މެދު ތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ (މެޓް) އިން ހުދު އިންޒާރު ނެރެފިއެވެ.

ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ނެރުނު އިންޒާރުގައި ބުނެފައި ވަނީ، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުގެ އިންޒާރުގެ މުއްދަތު ހަމަވާނީ 21:30 ގައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަަމަށާއި، ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅޅ

    މަގުމަތީގަ ފެންގަނޑު ހެދިފަ ހުއްޓަ ސައިކަލު ކާރު ދުއްވާ މީހުން ހިނގާ މީހުންނައް އެއްވެސް ބެލުމެއްނެތް. ހަމަ ބާރުބާރަށް ގޮސް ފެންތައް ބުރުވާލާފަ ދަނީ.

  2. ވިގަނި

    ދުވަހަކު ކިޔާއެއްޗެއް ދިމައެއްނުވޭ