މާލެ އިން ހުޅުމާލެއަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް ބުރިޖާއި ގުޅިފައިވާ ހަލިމަގު (ހައިވޭގެ)ގެ އެއްފަރާތުގެ ފެންސްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެކޮޅުން ހަލިމަގު ނިމޭ ހިސާބުގައި ކަމަށާއި، މި އެކްސިޑެންޓާއި ގުޅޭ މައުލޫމާތު ލިބިފައި ވަނީ، މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް ޕިކަޕަށާއި، އަރިމަތީ ފެންސްތަަަކަށް ބޮޑެތި ގެއްލުންތަކެއްވެފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެޔޮނުވާނެ

    ވިއްސާރަ މޫސުމުގައި، ޚާއްސަކޮށް ބުރިޖުމައްޗަށް ވާރޭވެހިފައި އޮއްވާ، ބުރިޖުމަތީ ދުއްވާއިރު، އުޅަނދުގެ އިސްޕީޑު މަޑުކޮށްލައިގެން ދުއްވީމާ ކަލޭމެންކުދިން ފާފަވެރިވަނީތަ؟