ރާއްޖޭގެ ތައުލީމާ ބެހޭ އެންމެ މަތީ ވުޒާރާ، އެޑިއުކޭޝަން މިނިސްޓްރީއަށް ތާރީހުގެ ބޮޑު އޮޅުމެއް އަރައިފިއެވެ.

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގައި މީލާދީ ތާރީހަކަށް ޖަހާފައި ވަނީ 18 އޯގަސްޓް 2009 އެކެވެ. އެހެންކަމުން އެއީ އެޑިއުކޭޝަން މިނިސްޓްރީއަށް އަރާފައިވާ އޮޅުމެއް ކަމަށް ބެލެވެއެވެ. އަދި އެކަމަށް އިއުތިރާފްވެ އެޑިއުކޭޝަނުން ބުނެފައި ވަނީ ސާކިއުލާ އިސްލާހުކޮށް އަލުން ފޮނުވާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ވަނީ ސަރުކާރުން ކަނޑައަޅައި، ކަލަންޑަރ ކޮށްފައިވާ އާންމު ބަންދު ދުވަސްަތައް (ޕަބްލިކް ހޮލިޑޭސް) އަދި ހުކުރު ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެންމެހާ އިދާރާތަކާއި، ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލުމަށް މިނިސްޓްރީން ނިންމާފައިވާކަމަށެވެ.

ދާދިފަހުން ރައީސް އޮފީހަށްވެސް ވަނީ ބޮޑު އޮޅުމެއް އަރާފައެެވެ. އެގޮތުން މާލޭގެ ހުރިހާތަނެއްގައި ވެސް މުޒާހަރާ ކުރެވޭ ގޮތައް ޤާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިކަމަށް ވިދާޅުވެ ރައީސް އޮފީހުން ފުރަތަމަ ހަބަރު ފަތުރާފައިވާއިރު، އެޚަބަރު ފެތުރުނީ އޮޅިގެން ކަމަށް ރައީސް އޮފީހުން ފަހުން ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުން ވިދާޅުވީ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުމުގެ ބިލް އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ނުވާނެ ކަމަށެވެ.

ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމި ނިންމުން ރައީސް އޮފީހުން ބަދަލު ކުރީކަމެއް ނުވަތަ ނޫންކަމެއް ރައީސް އޮފީހުން ވިދާޅެއް ނުވެއެވެ.

އަދި ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކުންވެސް އޮޅިގެން މެންޑޭޓް އާއި ގުޅުން ނެތް ޓްވީޓްތަކާއި ސިޔާސީ ޓްވީޓްތައް ކުރުން ވަނީ އާއްމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ކަހަނބު ވިތްޓޯ ޓޯ

    ހުރިހަާ ކަމެއްވެސް ދޮންކަނބުލޯ އޮޅެނީތަ. އަހަން ގަާތުގައިވެސް އަހާލިނަ މަ.

    47
  2. ގައުމުގެ ދޫ

    ހާދަ ޗާލު މިނިސްޓަރެކޭ ދޯ މީ އެޑިއުކޭޝަން މިނިސްޓަރ.

    14
    26
    • ޑަރޭ

      ތީ ބޯވައެއް...

      7
      2
    • ޙަނާން

      މިހާރު ތި ޒާތީ ވަނީ

  3. ނޫސްކިޔާމީހާ

    މީހަމަ އިތުރު ގަޑި ނުދޭންވެގެން ރާވާލި މޮޅު ރޭވުމެއް

    51
    1
    • ފތނ

      މިމީހުނަށް ހެޔޮއެއްގޮތެއްވެސް ނެތް. ބަންދު ދުވަހު ސްކޫލަށް ދާންޖެހޭތީ ބުނާނެ އާއިލާއާއެކު ވަގުތު ހޭދަނުކުރެވެޔޭ. އެކަން ހައްލުކުރުމަށް ބަންދު ދުވަސް ބަންދުގެ ގޮތުގައި ދިނީމަވެސް ކަމަކުނުދިޔަ. ހައިރާނެއްނުވާނެތަ!

      8
      8
      • އފތނ

        ދެން ބަންދުދުވަހު ސްކޫލަށް ނުދިޔައީމަ އެދުވަހުގެ މަސައްކަތް ކަލޭނިންމައިދެނީތަ. ސަރުކާރާހެދި ހޭބަލިވިޔަސް ތީ ބޮޑުވަރު

        3
        1
  4. އެޑްވަޑް ބާމުންޑޭ.

    ތި ސާރކިއުލާރ ތިލިޔެވުނީ 2009ގެ ސާރކިއުލާރ އެއްގަ، ލިޔުނުކުއްޖާޔަށް ތާރީޚް ބަދަލު ނުކުރެވުނީ.

    36
    2
  5. ކާނަލް ގޮނޑޭ.

    ތިހެން ތިވީ 2009ގެ ސަރކިއުލާރ އެއް ކަޓް އެންޑް ޕޭސްޓް ހަދާލީމަ.

    32
  6. ފަހުމޭ

    ހުކުރު އަދި ހޮނިހިރުގަ ސްކޫލްތަކުގައި އެއްވެސް ޙަރަކާތެއް ނުހިންގޭނެކަމަށް ، ތިޔަ ސަރކިއުލަރއަށްވުރެ މާހަރުކަށި ޢިބާރާތުންކަނޑައަޅައި މާކުރީގައިވެސް އެބަހުރި ސަރކިއުލަރތައް ނެރެފައި. އެއިން އެއްވެސް ސަރކިއުލަރއެއް އުވާލިކަމަކަށް ދުވަހަކުވެސް އަންގާފައެއްނެތް. އެކަމަކުވެސް ސްކޫލްތަކުގައި އުޅުއްވާ ނާގާބިލް ޕްރިންސިޕަލުންނާ ޕީޓީއޭ ތަކުގައި އުޅޭ ނުފޫޒުގަދަ ބެލެނިވެރިންގެ ކުޅިމަޖާގެ ސަބަބުން އެކަމަށް ހުއްޓުމެއްނާންނަނީ

    11
    1
  7. ރާބެ

    މީނަ ކޮންދުވަހަކުންބާ ޢައުރަ ނިވާކުރާނީ

    35
    2
  8. ސޯ

    އަބަދުވެސް

    21
    1
  9. ދޮންކަލޯ

    ތީދެރަކަމެއް

    18
  10. ޢަލީ

    އެހެންވާނެ ވާނުވާނޭނގޭ ސަރުކާރެއްވީމަ، މިހާރު އެމީހުންވީ ވައުދުތައްވެސް ވީއެއްނުވީއެއް ނޭނގޭ، ހަނދާންހުރި އެކަކުވެސް ނެތް.

    11
  11. އައްޓަމަސް

    ކުށެއް މީހަކަށް ކުރެވޭއިރަށް ދަމަންތިފަށަނީ އަޅެ ވިސްނާލަބަލަ ތިމާއަކީ އެއްވެސް ކަމެއްގައި ކުށެއް ނުޖެހޭމީހެއްތޯ؟

    8
    2
    • ރަށުފާނަ

      ކުށެއްޖެހުނީމާ ދަމަނީކީނޫން . ކުށެއްޖެހުނީމާ އެކުށް ޖެހުނުކަން އެފަރާތަށް އަންގަނީ. އެންގުމުން އެކަން ރަނަގަޅު ކުރަނީ. އެލިޔުނުތަނުން އޭތިދޫކޮށްލުމަށްފަހު ދެންނުބަލާނެ. އޭގައި ލިޔެވުނީ ކޮންއެއްޗެއްތޯވެސް. އެބަލާބަޔަކު ކުށެއްއޮތިއްޔާ އެވާހަކަދައްކާނެ. އައްޓަމަހަކަށް މިކަހަލަކަންތަކެއް ނޭގޭނެ. އައްޓަމަސް އުޅޭނީމޫދުގައި އަބަދުވެސް ކޮންމެސް މަހެއްގާ ތަތްވެގެން.

  12. އުދާސް

    މިސަރުކަަރު އައީވެސް އޮޅުވާލައިގެން ދެން އަބަދުވެސް އޮޅޭނެ. ކައްޗަށް އެޅި ބިންގަލެއް ކެއްޗާހަމައަށް ދިޔަޔަސް އިމާރާތް ދާނީ ކައްޗަށް. ފެށުނ ނުބައިވީމާ ނިމުނވެސްވާނިި ނުބައި

    10
    1
  13. ތަހުތު

    އޭ ޖަޒީރާކުދީންތިބޭނީއެގޮތައް ދިވެހި ތާރީހުރަގަޅައްބަލާއޭރުންއިގޭނެ މިނިސްޓަރ އެއިނީރަގަޅައްކަން

    4
    2
  14. ބައިބަލާ

    އޮޅުމަކުން ވެސް އަހަރެންގެ ފޫޓަށް ނާރައްޗޭ އޭރުން އޮޅުންއަރުވާލެވިދާނެ.

    3
    1
  15. މުޖައްރިބު

    ކިތަންމެ މޮޅަށް ކިޔަވައިދޭން އެނގުނަކަސް ހިންގުންތެރިކަން ނުހުރެދާނެ..

  16. ރައްޔިތުމީހާ

    ރީތިކޮށް ބުނާނަމަ ހަދަނީ ހުސްދޮގު. ރަހަ ސަކަރާތްވެފައި ހުންނަ ތަކެތި. ބަލިނުވާތީ ޑަސްބިނަށް އަޅާވަރު ގިނައީ. ކުދިންނަށް އެތަކެތި ކާންދެނީ ގަދަކަމުން. ޓީޗަރުންގެ ބާރުން. ވަކިބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކުރާކަމެއް. އެކަންވޭ

  17. ސެންޓަރު

    * ކަކުނި ފޮށިގަނޑު ބަދަލް ކުރާހެން ދެއިރު އިރަކު ވާހަކަ ބަދަލް ކުރާން ރަނގަޅު ވާނެ!
    * ސުކޫލް ތަކުގަ ކޮންމެ ކަމެއްވެސް ހިނގާނީ ނުފޫޒު ގަދަ މީހުންގެ ބާރުގަ!
    * ސުކޫލް މަސައްކަތު މީހާ ވެސް އެތަނުގެ އިދާރީ މޭޒެއް ދޫކޮއްފަ ހުންނާނެ އެއީތަ އެބުނާ ޒިއްމާދާރު ކަމަކީ!
    * ސުކޫލްގެ ހުރިހާސިއްރެއްވެސް މަސައްކަތު މީހުންނަށް އެނގޭނެ!
    * ދެން އޮތީ ޕޓއ އަކީ އެޖަމާއަތް އައިއެސް އަށް ވުރެންވެސް ބާރު ގަދަ ކޮއްދެއްވާފަވާ ސުކޫލް ތަކުގަވަނީ ދެރަމީހާ މަރާކަން ވެސް ފަހެއް ނުޖެހޭހިސާބުގެ!
    * ކޮރޮޕްޝަން އެއްކަމެއްވެސް ރަނގަޅު ނުވާނެ ހާލިހަދާބިސްއަޅާފަ އޮތީ!

  18. ޠޮޮލަރ

    ޓީޗަރުން
    އަމިއްލައަށް
    ބަންދު
    ދުވަސްތަކުގައި
    މަސައްކަތައް
    ނިކުންނަނީ...އެކަމަކު
    ކުދިންގެ
    ޙައްޤުތައް
    ފުރިހަމަައަށް
    ނުކޮއްދޭ

    3
    6
  19. ާއަލިބެ

    ދެން އޯޓީ ކޮޅަށް ކިހިނެއްބާ ހަދާނީ! ޗަރުކޭސް ބާބާ