ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު 18 އަހަރުގެ އަންހެނަކު ކ. ހިންމަފުށިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓް 16 ވަނަ ދުވަހުގެ 19:27 އެހާކަންހާއިރު، ހިންމަފުށީގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރި އިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 500 އެމް.އެލްގެ ތިން ފުޅި އޭނާގެ އަތުން ފެނުމާ ގުޅިގެން ކަމަށެވެ.

އަދި މިމީހާގެ ބަންދަށް ކ. ހުރާ މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށާއި،މި މައްސަލަ ހިންމަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު