ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރެއްވުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް"ގެ ޖަމިއްޔާ ރަޖިސްޓްރީ ކޮށްދީފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި އެޖަމިއްޔާ ރަޖިސްޓްރީކޮށްދީފައި ވަނީ މިއަދުއެވެ.

ތިމާވެއްޓާ ގުޅުން ހުރި ކަންކަމަށް ރައީސް ނަޝީދަކީ ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

މިޖަމިއްޔާއަކީ އަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރާނެ ގޮތް ހޯދުމެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ނަމުގައި ޖަމިއްޔާއެއް އުފައްދާފައިވާއިރު ނަޝީދުގެ އިތުރުން މިޖަމިއްޔާގެ އަނެއް ފައުންޑަރަކީ ގ. އާނޫރާނީ މަރްޔަމް
ރާހިލް ނަސީމް އެވެ. މިޖަމިއްޔާގެ އިދާރާއަކީ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ އެވެ.

ރަށްތައް ތަރައްގީ ކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަކޮށް މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމާއި، ފަރުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ ގޮތް ހޯދުންވެސް މި ޖަމިއްޔާގެ މަގުސަދު ތެރޭގައި ހިމެނެއެވެ.

މޫސުމަށް އަންނަަމުންދާ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާ އެއް ގައުމަކީ ރާއްޖެއަށް ވާއިރު، ތިމާވެށި ހިމާޔަތް ކުރުމާއި ގުޅޭގޮތުން ހަމައެކަނި ވާހަކަ ދައްކާލައިގެން ވާނެ އެއްވެސް ފައިދާއެއް ނެތް ކަމުގައި ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އ. ޖ. އ

  ދި އައިލެންޑް ޕްރެޒިޑެންޓް އިޒް ބެކް

  1
  1
 2. މަބޭ

  ތުމާވެށިހިމާޔަތްޖުރަން ރާއްޖެޔައްލިބޭ ހުރިހާ އެހީއެއް ދެންވާއްދާނީ ތިޖަމިއްޔާއައް.

 3. ބޮކަރ

  އަންނި މިއީ ތިމާވޮށީގެ އައްޕަ

 4. ޒަބީބު

  މަޖިލިސް ރައީސްގެ ގޮތުގައި ހުރުމުން ރައީސުލް ޖުމުހޫރިއްޔާގެ ހައިސިއްޔަތުން "ތްރީ ސިކްސް އޯ" - "ތްރީ ސިކްސް އޯ" ގޮވަމުން ކޯޕަންހޭގަން އަށް ގޮސް ތިމާވެށީގެ ނަމުގައި ދިވެހި ރައްޔިތުން ވިއްކައިގެން ނެގޭ ބޮޑެތި މާލީ ފައިދާ ނުނެގޭތީވެ ބޮޑުބޭބެ ނަސީމުގެ ދަރި ލައިގެން ޖަމިއްޔާ ހަދައިގެން ދިވެހި ރައްޔިތުންނަށް ލިބެން އޮތް އެތައް މިލިއަން ޑޮލަރުގެ އެހީ އަމިއްލަ އާއިލާގެ މިލކިްއްޔާތަށް ވައްދާލެވޭނެ ގޮތެއް ހޯދީ ދެއްތޮ؟ މުލީއާގޭ ފުރާޅުމައްޗަށް އަރައި ދެތިން ސޯލާ ޕެނަލް ހަރުކުރި ތަނުގައި ރީނދޫ ކޯރިއެއް އަޅައިގެން ފޮޓޯ ނަގައިގާ ހަދައިގެން ލިބުނު ފައިދާ ގަނޑާއި، އިސްތިއުފާ ނުދެވުނު ނަމަ ނެގެން އޮތް ފައިދާގަނޑު އިހްސާސް ކުރެވޭ މިނަވަރު ބޮޑުކަމުން އެފައިދާ ނަގައި ޖީބު ބަރުކޮށްލެވޭނެ އާގޮތެއް ހޯދާލީ އެހެން ނޫންތޯ؟

 5. ބެއްޔާ

  ދައުލަތުގެ ފައިސާއިން އެއްވެސް ޕްރޮޖެކްޓެއް ނުހިންގާ 54 ބިިލިޔަން ރުފިާޠގެ ބަޖެޓެއް ކާލުމަށްފަހު، އަލަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓް ނަޝީދަށް ލިބޭގޮތަށް ކުރކަމެއްތީ. އިބޫ ފާޑުފާޑުގެ ކޮމިޓީތައް ހަދައިގެން މިއަހަރަށް އޭނައަށްވާވަރު ކޮށްފި. ބާކީ ހުރީ ބޮޑުވަގު އޭނައާޖެހުނީ. ރައްޔިތުން އަވަދިކޮށްފި.

 6. ޚ

  ހެންވޭރުގާ ހަދާ ޕާކަށް ލަންކާ އިން ރުކާ ވިނަޔާ ގަސް ގެނައީ ކެރަފާ ނަސީމަށް ބައި އެޅޭ ގޮތަށް. ޢަދި ކޮންމެ ދުވަހަކު އެތަނުގާ މަސައްކަތް ކުރާ މީހުންނަށް ސަޔަށޭ ކިޔާފަ 1000 ރުފިޔާ ދޭ ވަރައް ބޮޑު ކަރަޕްޝަނެއް ހިންގީ. ޢޭސީސީ އިން މިކަން ބަލަވާ....އަވަސް ކުރައްވަވާ