މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ސުޕަ ކޮމިޓީއެއް ހަދަން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން މިއަދު ދެކޮޅު ހަދައިފިއެވެ.

މަޖިލިހުގެ ގަވައިދަށް ނަޝީދު ގެންނަން ބޭނުންފުޅުވާ އިސްލާހުގައިވާ ގޮތުން މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމާއި، އެކިއެކި މަގާމުތަކަށް ބޭފުޅުން ކަނޑައަޅައި ވަކި ކުރާނީ ސުޕަ ކޮމިޓީއަކުންނެވެ.

މި އިސްލާހަކީ މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަކީ އެންމެ ކޮމިޓީއަކުން ކުރާ ވަރަށް ވުރެ ފުޅާ ދާއިރާއެއްގައި ވިސްނައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ޝާމިލްވުން އޮންނަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ ހުށަހެޅުއްވި އިސްލާހެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސުޕަ ކޮމިޓީ ހަދަން ރައީސް ނަޝީދު ހުށަހަޅުއްވަމުން ވިދާޅުވީ، މިހާރު ހުރި ދާއިމީ ކޮމިޓީތަކަކީ އޯވަސައިޓް ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީތަކެއް ކަމަށާއި، އެހެން ކަމުން ހަރުދަނާ އުސޫލަކުން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކޮށް ވަކިކުރަން އެކަމަކަށް ހާއްސަވެފައިވާ ކޮމިޓީއެއް އޮތުން މުހިންމު ކަމަށެވެ.

ސުޕަ ކޮމިޓީގައި ހިމެނެނީ މަޖިލިހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންނާއި، މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ. އިސްލާހުގައިވާ ގޮތުން ކޮމިޓީ ޗެއާ ކުރައްވާނީ ވެސް ނަޝީދެވެ.

މިއަދު އެމްޑީޕީގެ ޕީޖީއިން ބޭއްވި ބައްދަލުވުމުގައި ސުޕާ ކޮމިޓީ ހެދުމަށް މަޝްވަރާ ކުރުމަށް ފަހު، ވޯޓަށް އެހުމުން އެކޮމިޓީ ހެދުމަށް ނުފެންނަ ކަމަށް ގިނަ މެންބަރުން ވޯޓު ދެއްވިކަން އެނގިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. މަގޭ ޚިޔާލު

  މިހާރު ކެނެރީގޭ ނަސީދު އެއުޅެނީ ޔާމީނު ސަރުކާރުގައި ފަނިއެޅުވި ގޮތަށް އިބޫ ސަރުކާރުގައި ފަނިއެޅުވޭނެ ގޮތެއް އޮތްތޯ ބަލަން. އެމްޑީޕީ މެމްބަރުން ދެކޮޅުހަދަން ޖެހޭނީ ހަމައެކަނި ސުޕަރ ކޮމެޓީއަކާއެއްނޫން. އެމްޑީޕީ މެމްބަރުން އެބަޖެހޭ ކެނެރީގޭ ނަސީދުއާ ވެސް ދެކޮޅުހަދަން. އެމްޑީޕީ މެމްބަރުން ރައްޔިތުންނަށް ކަމެއް ކޮއްދޭން ބޭނުންނަމަ އެމެމްބަރުންގެ ޚިޔާލާއި ފިކުރު އެބަޖެހޭ ކެނެރީގޭ ނަސީދުގެ ލާދީނީ ވަކިތަކުން ސަލާމަތްކުރަން.

  118
  2
  • ބޮޑުވަޒީރު

   ބޮޑު ވަޒީރު ހެދިގެން މަޖިލީހުން ޤައުމު ހިންގާ ހުކުމްތައްނެރެ މީހުން ހާޒިރުކޮށް ތަހުޤީޤުކޮށް ކުރާނެ ކަމެއް ނެތިގެން އުޅުއްވީ.. ރައްޔިތުން ޤައުމުގެ ވަލީ ހަވާލުކުރި ވަލީއުލް އަމްރުގެ ބާރު ކަނޑުވާލަން ނަޝީދު ކުރި މަސައްކަތް ފެއިލްވާން ފަށައިފި ކަމުގެ ކޮޅުމަތި ތިޔަ ފެނުނީ.. ތިޔައީ ހެޔޮފާލެއް.. ތިކަމާ ހުރެ ރައީސް އިބޫއަށް ޤައުމު ހިންގޭ ގޮތެއް ނުވޭ

 2. ހުސޭނުބޭ

  ފަނޑިޔާރުގެ މިނިވަންކޮށް އިންސާފު ހޯދައިދޭން ނިކުތް މީހާ ބާރެއް ލިބުމުން މިވީ ފައްކާ ފިރުޢައުނަކަށް! އަދި ކަމެއް ހޯދަންގެހޭ ވަގުތު ތިކަލޭގެ ފައިބުޑަށް ސަޖިދަޖަހާފޮތްވެސް ހަދާނެ!

  88
 3. ގާނޫން

  އިންފޮމޭޝަން ކޮމިޝަރުގެ މަގާމަށް މީހަކު އައްޔަނު ނުކޮށް އޮނަތާ މިއަދަށް 35 ދުވަސް ވެއްޖެ އަޅެ ފަހެ ބާރަށް ހިނގާ ސަރުކާރެއްނޫންތަ މިއީ ... އެ އޮފީހަށް ހުށަހަޅާ މައްސަތަކަށް ގޮތް ކަނޑަ އެޅުމުގެ ބާރު އޮންނަނީ ކޮމިޝަނަރަށް ... ރައްޔިތުންގެ ހައްގު ނިގުޅޭ އިރު ސަރުކާރު ނިދާފަ މަޖިލިސް ނިދާފަ... މަނިޓަރީގެ ގަވަރު ނަރު ވެސް ކަނޑައެއް ނޭޅޭ މިވެރިންނަށް މެޖޯރެޓީ ދިނުމުން ރައްޔިތުންނަށް ވީ ފައިދާ އަކީ ކޮބާ ... މިހާރު އެއުޅޭނީ ޒުވާނުން ބަންދު ދުވަހު މަސް ހިފާލާ ޕިކްނިކް ދިއުންވެސް ހުއްޓުވަން... ބަލަ ގާނޫނީ ހުސްކަމޭ ގޮވި އަނގަތައް ކޮބައިތަ ...

  70
  • ސްލޯލިހު

   ސްޕީޑް ބާރުކަމުން ލޮލަށް ނުފެންނަނީއޭ.

   • Anonymous

    ލޮލް

    2
    1
 4. ކަހަނބު ވިތްޓޯ ޓޯ

  '؛ސިންގަަާ ގެހިތްރޮނިިިީއެެޭ ދަރުބަާރު ފެނިހިތަަަާމައިން ،ސިންގަާ ސަނާ ހިތަަަާފައި ވޭނީ ކަރުނައަޅާފައި '. 'ރޯނެ ކަމެއްނެއް ނުވިސްނިީމަ ވިީގޮތް. ވެރިކަންލިބުނިިީމަ ހިތުގެ ގުޅުމަކަސް ދުލެއް ނުދެވޭނެ

  41
 5. މިއަދު

  ނަޝީތިހުށައެޅުއެއްވި ސްޕަރކޮމެޓީގެ އިސްލާހްގައިވާގޮތުން އަދާލަތުޕާޓީގެ ރައިސް އިމްރާނާއި އެމްއާރ އެމްއިން ރައިސް މައުމޫންވެސް އެކޮމެޓީގައި ހިމެނޭނެދޯ އައްޗި ބޯސް އިސްލާހް ކަޑަ

  40
  2
  • ހޭދެބައި

   ބުރޯ ޕާލަމެންޓްރީ ގުރޫޕު ލީޑަރުންނޭ އެއޮތީ ބުނަން އުޅެފަ ޕާޓީތަކުގެ ލީޑަރުންނެއް ނޫން.. އިމުރާނާ މައުމޫނު އެއީ މަޖިލީހުގެ މެންބަރުންތަ؟ ވާނުވާ ބަލާފަ ކޮމެންޓުކޮށްބަލަ ހޭދެބައިވިޔަސް ފުކެއް ބޮޑުވަރު

 6. ހަމިއްޓޭ

  ތިޔަ ކޮމެޓީގައި ނަޝީދު އެކަނި އިނަސް، ހަމަ ކޮންމެ ނަމެއްވެސް ފާސްކުރަން ގެންނަނީ އެންމެ ފަހުން މަޖިލީހުގެ ތަޅުމަށް. އެހެންވީމާ ކޮމެޓީ ހެދިޔަސް ނުހެދިޔަސް ގޮތް ނިންމާނީ މުޅި މަޖިލީހުން.

  44
 7. އައިމަނު

  ކެނެރީގެ ޒިންޒިމަކުނަށް ރަގަޅު ފިލާވަޅެއް ދީފިއެއްނު؟ ވެރިކަން ބޭނުންވެގެން ޖަހާ ރޮކެޓު! އިބޫ ވެސް މާ ސޯލިހުކަމަށް ހެދިގެން އެމްއެމްޕީއާރުސީގެ ފައިސާ ނަގައިގެން ޒީރޯޓޮލަރެންސްވެފަ ސެލްފީ ނެގުމުގަ!

  17
 8. ޙޭބައްޑާ

  ޜައީސް މީހާއަށް އަދުން ކުޢީން ޑޮނާޑް އެއް ނޭގުނީތީ ހިތާމަ ކުރަން ލަސްނުކޮށް ޓޭކް އޯވަރ ކުރޭ ރައިސް

  10
  1
 9. ޖާން

  ޔާމީނާ ދެކޮޅަށް ތެދުވަން ނުކެރޭނެ.
  ތެދުވެއްޖެނަމަ، ޖަލަށްލާނެވިއްޔާ.
  ނަށީދު ކުރިމަތީ، ހައްގުބަސް ބުނެވޭނެކަން މިއިން އެނގެނީ.

  4
  19
 10. ސަންޕޯބަނާނާ

  ޥަޒީފާއަކައް ކުރިމަތިލާނަމަ ސަރުކާރުންވެސް އަދި ކުންފުނި ތަކުންވެސް ވަޒީފާގެ ޝަރުތު ހަމަވަނީ އެއްމެމަތީ ތައުލީމީ ސެޓްފިކެޓް ޢަދި އެދާއިރާއެއްގަ މަދުވެގެން 10 އަހަރު ނޫނީ 5 އަހަރުގެ ތަޖުރިބާޔާއެކް ހުށެއެޅުމުން ނަވެސް ކުރިމަތިލާ ބޭފުޅުންގެ އެފެންވަރު ބަލަން ތިބޭނީ ހަމަ އެފެންވަރުގެ ތައުލީމީ ތަޖުރީބާލިބިފަ ތިބިމީހުންތޯ ސުވާލު އުފައްދާނެ އެފަރާއްތަކުން މިސާލަކައް ޑޮކްޓަރުން ވަކީލުން އޮޑިޓް ކުރާމީހުން އިންޖިނިއަރުން އެދާއިރާތަކުން ވަރައްމޮޅު ތަޖުރިބާވެސް ރަނަގަޅު ނަމަވެސް ނަމުގެ ކުރިއައް ސިޔާސީ ބޮޑެތި ޕާޓިތަކުގެ ނަންނުލާނަމަ ޕީއެޗްޑީއޮތަސްނުވޭ އެވަރުން މީސީޔާސީ ހަގީގަތަކީ އަދި ކުލައަކީވެސް.

 11. ސްޓޯނަރ

  ޕީޖީ އުފެދުނު އިރުވެސް ނަޝީދާއި ދެކޮޅަށް އޮތީ.. ނަޝީދު ބަޤާވާތް ކުރާނެކަމީ ދުވާލު އިރު ފެންނަފަދައިން ޔަޤީންވާ ކަމެއް! ޝުކުރިއްޔާ.

  11
  2
 12. ސަންމާން

  އެރުން މަޖިލީހުގެ އެތެރެ ސެންޓުރެލައިޒްވާނީ.. އޭރުން އެއް ތެއްޔެއްގައި ބޭނުން ބޮނޑިބަތެއް ކެއްކޭނެ. އެއީ މަޖިލީހުގެ ބާރުތައް މިކުސްކޮއްލައިގެން ސަރުކާރު ބަލިކަށިކޮއްލުމުގެ ނިޔަތުގައި ބޮޑުވަޒީރުކަން ކުރަން އުޅޭމީހެއްގެ ރޭވުމެއް. ކެކެކެ..

 13. ކީއްކުރާނީ

  ގަރާރުތައް ހުށައަޅައަޅާ މަޖްލިސް ދައުރު ނިންމާލާ ބަޔަކަށް އިގޭނެކަމެއް ނޯންނާނެ. ބޭކާރު ވާހަކަ ނުދައްކާ ރައްޔިތުންނަށް ކަމެއްކޮއްދީބަލަ!