ހދ. ނެއްލައިދޫ ކައުންސިލް ކަޕް ހޫނުވެ، ބޮޑު މާރާމާރީއެއް ހިނގައިފިއެވެ.

މެޗުގައި ހަމަ ނުޖެހުން ހިނގާފައި ވަނީ ދެވަނަ ހާފްގައެވެ. މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބަކީ 1-1އިން އެއްވަރުވެފައި އޮއްވާ، ޖެހި ގޯލެއްގެ ސަބަބުންނެވެ. އެ ގޯލް ޖެހިއިރު، ލައިންސްމަން ދިދަ ނަގައިގެން ހުރި ނަމަވެސް، ރެފްރީ ނިންމީ ގޯލެއް ކަމަށެވެ.

އެހިސާބުން މެޗު ހޫނުވެ، ރެފްރީއަށް މެޗު ކޮންޓްރޯލްވެސް ގެއްލުނެވެ. އަދި އެތައް އިރަކު ހަމަނުޖެހުން ހިނގުމަށްފަހު ރެފްރީ އަލުން ފެށިއެވެ. އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ގަޔަށް އަތްލާ، ކުޅިވަރުގެ ރޫހާ ހިލާފަށް ވަރަށް ބޮޑަށް މެޗު ފެނުނުއިރު، ދެވަނަ ފަހަރަށް ތަޅައިގަތީވެސް ފައުލަކާ ގުޅިގެންނެވެ.

ނެއްލައިދޫގެ ފުޓްބޯޅަ މެޗެއްގައި ހަމަނުޖެހުން ހިނގިއިރު ދިއްދޫގައި ކުޅުނު ފުޓްބޯޅަ މެޗެއްގައި ވެސް މިދިޔަ ހަފްތާގައި ހަމަނުޖެހުން ހިނގިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދޮންބެ

    ހއ.ދިއްދޫ ކުޅުންތެރިންގެ ކިބައިން ހދ. ނެއްލައިދޫ ކުޅުންތެރިން ހިތްވަރު ލިބިގަތީތަ؟ މިވަރުން ކިހިނެއް ދިވެހި ފުޓުބޯޅަ ކުރިއަރާނީ؟..

    32
    1
    • ދޮންބެދައްތަ

      ދޮންބެއަށް ދިއްދޫ ނޫން ރަށެއްގެ ނަން ނޭނގެނީތަ މި ރާއްޖެއިން؟ މިރާއްޖޭގެ ހުރިހާ އެންމެން ކަންތައް ދަސްކުރަނީ މި ދިއްދޫ މީހުން ކިބައިންވިއްޔަ؟ ދިއްދޫ ނޫން ހުރިހާ ރަށެއްގެ މީހުން ތިބެނީ ރިވެތި އަޚްލާޤްއިން ފެންވަރައިގެން ދޯ؟ ކަލޭމެނަށް މިހާރު ދިއްދުއާއި ނުލާ ނޭވާވެސް ނުލެވޭ ދޯ؟ އުޅޭފާޑެއް..ހުއް

      1
      1
    • ދޮންތަ

      މި ރާއްޖޭގައި ފުޓްބޯޅަ މެޗެއް ހޫނުވެގެން އަލަށް ކުރި ކަމެއްތަ ދިއްދޫ މީހުން އެކުރި އެމީހުންކާރިން ހިތްވަރު ހޯދަން... ބަލަ ހިތްވަރު ހޯދަންޔާ މިރަށުމީހުންކުރާ ރަނގަޅު ކަންތަކުން ހިތްވަރު ހޯދަބަލަ.. ތި އަތޮޅު މާބަނޑު މީހަކު ވިހަން ކުޅުދޫފުއްޓަށް ދިޔާމަ ރަށަށް ނޭރުވީމަ ގެނައީވެސް ހަމަ ތި ބުނާ ދިއްދޫ އަށް. ދިއްދޫ މީހުން ދިޔަ އެމީހުންގެ ހާލު ބަލަންވެސް. ދަތުރުވެރިން ގެންނަ ތަކެތި ބިރެއްނެތި ބުޑުތަށްމަތީ ބަހަށްޓާފައި އުޅޭނިތަނެއްގައި އުޅެފައި އަންނަށް އިރުވެސް އެތަކެތި އެހުންނަށް ތަނެއްގަ ހުންނަނީ ހަމަ ތިބުނާ ދިއްދޫގަ.....

  2. ހޫނު ފެން

    މުބާރަތްތަ ހޫނުވެ އަލިފާން ރޯވަނީ…..

    26
    1
  3. ހޫ

    މިވެސްދެން ބްރޭކިންއަށް އަރުވާވަރު ކަމެއްތަ؟

    18
    6
    • އޭރުން

      އޭރުންދޯ އެހެން މީހުންނައް އިނގޭނީ

    • ހޭ

      ކަލޯ ދިއްދޫ މީހުން ކަމެއްކުރީމަ އެކަނިދޯ ޚަބަރަށް އަރަންޖެހޭނީ..؟ އާން އޭރުންތާދޯ ދަތްޕިލާ ރޮޑަށްދީގެން އިދެނގެން ދިއްދޫ މީހުންނަށް އެއްޗެހި ކިޔޭނީ...

  4. އައިމަނު

    ތެޅުމުގެ މުބާރާތާ ވަޅިޖަހާ ކަތިލުމުގެ މުބާރާތްތައް ތިޔަ ރަށްރަށުގަ ބާއްވަންވީ!

    4
    1
    • ކޮއްކޮ

      ކަލޭ އަންނާނަން ދޯ ބައިވެރިވާން..

  5. ދޯ ބުރާލި އާދަންބެ

    ބަރާ ބަރު! މި ރާއްޖޭގައި ފުޓުބޯޅަ އަށް ވުރެ ރެސްލިންގ މިދަނީ ފޯރި ގަދަވަމުން! ޝުކުރިއްޔާ މަހޭ

    10
    1