ބިދޭސީ އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މަޖީދީ މަގު ލަގްޒަރީ ކައިރީގައި މިރޭ މި ހާދިސާ ހިނގިއިރު، މަންޒަރު ދުށް މީހަކު ބުނީ، ބިދޭސީއެއްގެ އަތުން ފޭރިގެންފައި ވަނީ 10000 ރުފިޔާ ކަމަށެވެ. އަދި އޭނާގެ އަތުން އެ ފައިސާތައް ފޭރުނު މީހާ ހިފަހައްޓާފައި ވަނީ އާއްމުންގެ ބަޔަކު ކަމަށާއި، ފަހުން އޭނާ ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބިދޭސީ އަންހެނެއްގެ އަތުން ފައިސާތަކެއް ފޭރުނު 18 އަހަރުގެ ފިރިހެނަކު މިރޭ 19:26 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގައިވާކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މަޖިދީ މަގު ލަގްޒަރީ ފިހާރަ ކައިރިން އެވަގުތު އެ ސަަރަހައްދުގައި ހުރި އޮފް ޑިއުޓީ ފުލުހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ފޭރުނު ފައިސާ، ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖ

  ކޮންތަހުގީގެއް ދޫކޮއްލާ ތިނުންވަރެއްނުވެއެއްނޫން ދެންވެސް ތިމީހަކު ފެންނާނީ އެހެންމީހެއްގެ އަތުންފޭރޭތަން މިއޮތީވާ ސަރުކާރެއް

 2. ތޯތޯ

  ކިހާދެރަ ކަމެއް މިއޮތީ ލީގަނެފަ ތިކަހަލަ މީހުން އިބަދު ބަންދުގަ ބަހައް ޓަން ޖެހޭނީ

 3. ޢަދުރޭ

  މީގެން ވަރަށް މުހިއްމު ނުކުތާއެއް ފާހަގަ ވެއްޖެ . މިގޮތަށް ނުބައި ކަންކަން ހުއްޓުވާ ރަނގަޅު ކަންކަން ކުރަން އެހީތެރިވާ މީހުން ފާހަގަކޮށް ޢިނާމް ދިނުމާ މިކަހަލަ މީހުންނަށް ޢާއްމުންގެ މަޤްބޫލްކަން ލިބިފަވާކަން އަންގައިދޭ ޕޮއިންޓް ސިސްޓަމެއް އުފައްދާ ކާޑެއް ދިނުން މީ ކުރަން ވެއްޖެ ކަމެއް. މި ކާޑަށް ކޮންމެ ފަހަރަކު ޕޮއިންޓް އިތުރުވާ ގޮތަށް . މި ކާޑުދެއްކުމުން ފިހާރަތަކުން ޑިސްކައުންޓްލިބުމާ ބައެއްކަހަލަ ކިޔުތަކުގައި މަޑުނުކުރަން ނުޖެހޭގޮތަށް ހެދިދާނެ . ސަރުކާރުން މިކަން ނުކުރަންޏާ ޢާއްމު ޖަމްޢިއްޔާ އަކުންވެސް މިކަން ކުރަންވީ . އަސްލު ކީރިތި ޤުރްއާނުގައި އަންގަވާފައި އޮންނަ ޕްރިންސިޕްލް
  (وامروا بالمعروف وانهي عن المنكر ) ނުބައިކަންކަން ހުއްޓުވާ ރަނގަޅުކަންކަމަށް ހިތްވަރު ދިނުމަކީ މީ. . ޝޭޚުންނަށް މިކަން އޮންނަނީ އޮޅިފަ . މާތް ރަސޫލާގެ ދަރިފަސްކޮޅު ހާޝިމީ ދަރިފަސްކޮޅުގެ ބޭކަލުންނަކީ މައްކާގައި މާތް ރަސޫލާ އުފަންވެ ވަޑައިގަތުމުގެ ކުރިންވެސް މިކަހަލަ ޙަރަކާތެއް ހިންގެވި ބޭފުޅުން . އަދި ވަޙީ ބާވައި ލެއްވުމުގެ ކުރިން ވެސް އަބޫޖަހުލު މީހުން އަތުން ފައިސާ ނގާފަ ނުދިނީމަ ސީދާ މާތް ރަސޫލާ ވަޑައިގެން އެ ހޯއްދަވައި ދެއްވާފަ އެބަހުރި .