ކުޑަކުދިން ކުށުގެ ޒިންމާ އުފުލަން ޖެހޭނީ އުމުރުން 15 އަހަރު ވުމުން ކަމުގައި ކަނޑައަޅަން ޤާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ އިސްލާމީ ޤައުމުތަކުގައި ކަނޑައަޅާފައިވާ ޢުމުރަށް ރިޢާޔަތްކޮށް ކަމަށް ސަރުކާރުން ވިދާޅުވުމަކީ ދޮގެއް ކަމަށާއި، އެގޮތައް ސަރުކާރުން ވާހަކަދައްކަވަނީ އޮޅުވާލުމުގެ ބޭނުމުގައި ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެފިއެވެ.

ކުޑަކުދިންގެ ޢަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު ރައީސް އޮފީހުން އިއްޔެ ވިދާޅުވީ މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، ޢުމުރުން 15 އަހަރު ކަމުގައި ކަނޑައެޅޭނެ ކަމަށާއި ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ބިލުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ޤައުމުތަކުގައި ކަނޑައަޅާފައިވާ ޢުމުރަށް ރިޢާޔަތްކޮށްފައި ކަމަށެވެ.

ނަމަވެސް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި އަދި ގައުމުތަކުގެ ސަރުކާރުތަކުން އާއްމުކޮށްފައިވާ ރަސްމީ މައުލޫމާތައް ބަލާއިރު ވެސް ގިނަ އިސްލާމީ ގައުމުތަކުގައި ޖިނާޢީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު އުޅެނީ 07 އަހަރާއި 12 އަހަރާއި ދެމެދު ގައެވެ.

ސައުދީ އަރަބިއްޔާގައި އުމުރުން 12 އަހަރު ވުމުން ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހެއެވެ. ޤަތަރާއި، އޮމާން، ޕާކިސްތާންގައި އުމުރުން 7 އަހަރު ވުމުން ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހެއެވެ. ސީރިއާ އާއި މެލޭޝިއާގައި އުމުރުން 10 އަހަރު ވުމުން ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހެއެވެ. ބަންގްލަދޭޝްގައި އުމުރުން 9 އަހަރު ވުމުން ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހެއެވެ.

އިސްލާމީ ނޫން ގައުމުތަކަށް ބަލާއިރު އިނގިރޭސިވިލާތުގައި ވެސް އުމުރުން 10 އަހަރު ވުމުން ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހެއެވެ. އެމެރިކާގައި އުމުރުން 11 އަހަރު ވުމުން ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހެއެވެ.

މިސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އިންޑިއާގައި އުމުރުން 7 އަހަރު ވުމުން ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހެއެވެ. ބޫޓާންގައި 10 އަހަރު ވުމުން ކުށުގެ ޒިންމާ އުފުލަން ޖެހެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ޚާއްޞަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނަޑައެޅި މާލޭގައި މިހާރު ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަޙައްދީ ޑިވިޜަންތައް ޤާއިމުކުރެވިގެން ދާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މިހާރު

  ދޮގާމަކަރާހަދައިގެންއައިބަޔަކު ހަދާނިވެސްދޮގާމަކަރު

  56
  4
 2. ސާބަސް

  އަހަރެންނަށް ހީވަނީ 100% ނޫންހެން. 200% އިސްލާމް ޤައުމެއްހެން މި ދިވެހި ރާއްޖެ އަކީ.

  34
  1
 3. އަދުރޭ_09

  ބަލަ އެހެން ގައުމު ތަކުގަ ކަނޑައަޅާފައިވާ ޤާނޫނުތަކަށް ރިއާޔަތް ކުރުމަކީ އެޤައުމު ތަކުގަ ކަނޑައަޅާފައިވާ އުމުރު ކަނޑައެޅުމެއް ނޫނޭ،

  5
  33
  • .....

   އިސްލާމީ ގައުމެއް ކޮބާތަ ރިޔާއަތް ކުރަން...މުސްލިމުން ގައުމުގަ ދިރި އުޅުމަކީ ގައުމު އިސްލާމީ ގައުމަކަށް ވާނެ ޝަރުތެއް ނޫން....އިސްލާމީ ޝަރީޔަތް އޮތް އެއްވެސް ގައުމެއް ނެތް...

   18
   1
  • ޝަހިމެޓިކްސް

   އެހެން ދޯ! ބޭނުމަކީ އެޤައުމު ތަކުގަ ކަނޑައަޅާފައިވާ އުމުރަށްވުރެ މަތީ އުމުރެއް ކަނޑައެޅުން ދޯ؟

   20
 4. ކިނބޫ

  އެބައިމީހުން ތެދެއް ހެދީ ކޮންއިރަކުބާ!

  29
  1
 5. އަހަރެން

  ކޮން އެހެން އިސްލާމީ ޤައުމުތަކެކޭ ކިޔާކަށް. ކީރިތި ޤުރުޢާން އާއި ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވީމަ ނިމުނީ.

  42
 6. ޖަރީމާ

  މިމީހުން ތެދެއް ހަދައިފިތަ؟ ހައިރާން ވާނެކަމެއްނެތް. ތެދުވެރި ކަމަކީ އިސްލާމް ދީނުގެ ސިފައެއް. ދޮގާ، މަކަރާ، އޮޅުވައިލުން ތަކަކީ އިސްލާމްދީން މަނާކުރާ ( ޣައިރު މުސްލިމުން ކުރިއަރުވާ) ސިފަތަކެއް.

  10
 7. ބަކުރުގެ ތަކުރު

  ސަރުކާރުން ތިޔަ ކުރެއްވި ދިރާސާ އަށް ސާބަސް .ޕޮރޮފެސަރ އުގެއިލް ގެ ބަހެއް ހޯދިން ތޯ!!!

  4
  2
 8. މުހައްމަދު

  މީސުންޕާ ސަރުކާރެއް ކުފުރުވުމާ އަމިއްލަޔަށް މަރުވަނީ / މީހުންމަރަނީ / ވައްކަމާ ފޭރުން އިންތިހާ / ބަދުއަޚްލާގީ ހުރިހާބާވަތެއްގެއަމަލެއް އިންތިހާ / ދީނީ ވަތަނީ ނެތިކޮށްފި މީހަމަ ރައްޔިތުން އަމިއްލަޔަށް ލިބިގަތް މުޞީބާތެއް ދެންތިބޭ އަތްޖަހަން

  5
  2