ޙައްޖާޖިންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް އައިޖީއެމްއެޗުގައި ހަމަޖައްސައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ، އެ ހޮސްޕިޓަލުގައި ހައްޖާޖީން ފަސޭހަކަމާއެކު ޑޮކްޓަރަށް ދައްކާލުމުގެ ފުރުސަތު އައިޖީއެމްއެޗްގައި ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ހައްޖު އޯޕީޑީގެ ނަމުގައި ކްލިނިކެއް ވަނީ ހައްޖާޖީންނަށް ހާއްސަކޮށް ހުޅުވައިފައެވެ.

އަދި މި އިންތިޒާމުގެ ދަށުން ހުޅުވާފައިވާ ކްލިނިކް ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރު 2:00 އިން ރޭގަނޑު 10:00 ޖެހުމާއި ހަމައަށް ހުޅުވާފައި ހުންނާނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ، ހައްޖު އޯޕީޑީން އެއްވެސް އެޕޮއިންޓްމަންޓަކާ ނުލައި ހައްޖާޖީންނަށް ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ.

ހައްޖުވެރިން ހައްޖުން އަންނަތާ 14 ދުވަސް ތެރޭ ހުންއައިސް، ކެއްސާ، ނޭވާލާން އުނދަގުވެ އެހެން އިތުރު ބަލިމަޑުކަމެއްގެ އަލާމާތެއް ފެންނަނަމަ ލަސްނުކުރައްވާ ޑޮކްޓަރަކަށް ދެއްކެވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޑޮކްޓަރަށް ދައްކަވާއިރު އެބޭފުޅަކީ ހައްޖުން ނުވަތަ އުމުރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދިނުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ހައްޖާޖީން އިއްޔެ އިން ފެށިގެން މާލެ އަންނަން ވަނީ ފަށާފައެވެ. ރާއްޖެއިން މިއަހަރު 2000 މީހުން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަބޭ2019

    ދަރުމަވަންތަހޮސްޕިޓަލުގަ އައިޖީއެމްގެދިދަނަގާފަ މިހުންނަނީ ކީއްވެތޯ؟ ދަރުމަވަންތަހޮސްޕިޓަލަށް ދިދައެއްފަރުމާކޮށްލެވޭވަރުގެ ބޭފުޅަކުމިސަރުކާރުގަ ނެތީތޯ ނޫނީ އައިޖީއެމްއެޗުގެނަމަށް ދަރުމަވަންތަ ހޮސްޕިޓަލުގެނަންބަދަލުކުރަން(ބަޔަކުހިތްރުއްސަން) ބޭނުންވަނީތޯ؟

  2. އަހްމަދު

    އަޅުގަނޑު ދާނީ ސެނަހިޔަ ހޮސްޕިޓަލަށް.... އެއީ ގެއާއި ކައިރިވެފައި ފަސޭހަވީމަ