ލ.އަތޮޅު ފޮނަދޫގައި ހުންނަ މަގުހަދާ ޔުނިޓްގައި މަސައްކަތް ކުރަމުން އައި ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން އެމްޑީޕީގެ ހަތް މެންބަރެއްގެ ވަޒީފާ ދާއިމީކޮށްދީ، އެމްޑީޕީ އަށް ތާއިދު ނުކުރާ ހަތަރު މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން ނޯޓިސް ދީފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ އާއި ދެކޮޅު ހަތަރު މުވައްޒަފަކަށް އެއް މަސް ދުވަހުގެ ނޯޓިސް ދިން ކަމުގެ ލިޔުން މިހާރު ވަނީ އެމީހުންނާއި ހަވާލުކޮށްފައެވެ. އަދި ވަޒީފާ ދާއިމީ ކޮށްދިން އެމްޑީޕީ އަށް ތާއިދު ކުރާ ފަރާތްތަކަށް ވަނީ އެކަމުގެ ލިޔުން ވެސް ހަވާލުކޮށްފައެވެ.

ފޮނަދޫގެ މަގު ހަދާ ޔުނިޓްގެ މުވައްޒަފުންގެ އިތުރުން އެހެން ރަށްރަށުގެ މަގު ހަދާ ޔުނިޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ވަނީ ނޯޓިސް ދީފައެވެ.

މިހާތަނަށް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލަކު ނުވަ މުވައްޒަފަކާއި ގއ.ވިލިގިނލީ ދިހަ މުވައްޒަފަކަށާއި ތ.ވިލުފުށީ ހަތް މުވައްޒަފަކަށް އަދި ދ.ކުޑަހުވަދޫ 18 މުވައްޒަފަކަށް ވަނީ ނޯޓިސް ދީފައެވެ.

ނަމަވެސް އައްޑޫ މަގު ހަދާ ޔުނިޓްގައި މަސައްކަތް ކުރާ 72 މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ދެމަސް ދުވަހަށް އިތުރުކޮށް، އާ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ ސަބަބަކަށްޓަކައި އެއްވެސް މީހަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން އެތައް ފަހަރަކު ދެއްވާފައެވެ. ނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން ފެނަކަ އިން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވަކިކޮށްފައެވެ. ވަކިކުރި ގިނަ މުވައްޒަފުން ބުނާ ގޮތުގައި އެމީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ އެމްޑީޕީ އަށް ތާއިދު ނުކުރާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔާމީނު

    ތިޔައީ ޔާމީނު ސަރުކާރުން ދީފަ ހުރި ނޯޓިސްތައް.. މިސަރުކާރުން ނުކުރާނެ..މިއީ ރައްޔިތުންގެ ސަރުކާރު

    39
    21
  2. ނިޒާމަށް އަމަލުކުރަން

    ކައުންސިލް އިންތިޚާބުނިމުމުން ހިޓްލަރުގެ ނިޒާމަށް އަމަލުކުރަން ފެށިދާނެ، ހަގީގީ ޖަޒީރާވަންތަކަން ފާޅުވާނެ. އިންތިޚާބާއި ހެދި އިސްޓިކާވެސް ޖަހާވަރު މަދު.

    12
    1
  3. ކަނބުލޮ

    މަފުކޮއްލާ މި 5 އަހަރު ނިމެންދެން

    7
    3