ރައްޔިތުންގެ މަޖިލިސް ކެއުމުގެ ތެރެއިން ފެނުނީ ކޮންޑަމެއް ނޫން ކަމަށް މަޖިލީސް އިދާރާއިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންބަރުން ކެއުމަށް ހުރި ތަކެތީގެ ތެރެއިން ކޮންޑަމެއް ކަހަލަ އެއްޗެއް ފެނިފައިވާ ކަމަށް ބުނެ މަޖިލިސް މެންބަރަކު ވަނީ މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ މަޖިލިސް ކެއުމުން ފެނުނީ ކާއެއްޗެހި ހަލާކުވިޔަ ނުދީ ރައްކާ ކުރަން ބޭނުންކުރާ ފުޑް ރެޕްގެ ތަންކޮޅެއް ކަމަށެވެ. އަދި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރަކާ ހަވާލަދީ މީޑިއާތަކުން ބުނީ، ކޮންޑަމެއް ކަހަލަ އެއްޗެއް ފެނިފައިވަނީ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަދި އަހުމަދު ޝިޔާމް ކޭންބެއްލެވުމަށް އިން ތަށިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކެއުމުގެ ކަންކަން ހަމަޖައްސަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިޔަވަޅު

    އެކަމު ހާދަ ވައްތަރޭ އެފާޑު އެއްޗަކާ.. ޝިޔާމް އައްވެސް ކޮންޑަމް ވަކިކުރަން އެނގެންވާނެންނު އުތަ....

    16
    2
  2. އ. ޖ. އ

    ނޫނޭ ތިހަމަ ކޮންޑަމް

    13
    2
  3. ޙަރުފަ ދައިތަ

    ކޮންޑަމް ކަމަށް ށައްކު ކުރެވޭ އެއްޗެއް ފެނިއްޖެ

    15
    1
  4. ފުޑްރެޕެއް ކޮންޑަމެއް ވަކި ނުވާ ގޮލައިން