެގޭނެ މި ހެދެނީ ދޮގުކަން

    17
  66. އަލީ

    ކަލޭ ތިހިރީ އެއްޗެއް ބޮއިފަތަ؟ ނޫނީ މޮޔަވެފަތަ. ބުރިޖެއް ހަދޭނެބައެއް ނޫންތީކީ. ރިހާކުރު ހޮޅިއެއްވެސް ނޭޅުނުބަޔަކައް ކަމެއްވާނެތަ

    18
  67. ބުރުސްލީ

    އައްދޯއި، މިހާރުއެނގިއްޖެ ބބުދިފިލާގޮސް ތިބިބަޔަކަށްވެސް ވޯޓެއް ލިބިދާނެކަން.

    17
  68. ޖަމީލު

    90 ޕަސަންޓް މީހުންނަކީ 5 ކުޅަނދު މަދު މީހުން ތިކަން އިނގޭނެ އެންމެނައްވެސް.

    11
    • ސަނީ

      މީނަ ހުރީ ހަމާގަތަ

  69. ރަތްގަލަން

    އާނ. އެހެންވާނެނުން! އިންޑޔާ ކަނޑު ތެރެއިން މިޤައުމު ހޯދީވެސް މިސަރުކާރުން ވިއްޔަ! #ބޮލުރޮދި

    15
  70. ޚަލީލ

    މީނަ އަށް އިހްތިރާމްކުރާ މީހުންވެސް މިހާރު މީނަދެކެ ފޫހިވާނެ

    15
  71. ވައި މަރީ

    ކީކޭ އަޅެފަހެ ބުނާނީ ، ވައިކަރަދޫ ކަހަލަ ހިތްހެޔޮ ބައެއްގެ ތެރެއިން މި ކަހަކަ ރަނޑާއްޔެއް މަޖުލީހަށް ހޮއްވެވީތީ ހިތާމަ ކުރަން ބަލަނގަ ބުރާންޗާ ބުރިންޖު ހުޅުވީވެސް 2018 ގައޭ ، މިގައުމު މޮޑަން ރާއްޖެޔަކަށް ހެއްދެވި ލީޑަރު ގެ ޒައާމަތުގައޭ، ތިޔަކަހަލުގެ ރަނޑާޔަކަށް މިރަށު މީހުން ވޯޓް ދިނީތީ ހިތާމަ ކުރަން ،

  72. ބިޖޫ

    ކަލޯގަޔާ އެއީ ގަޅިއެއްތަ ނޫނީ މަރުމޯލެއްތަ ނަސީބެއްނު އަމިއްލަ ދުފާއެއްޗިއްސޭ ނުކީކަން އެތާތެރޭ

  73. ައަދާލަތު

    ބްރިޖް ނިންމީ، ވައިކަރަދޫ ރައްޔިތުން.
    ލަދެއް، ޙަޔާތެއްގެ ކަންފުޅެއްވެސްނެތޭ

  74. ރަފީގު

    އިސްލާމީ މަރުކަޒްވެސް ނިންމީ މިސަރުކާރުން.. އެހެންނުން.

  75. ދިވެހި ތަރައްޤީ

    ހަޤީގަތުގަވެސް ޕީޕީއެމް ކުދިންގެ ބަލިފަޔަކީ ބުރިޖް އެހެންވެ ބުރިޖޭބުނާއިރަށް ފަޔަށްހިނިއަރައިގެން އުޅޭހެންއުޅެނީ. އަސްލު ބުރިޖަކީ ރައީސް މަޢުމޫނުގެ ތަސައްވަރެއް، ރައީސް ނަޝީދު ޕުލޭންކޮށް ދިރާސާކުރެވިފައިވާކަމެއް، އަދި ޗައިނާގެ ދީލަތި އެހީއެއް. އިއްތިފާޤުން ޔާމީނު ވެރިކަމުގަ ހުރި ދުވަސްވަރާދިމާވީ ޗައިނާއިން ބުރިޖުގެ މަސައްކަތްފެށި ދުވަސްވަރާ.

    1
    5
  76. ކީއްކުރާނީ

    ގަރާރުތައް ހުށައަޅައަޅާ މަޖްލިސް ދައުރު ނިންމާލާ ބަޔަކަށް އިގޭނެކަމެއް ނޯންނާނެ. ބޭކާރު ވާހަކަ ނުދައްކާ ރައްޔިތުންނަށް ކަމެއްކޮއްދީބަލަ!

  77. އައިމަނު

    ބުރާންތި ވިޔަސް ބޮޑުވަރު! ވައިކަރަދޫގެ ވައިބޮލަށްއަރާފަހުރި ބީތާއެއް! މިކަހަލަ ރުނޑިން މަޖްލިހަށް ހޮވޭތީ މީ އެދާއިރާގެ ރައްޔިތުންގެ ސިކުނޑިއަށް ބޭސްކުރަންޖެހިފަވާކަމުގެ ވަރުގަދަ ދަލީލެއް! އެމްޑީޕީއާ ލައިގެން ކަލޭ ހަޑިކަމެއްކުރަންވީނު؟ ރައީސް ޔާމިނު ގެނެސްދިން ތަރައްގީގެ ކްރެޑިޓެއް ތިރުނޑިންނަކަށް ނުނެގޭނެ! އަދި އެވަރުގެ އެންމެ ޕްރޮޖެކްޓެއްވެސް ތިރުނޑިންނަށް ޑެލިވަރނުކުރެވޭނެ! ދަމާކަޑަންއުޅެނިކޮށް ޓައީ އަޅުވާފަ މަޖްލިހަށް ވެއްދީމަ ތަގޭއަމާ ތައްކަލަކަލައޭ ގޮވޭނީ!