ދިވެހި މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް އެމީހުންނަށް ވެސް ޕެންޝަނެއް ހައްގު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ މަސްވެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ޒަމާންވީ ކަނޑުގެ ރޯދި ކަމަށާއި، ރާއްޖޭގެ އިގްތިސާދު ހިފަހައްޓައިދިނީ މަސްވެރިކަމުން ކަމަށެވެ.
އެހެންކަމުން މި ބިލުގައި މަސްވެރިންނަށް ނަފާ ލިބޭނެ ގޮތްތަކެއް އޮންނަން ވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
މަސްވެރިންނަށް ޕެންޝަނެއް ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
އީވާ ވިދާޅުވީ، މި ސަރުކާރުގެ މައިގަނޑު މަގްސަދަކަށްވެފައިވަނީ މަސްވެރިކަން ޒަމާނީ ކޮށްދިނުން ކަމަށާއި، އަދި އެޖެންޑާ 19 ގެ ވައުދަކީ ވެސް އެއީ ކަމަށެވެ. އަދި މަސްވެރިކަމަށް ދިމާވެފައިވާ މައްސަލަތަކަށްވެސް ހައްލު ހޯދައިދޭން ވައުދުވި ކަމަށްވެސް އީވާ ވިދާޅުވިއެވެ.
ބިލްގެ ބޭނުމަކީ މުޅި ދުނިޔޭގައި މަހަށް ލިބޭ ބޮޑު އަގު ދިވެހި މަސްވެރިޔާއަށް ވެސް ލިބޭ ގޮތްވުން ކަމަށް އީވާ ވިދާޅުވިއެވެ.
"މަސްވެރިން 40-50 އަހަރު މަސްވެރިކަން ކޮށްފައި، ރިޓަޔަ ކުރީމަ އޭގެ މަންފާ ލިބެން ޖެހޭނެ ރިޓަޔަމަންޓް ސްކީމެއް އޮންނަންވާނެ" ބިލަށް އިސްލާހުތަކެއް ގެންނަން ހުރި ކަން ފާހަގަ ކުރައްވައި އީވާ ވިދާޅުވިއެވެ.
އީވާ އިތުރަށް ވިދާޅުވީ ޒުވާނުން މަސްވެރިކަން ކުރުމަށް ބާރު އަޅާނެ ގޮތްތަކެއް ބިލްގައި އޮންނަން ޖެހޭ ކަމަށާއި އެހެން ނޫނީ ޒަމާންވީ މަސްވެރިކަން ހުއްޓިގެން ހިނގައިދާނެ ކަމަށާއި އަންހެނުން މަސްވެރިކަމުގެ ސިނާއަތުގައި ކުރާ ކަންކަން ބަލައިގަންނަން ޖެހޭ ކަމަށެވެ.
ބަލަގަ ޖެހެއޭ ކިޔައިގެން ވާހަކަ ނުދައްކާ، އެކަން ކުރީމަ ވީ ނޫންތަ! މިހާރު ކަންކަން ކުރާކަށް އެއްވެސް މައްސަލަ އެއް އޮވެގެނެއް ނުވާނެ އެއްނު!
މަސްވެރިންނަށް ލިބޭ އެތިކޮޅުން ބައެއް ދަމައިގަންނަން އެއުޅެނީ ދީފަ އަތުލަން
ޕެންޝަން ފަންޑަށް ގޮތްގޮތް ހަދައިގެން ސިޔާސީ މީހުން މަޤްބޫލްކަން ހޯދާއިރު ޕެންޝަން ފަންޑަކީ ޤައުމުގައި މަސައްކަތް ކުރާ އެންމެންގެ މުސާރައިން ބައެއް އެއަށް ޖަމާކޮށްގެން އުފައްދާފަ އޮތް ފަންޑެއް. ރައީސްނަޝީދު ހެޔޮފުޅު ކަމުން މުސްކުޅިންނަށް އިނާޔަތް ލިބުނިއްޔޭ ބުނާއިރު ނަޝީދު ޖީބުން ދެއްވާ އެއްޗެއްތޯ އެއީ ؟ މި މީހުންގެ ސިޔާސީ ކެރިއަރ ކާމިޔާބު ކުރުމަށްޓަކާ މިހާރު ތިބި ޒުވާންޖީލު މުސްކުޅިވާ ދުވަހު ދިރިއުޅެން އެއްކުރާ ފައިސާކޮޅު އެގޮތް މިގޮތަށް ބަހާ ހުސްކުރަނީ !! މައްސަލައެއް ނެތްތާ މަޖްލީހުގައި 5 އަހަރު ހަމަ ކުރިއަސް ޕެންޝަން ލިބެ މުޅި ޢުމުރަށް . އެހެން ވަޒީފާ ތަކުގައި 65 އަހަރު ވީމަ ލިބެނީ . މި މީހުންނަށް ގެއްލުމެއް ނެތެއްނު . 65 ވެސް މާ އަވަސް . ނަޝީދު ކައިރީ ބުނެގެން 120 އަހަރަށް ޕެންޝަން ލިބޭ ޢުމުރު ބަދަލު ކޮށްފަ މަޖްލިސް މެމްބަރުންނަށް އަހަރަކު އެއްފަހަރު ޕެންޝަން ލިބޭ ގޮތަށް ހަދާ . މަސްވެރިންނަށް ވިއްޔާ 90 އަހަރުވީމަ . ބަޔަކު ބޯ ބުރާންތި ވެފަ ތިއްބަސް މިވަރު ތަންފުކެއް ބޮޑު .
އަދިވެސް ގުބޯ ހައްދަނީތަ؟ މަސްވެރިންގެ ކާޑަށް ޑޮލަރާ ރުފިޔާ ޖަމާކޮށްބަލަ!
ސިވިލްސާވިސް މުވައްޒަފުންނަށް ލިބެމުންއައި ޕެންސަން އުވާލެއްވީ ތިބޭފުޅުންގެ ވެރިކަމުގާ ނަޝީދުގެ ރައީސްކަމުގާ. ދެންކޮން މަސްވެރިންނެއް. ތިއުޅެނީ މަސްވެރިންނާ ސިވިލްސާވިސްގެ އެތައްސަތޭކަ ބަޔަކާ ޖައްސަން. އެހެންނޫނީ ތިފާޑުގެ ވާހަކައެއް ނުދައްކާނެ. އެއްބަޔަކަށް ލިބެމުންއައި އެއްޗެއް އުނިކޮށްލާފަ އަނެއްބަޔަކަށް ހަމަ އެއިނާޔަތްދޭން އުޅުމަކީ ހަމަޖެހޭކަމެއްނޫން.
ލަާރިގަނ ޑެއް ކައްވާލަން ތައްޔަާރު ވަނީދޯ. ނޫނީ އެމަންޖެ މަސްވެރިއަކާ ހިތާ ވީތަ