ލ. މާމެންދޫ ގެއެއްގައި ރާނަމުން ދިޔަ ފާރެއް މީހުން ދިރިއުޅެމުން އަންނަ ގެއެއްގެ މައްޗަށް ވެއްޓި ކުޑަކުއްޖަކަށާއި، އިތުރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުުހުން ވިދާޅުވީ، މިއަދު 13:11 ހާއިރު ވެއްޓުނު އެ ފާރަކީ މާމެންދޫގެ ގެއެއްގައި އިމާރަތްކުރަމުންދިޔަ އިމާރާތެއްގެ ފާރެއް ކަމަށާއި، އެ ފާރު ވެއްޓިފައި ވަނީ އެގޭގެ ތެރޭގައި ހުރި އެހެން އިމާރާތެއްގެ ފުރާޅު މައްޗަށް ކަމަށެވެ.

އަދި އެ ފާރު ވެއްޓިފައި ވަނީ، ސިމެންތި ޓިނުން ހަދާފައި ހުރި ފުރާޅެއްގެ މައްޗަށް ކަމުން، އެ ސިމެންތި ޓިނުތައް ފަޅައިގެން ގޮސް ސީލިންގ އާއެކު ކޮޓަރިތެރެއަށް ވެއްޓިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވެފައި ވަނީ އެ ވަގުތު އެ ކޮޓަރީގައި ތިބި ދެ އަހަރުގެ ކުޑަކުއްޖަކަށާއި، 38 އަހަރުގެ ފިރިހެނެއްކަށް ކަމަށެވެ.

"ވެއްޓިފައި ވަނީ ރޭނުމަށްފަހު ނުހިކި ހުރި ފާރެއް، ވައިގަދަވުމުގެ ސަބަބުން، މި ހާދިސާގައި އަނިޔާވި ކުއްޖާ އަށާއި، މީހާއަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވޭ". ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެގޭގައި ވަގުތީ ގޮތުން ދިރިއުޅެވޭނެ ހާލަތަށް އެ ގެ ގެނައުމަށް ގެ ސާފް ކުރުމުގައި އާއި ފުރާޅުގައި ޓިނު ޖެހުމުގައި ފުލުހުން ދަނީ އެހީތެރިވަމުންނެވެ.

ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އހ

    މިހާދިސާގައި ދަރިފުޅު ސަލާމަތްކުރަން ބައްޕަވީޤުރުބާނީގެ ވާހަކަ ނެތުމަކީ ހަބަރު ކިޔާމީހުނަށް ރަނގަޅު މަޢުލޫމާތު ނުލިބޭނެކަމެއް. ފާރުގެ ގާތައް ފުރާޅުފޫގޮސް ސީލިންގ އާއި އެއްކޮށް ވެއްޓުނުވަގުތު ބައްޕަގެ ކުޅަދާނަ ކަމުން ދަރި ގައިދަށުލައިގެން ގާތަކާ، ސީލިންގުން ފޭބިތަކެއްޗަށް ބުރަކަށި ދިއްކޮށްގެން އޮތުމުގެ ސަބަބުން މާތްﷲގެ ރަހުމަތުން ދަރިފުޅަށް އެއްވެސް އަނިޔާއެއްނުވެ ސަލާމަތްވީ، ބައްޕަގެ އެކުޅަދާނަކަން ނުފެނުނުނަމަ އެވަރުކުއްޖަކަށް ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވުމަކީ ނާދިރުކަމެއް.

    10