ބަދިގެޔަށް ވަދެ މަސްކެއްކުމަށް ދިވެހި އަންހެންވެރިން މިހާރު ބޭނުން ނުވާކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅިވެފައިވަނީ މިއަދު މަޖިލީހުގަައި ކުރިއަށްދިޔަ ޖަލްސާގައި މަސްވެރިކަމުގެ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޖާބިރު ވިދާޅުވެފައިވަނީ ނިމިގެންދިޔަ އީދު ބަންދުގައި ރާއްޖޭގެ ދެކުނު ގިނަ ރައްތަކުގެ މަސްވެރިންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ މީގެ ކުރިން މަޖިލީހުގައި ދުމަށިހަދާ ވާހަކަ ދެއްކިކަމަށާއި އެހެންނަމަވެސް ދިވެހި އަންހެނުން މިއަދު ބަދިގެއަށް ވަދެ މަސްވެރިކަން ކުރުމަށް ބޭނުންނުވާކަމުގައެވެ.

ޖާބިރު ވިދާޅުވެފައިވަނީ މަސްވެރިން ބާނާ މަހުގެ ހަމަ އަގު އެފަރާތްތަކަށް ދޭން ޖެހޭކަމަށާއި އެެހެން ނަމަވެސް މިފްކޯއަށް ކިރާ މަސްކޮޅުގެ ލާރިނުދޭތާ ތިން މަސްވެފައިވާ ކަމަށެވެ.

ޖާބިރު އިތުރަށް ވިދާޅުވެފައިވަނީ މިއަދު މަސްވެރިން ތިބީ ހުއްޓިފައިކަމަށާއި ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް އެކުލަވާލާއިރު މި ކަންތައްތަކަށް ބަލަން ޖެހޭނެ ކަމަށެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ މިބިލަށް ބަހުސް ކުރައްވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ސަރުކާރުން އުޅެނީ މަސްވެރިން ގައިގަ ތަޅު އަޅުވަން ކަމަށެވެ.

ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގައި މަސްވެރިކަން ކުރުން ހުއްޓުވުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ޖާބިރު މީގެ ކުރިން ވިދާޅުވީ ބޭރުގެ އެހެނިހެން ގައުމުތަކުން ދަލު މަސްވެރިކަން ކުރަމުން ގެންދާ ކަމުގައި ވާނަމަ ރާއްޖޭގައިވެސް ދަލު މަސްވެރިކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. ރާއްޖޭގެ މަސްވެރިން މަސްވެރި ކަމުން މަދުން ނަފާ ހޯދުމަކީ ބޭނުން ކަމެއް ނޫންކަމަށާއި އަދި ރާއްޖެއަކީ ކަނޑުމަސް އާލާވާ ތަނެއް ކަމަށް ވާހަކަ ދެކެވުނަސް އެކަމުގެ މާބޮޑު ހެއްކެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަސްވެރިޔާ

    ބަދިގެއަށް ވަދެ މަސްކައްކަން ބޭނުމެއްނޫން. ބޭނުންވަނީ ބަދިގެއަށްވަދެ ލޮލީބޯން

    2
    3
  2. އާޅީ

    ކޮބާ ތިހުރީ ރަނގަޅައް ޖަޒީރާވެ ނިމިފަ

    1
    1