ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތް ކުރަން ނުޖެހޭ ގޮތް ހަދައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ވަނީ ސަރުކާރުން ކަނޑައަޅައި، ކަލަންޑަރ ކޮށްފައިވާ އާންމު ބަންދު ދުވަސްަތައް (ޕަބްލިކް ހޮލިޑޭސް) އަދި ހުކުރު ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެންމެހާ އިދާރާތަކާއި، ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލުމަށް މިނިސްޓްރީން ނިންމާފައިވާކަމަށެވެ.

އެހެން ނަމަވެސް ގައުމީ މުނާސަބަތެއް ފާހަގަކުރުމަށްޓަކައި އެ އިދާރާއަކަށް ނުވަތަ ވަކި ސްކޫލަކަށް މަސައްކަތެއް މަތިކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުމަށްޓަކައި ބޭނުންވާ މުވައްޒަފުން، މިނިސްޓްރީގެ ހުއްދައާއެކު ނެރުން އިސްތިސްނާވެގެން ވާ ކަމަށް އެ ސާކިއުލާގައި ވެއެވެ.

"ވީމާ މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެންމެހައި އިދާރާތަކާއި، ސްކޫލްތަކުގެ މަސައްކަތްތައް ކުރުމުގައި ސަރުކާރުގެ އެންމެ ބަންދު ދުވަސްތަކާއި އަދި ހުކުރު ދުވަސްތަކުގައި މުވައްޒަފުން މަސައްކަތަށް ނުނުރެ ވާނެ ގޮތަކަށް މަސައްކަތްތައް ރޭވުމަށް ދަންނަވަމެވެ". އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ސޮއިކުރައްވާ ނެރުނު ސާކިއުލާގައި ވެއެވެ.

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އެންގިއިރު، އެކަޑެމިކް ކަލަންޑަރު ރާވާފައިވާ ގޮތުން ބަންދުދުވަސްތަކުގައި ސްކޫލްތަކުގެ ކުޅިވަރު ހަރަކާތްތަކާއި، އިތުރު ހަރަކާތްތައް ކުރިއަށްގެންދެއެވެ.

އަދި ޓީޗަރުން މިގަޑިތަކުގައި ސްކޫލްގައި އުޅެން ޖެހޭތި ޓީޗަރުން ގިނަވަގުތު ސްކޫލްގައި ހޭދަކުރަން ޖެހޭކަމަށް ބުނެ، ޓީޗަރުން ޝަކުވާވެސް ކުރަމުން ދެއެއެވެ. އަދި ޓީޗަރުން ކުރަމުން އަންނަ މަސައްކަތްތަކާއި، ލިބޭ މުސާރަ ކުޑަކަމަށް ބުނެ އެކަމާއިވެސް ގިނަ ޓީޗަރުން ޝަކުވާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. މުދައްރިސު

    ފުރަތަމަ އަންގަންވީ ސްކޫލުގަ އެއްވެސް އިތުރު ޙަރަކާތެއް ނުބާއްވަން. ސަބަބަކީ ރަސްމީ ގަޑީގަ ކިރިޔާ ކުލާސްތަކަށް ގޮސް ފިލާވަޅުތައް ނަގައިދެވޭނީ. ވީމާ އިތުރު އެއްވެސްކަމެއް ކޮށްގެންނުވާނެ ކަމަށް އަންގަންވީ...

    97
    3
    • ×ސަލާމް

      މުދައްރިސުންނޭ! އިންތިޚާބެއް އެބަ ބޯމަތިވާހެން ހީވޭ. ކުރީ ސަރުކާރުގަ އާދަޔާ ޚިލާފަށް ދިވެހި ގައުމަށް ނިސްބަތްވާ ކޮލިފައިޑް ޓީޗަރުން އިންތިހާއަށް އުފެއްދިފައިވާތަން ބަޔަކަށް ފެނިގެން އެންމެފަހުން އެ އުޅެނީ ހަމަ ވޯޓުކޮޅު ލިބޭނެ ގޮތެއް ހެދޭތޯ! ނަމަ ނަމަ ގޯސް ފިޔަވަޅެއް ނާޅާތި! ފަރަންޖީ ކޮންސެޕްޓަކަށް، ފަރަންޖީ މުގައްރަރަކަށް އަޅުގަނޑުމެންގެ ދަރީންނަށް ތިޔަ ޓީޗަރުންނާއި މުދައްރިސުންލައްވާ ކިޔަވައިދޭން ފެށުމަކީވެސް ވަރަށް ގާތުގައި ވާކަމެއް. އިހަކަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ!

      85
      8
  2. ބަލާ

    ވަގުތު މީ ހާދަ މޮޅަށް ހަބަރު ގެނެސްދޭބައެކޭ ދޯ

    14
    41
    • ނުބަލާ

      މޮޅިއްޔާމޮޅު. ޚަބަރުއެއޮތީ އެޑިޔުކޭޝަނުން ބުނިގޮތަށް . އެހެންވީމާ ޚަބަރުގެނެސްދިނުމަށް އެޑިޔުކޭޝަން މާމޮޅުދޯ؟

      3
      1
  3. މިކް

    ހުކުރު ދުވަހު ނުނެރެ ހޮނިހިރު ދުވަހު ނެރެފަ ހެނދުނުން ފެށިގެން ރޭގަނޑު ވަންދެން ޓީޗަރުން ގަނަތެޅުވުން ކަންނޭނގެ ދެން ފެށޭނީ. ސުކޫލުތަކުގެ އެކްސްޓްރާ އެކްޓިވިޓީ ކަންކަމުގައި އުޅެން ސްޕޯޓްސް އާ ގުޅޭ މުވައްޒަފުން ހަޔަރ ކޮށްފަ ބައިތިއްބަން ފެނޭ މުދައްރިސުންގެ ގުދާރު ނުބިންދާ

    88
    1
  4. ޢައިސަތު

    ވަރަށް ރަގަޅު
    އީދު ބަންދުގައިވެސް ބައެއް މުވައްޒަފުން ސަލާމަތްނުވި
    އަދި އިތުރުގަޑި ދިނުން ހަރާން

    66
    1
  5. ޓީޗަރ

    ހޮނިހިރު ދުވަސް ވެސް

    42
    1
  6. އަބޭ

    ދައުލަތުގެ ބަޖެޓު ހުލިވީމަ ވާނެ ގޮތް ތިވަނީ! އިތުގަޑީގަ ދޭނެ ލާރިނެތޭ އިތުރުގަޑީގަ މަސައްކަތް ކުރާނެކަމެއް ނެތޭ ނުބުނަންވެގެން ފޮނުވި ސާކިއުލާއެއްތީ! ދެން ޓީޗަރުންނަށް ޖެހޭނި އެއްވެސް އުޖޫރައެއްތެނި ހަފްތާބަންދުތަކުގަ މަސައްކަތް ކުރަން. ކޮންމެ ގޮތެއްވިޔަސް ކުރަންޖެހޭ ނިންމަންޖެހޭ މަސައްކަތް ހުންނާނެ. ދެން ފެންނާނި ދައުލަތުގެ ހަރަދު ކުޑަކުރަން އިތުރުގަޑީގަ ނެނުރެން. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އިތުރުދަތުރުތައް ނުކުރަން.

    64
    2
    • Anonymous

      100ކައިގެ ވާހަކައެއް. ހާދަހާވާ މަކަރުވެރި ސަރުކާރަކޭ! އިހަކަށްދުވަހު ޕަބްލިކް ވޯކްސްއަށް ނިސްބަތްވާ އެތަކެއް މުވައްޒަފުން ވަކިކުރަމުންވެސް ބުނި މީ ކަލޭމެންނަށް ކުރީ ސަރުކާރުން ހަދާދީފައޮތް އެގްރީމެންޓުގަ އޮތް ގޮތޭ! އެހެންވީމައޭ މިއަދު ކަޑާލަން ޖެހުނީ! ބަލަ ގަމާރުންނޭ، ބަޔަކު އެގްރީމެންޓުތަކެއް އައުކޮށްގެން ގެންގުޅުނީމަތާ 5 އަހަރުވަންދެން އެވެރިން ވަޒީފާތަކުގަ އުޅެވުނީ! ކީއްވެގެންހޭ މި ސަރުކާރުން އެ އެގްރީމެންޓްތައް އައު ނުކުރީ! ދެންވެސް ގޯސްވާނީ ޔާމީން.

      47
  7. ގަނބޭ

    ސުކޫލުތަކުގެ އިތުރުހަރަކާތްތައް ރަސްމީ ގަޑީތެރޭގައި ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ސުކޫލުތަކުގެ ވެރިންނަށް އަންގަބަލަ. އިތުރު ހަރަކާތްތަކަށް ދަރިވަރުން ތައްޔާރު ކުރުމަށްވެސް ރަސްމީ ސެޝަނުގެ ބައެއްހަމަ ޖައްސަބަލަ. ދުވާލުދާ ހަތަރުދަމު ޓީޗަރުން މަސައްކަތުގަ ތަޅުވާލަން އުޅެހެން ހީވަނީ. ދެން ފޮނުވާ ސާކިއުލާގަ އޮންނާނި ޓީޗަރުންގެ މަސައްކަތުގެ ވަގުތު 8 ގަޑީއިރަށް އިތުރުކުރިވާހަކަހެން.

    47
    1
  8. ާއައިންތު

    ޓިޔަ ލިޔުން އޮންނާނީ ނަމެއްގަ. ޓިޔަ ހުރިހާ ބަންދުގާ ވެސް ނެރޭނެ.. ޓީޗަރުންނައް ބިރު ދައްކައި ނުފޫޒު ފޯރުވައިގެން ޕްރިންސިޕަލުން ޓީޗަރުން ނެރޭނެ.

    50
    • އައިންތޫ

      ތިޔަ ބުނާ ގޮތައް ބަންދު ދުވަސް ތަކު ޓީޗަރުން ނެރެގެން ޕްރިންސިޕަލް ގޭގައި ކުރަން ހުރި މަސައްކަތައް ކުރުވަންޏާ ކަޑަ

      26
      3
    • ނަމޫނާ

      ވެދާނެ ތިޔަހެން ކަމަށްވެސް...އަޅުގަނޑަށްް ދިމާވި ކަމެއް ހިއްސާކޮށްލާނަން..ޗުއްޓީ އެއްގައި ރާއްޖެތެރޭ ރަށަކަށް ދިޔައިރު މިފެންނަ މަންޒަރަކީ ވީކް އެނޑްގައި ސްކޫލްގެ ޕްރިންސިޕަލް ސްކޫލްގައި މަރާމާތު މަސައްކަތް ތަކެއްގައި އިތުރު ދެ މީހަކާއި އެކު އަވަދިި ނެތިއުޅޭތަން..ކުޑަކޮށް މި ވާނުވާ ބަލާލިއިރު ޕްރިންސިޕަލްއާއި ދެންމެ މިބުނި ދެ މީހުން ސްކޫލްގައި އެގޮތަށް ކުރަން ހުރި މަސައްކަތްތައް ވީކްއެންޑް ތަކުގައި ނިކުމެ ކުރުމަކީ އެމީހުންނަށް ލިބޭ އުފަލަކަށްވަނީ..އިތުރަށް މައުލޫމާތު ހޯދާލިއިރު މި މީހުން އިތުރުގަޑިވެސް ނުޖައްސާކަމަށްބުނި..

      21
      3
  9. މަޔާ ހކ މިނިސްޓަރު

    މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު މިއީ ހަމަަ ރަންގަނޑެއް..މީޑިއާ ތަކަށް އަރައި މިފަދަ ސްޓަންޓް ޖައްސަންވެސް ހަމަ މަރެއް..ސްކޫލް ތަކުގައިި ކިޔަވަދޭން ޓީޗަރުން ނެތަސް ހަމަ ދޭތެރެއަކުން މިކަހަލަ ސްޓަންޓެއް ޖައްސާލާނެ..މިއަހަރު ދެވަނަ ސެމެސްޓާރ ފެށިގެން މިހާތަނަށް ދިޔައިރުވެސް ޓީޗަރުން ހަމަ ނުވޭ..ވިހައިގެން 6މަސް ޗުއްޓީ ނެެގީީމާާ ދެން އެވީ ޕައްލައްބޭއަށް ގޮވަން ގަޑިނަގަން..އެހަމަސް ދުވަހު ކުދިންގެ ކިޔެވުން ހަލާކުވުން ނޫން ކަމެއްނެތް...މާދަމާ އަންނާނެ ކަންނޭގޭ ނާސްތާގެ އަޕްޑޭޓް..އިންތިޒާރު ކޮށްލައްވާ

    30
    4
  10. ވަރަށް ހިނގާނެ

    އޮހް މައި ސްވީޓް ސަމަރ ޗައިލްޑް...

    6
    2
  11. ހަސަނާ

    އިތުރުގަޑީ ރުފިޔާއެއް ދެވޭކަށްނެތޭ ބުނަން މޮޅުގޮތެއްތީ....
    ރަސްމީގަޑީގަވެސް ނުނިކުންނާށޭ ނުބުނިއްޔަ ރަނގަޅު...

    31
  12. ޕީ އެޗުޑީ

    ވަރައް ނާގާބިލު މިނިސްޓަރެއް...އެޑިއެކޭޝަން ކަހަލަ ވަރުގަދަ ދާއިރާއެއް ހިންގަން ހަމަ 0..ވަރުގަދަ ތަޢުލީމެއް ނެތަސް ހިލްމު ހުރެއްޖެއްޔާ ވެދާނެ..މިސާލަކަށްް މިނިސްޓަރު ނަހުލާ

    32
  13. މަރީ

    އަބަދުވެސް މަގޭހިތަށްއަރަނީ ޓީޗަރުން ނަރުހުން ޑޮކުޓަރުން އަދި މިހާރު މަސްވެރިން ރިސޯޓް ތަކުގެ މުވައްޒިފުން މިހުރިހާ ފަރާތްތަކުގެ މުވައްޒިފުންނަށް މުސާރަބޮޑުނުވެގެން އަދި ބޯހިޔާވަހިކަން ނުދެވިގެން އުޅޭއިރު މިގައުމު ބަޅަހައްޓާ ދަމަހައްޓާ ސިފެން އަދިޕޮޅިސް މިދެފަރާތުގެވާހަކަދައްކާ އެއްވެސް ފަރާތެއްނެތް އަދި މަޖިޅާހެއްވެސް ނެތް މީކިހާދެރަކަމެއްތޯ ؟؟؟؟

    23
    13
  14. ޅޮލް

    މިއުޅެނީ ލާރިދޭންޖެހޭތި ކަންބޮޑުވާޠި އިތުރުގަޑިވެސް ކަނޑާލަން

    13
    1
  15. ދެންއަތްޖަހާ

    ހުކުރުދުވަހުއެކަނި ނުކުންނަންނުޖެހެނީ ހަފުތާގެ އެހެންހުރިހާދުވަހަކު ނިކުންނަންޖެހޭނެޔޯ އޯވަޓައިމް ފިކްސް މާނަޔަކީ އޯވަޓައިމްލާރި ނުލިބޭނޭ ލިބޭނީހަމައެކަނި މަހުމުސާރައޭ......

    12
  16. ހުދު

    މީގަ ވާގޮތަކީ ޕްރިންސިޕަލުންނަކީ އިތުރުގަޑިގަ ސްކޫލް ހުރިތަންވެސް ދަންނަ ބައެއްނޫން. ނަމަވެސް އިތުރުގަޑީގެ ގޮތުގައި ފިކްސްޑް އެލަވަންސެއް މުސާރައިގެ %33 ލިބޭބައެއް. އިތުރު ގަޑި ނުލިބި މަސައްކަތްކުރަނީ މުދައްރިސުން އެކަނި. ހަރަކާތްތައް ރޭވިފަވާގޮތުން ހުކުރު ހޮނިހިރު ނުލިބި ޓީޗަރުން މަސައްކަތްކުރަނީ ޕްރިންސިޕަލުންނަށް އެދެދުވަހާ 6 ގަޑި އިރު ހަމަކޮށްފަ ބާކީއޮންނަ ބަޔާއެކު އޮންނަނީ ކޮލެޖުތަކުގެ ކޭމްޕަސްތަކުގައި ގަޑިނަގައިދޭން. ދިވެހިރާއްޖެ މިއޮތީ ވިލާގަނޑެއްގެ މަތީގަތޯއްޗެ

    15
    2
    • ހުދުކަޅު

      ހަަމަ އެކަނި މާލޭ ސްކޫލްތަކުގައި އުޅޭ މަދު ޕްރިންސިޕަލުން ތިޔަހެން ހެއްދެވިއަސް ރަނގަޅު ގިނަ ޕްރިންސިޕަލުންވެސް އެބަތިބި..މަދު ބަޔަކު ކުރާ ކަމެއް އެންމެންގެ ބޮލުގައިނާޅުވަމާ

      7
      3
  17. އިންސާފް

    އާސަންދަވެސް އެއްބައި ހުއްޓާލަންމިހާރުއުޅޭހެންހީވަނީ. އަހަރެން ޤަވާއިދުންކާބޭހެއް ރާއްޖެއިންނުލިބޭތީ ކުރިންސަރުކާރުން ގެނެސްދޭ އެކަމުމިހާރުބުނެފި އަމިއްލައަށްގެނެސް ލާރިހޯދަން ސަލާންޖަހާފަސިޓީއެއްފޮނުވާށޯ އެއިރުންއެމީހުން ހިތައްއެރި ދުވަހަކުން އަދިފެންނަވަރެއްދޭނަމޯ. މީތޯ ހެޔޮވެރިކަން. ބަލަ ރައްޔިތުން ޓެކުސްދައްކަނީ ޓެކުސްފައިސާއިން ރައްޔިތުންނަށް ޚަރަދުކުރަން. ރައީސްގެދެކަނބަލުންނާ ފޮރިންމިނިސްޓަރު ހަމައެކަނި ބޭރުދަތުރުކުރާކަށްނޫން

  18. ފާތީ

    ޓީޗަރުން ދެންއަތްޖަހާ މުސާރަ ބޮޑުވީ ލިބޭއެތިކޮޅު ކަޑާލަނީ ދެންއަތްޖަހަ ދެންލޮލޮ

    12
  19. ޕުޙް

    ސަރުކާރުަގެ ބަޖެޓް ދަވާލީމާ ދެންވާނީ މިހެން. މިއޮތީ މުސާރަ ބޮޑުވެފާ

    11
  20. ވަރުވާ

    ހުންނާނީ ބޯވާމަސް ކެވިފައި. ހައް ހައް ހާ

  21. ވާނުވާ

    މިނސްތަރީގެ ހިންގުންތެރި ތަޖުރިބާ ހުރި މުއައްޒަފުން އިސްތިއުފާދެނީ ! ސަބަބު ހޯދުމަށް ދިރަސާއަށް ހަދަންޖެހިފައި.
    މިއަހަރުގެ އައްމަސް ފާއިތުނުވަނިށް 9 އިސްވެރިން އިސްތިއުފާދިފި
    އެންމެފުރަތަމަ ފައިނޭން އެގްޒެކްޓިވް، ދެން ޕީއެސް، ދެން ކިޔޫއޭޑިގެ ހެޑް، އެއަށްފަހު އެންއައިއީ ގެ ހެޑް ދެން އެއަށްފަހު ޖީސެކްޝަނުގެ ހެޑް، ދެން ޑިޕީގެ ހެޑް، ދެން އެއަށްފަހު އައިޓީގެ ހެޑް، ދެން އެއަށްފަހު އެޑްޔުކެޝަނުގެ ލޯޔަރު، އެންމެފަހުން ޕްލޭނިންގ ސެކްޝަނުގެ ހެޑް