ގެއްލުމުގައި ހިންގާ ސަރުކާރުގެ ކުންފުނިތަށް ޕްރައިވަޓައިޒް ކުރަން ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހުށަހެޅުއްވި ގަރާރު ބަލައިގަންނަން ފެންނަކަމަށް އެންމެ މެންބަރެއް ވެސް ވޯޓު ނުދިނުމުން މަޖިލީހުން އެ ގަރާރު ބޭރުކޮށްލައިފިއެވެ.

ގަރާރު ބަލައިގަންނަން ފެންނަކަމަށް ޖާބިރުވެސް ވޯޓެއް ނުދެއެވެ. ޖާބިރު ވޯޓު ނުދިނީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ.

ގަރާރު ބޭރުކޮށްލީ 61 މެންބަރުން ގަރާރު ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދިނުމުންނެވެ. އެ ވޯޓުގައި ވަކިގޮތަކަށް ވޯޓުދޭން ނުފެންނަކަމަށް އެއް މެންބަރު ވޯޓު ދިނެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ ގެއްލުމުގައި ހިންގަމުން އަންނަ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ކުރަން ޖެހޭ ކަންތައްތައް މިހާރުން މިހާރަށް ކުރަން ފެށުމަށެވެ.

ގަރާރުގައި އޭނާ ވިދާޅުވެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވުމުގެ ސަބަބުން އެ ކުންފުނިތަކުގެ ދަރަންޏަށް ސަރުކާރުން ޒިންމާވާންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާ ކަމަށެވެ. އެ ފަދަ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއްކަން ގަރާރުގައި ޖާބިރު ފާހަގަކުރައްވާފައިވެ އެވެ.

މަޖިލީހަށް ގަރާރު ހުށަހެޅުއްވުމުގެ ކުރިން ޖާބިރު ވަނީ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ކޮމިޓީގައި އެތައް ފަހަރަކު މި ވާހަކަ ދައްކަވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ޖާބިރުގެ ގަރާރު ބަލައިގަންނަން ޖާބިރު ވެސް ވޯޓެއް ނުދިން ހެހެހެހެ ކިހިނެއްއެވަނީ؟

  2. މާވަޑި ފަލާހް

    ޖާ ވާނީ ހަމަ ޖާބިރަށް... ޖާ ނުދައްނާނެ ރަލެއް، ކަސީނޯއެއް،.... މިހާރު ޖާ އުޅުއްވަނީ ކޭބަލް ކާރުގަ ކަނޑުއަޑިން ދަތުރުކުރަނީވެސް....

  3. noname

    Meehun anga govvan ulhey meeheh

  4. ކަސަބު

    މިގައުމުގަ ގެއްލުމުގަނޫންގޮތަކައް
    ހިންގީކޮންސަރުކާރެއްތަ

  5. ޭައަބުއްލާ

    ފައްކާ ބޮލު ރޮއްޖެއް??

  6. ގުއި ޗޮންހެއި

    ޖާބިރެއް ރަލެއް ނުބޯނެ. ނުވެސް ދެކޭ އެއްޗެއް.. ޖާބިރު ދެން ކިހިނެތްތޯ ހަމަވާނީ، ހުސް ދޮގު. އަމިއްލައަށް ތާހިރުވާން ޖެހޭކަން އެނގޭނަމަ އަމިއްލަ ބިލަށް ވޯޓުދޭން ހޭޖެހެންވާނެތާ