ފުވައްމުލަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރި 200 ފްލެޓް ލިބުނު މީހުންގެ ނަންތައް ފުވައްމުލަކު ސިޓީ ކައުންސިލުން އިއުލާންކޮށް، އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޚާއްޞަކުރެވުނު 120 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވި ފަރާތްތަކާއި، ކެޓަގަރީ B ގެ ދަށުން ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވުނު 20 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓް ޢާންމުކޮށް އިޢުލާން ކުރާ ކަމަށެވެ.
ޕޮއިންޓް ލިބިފައިވާގޮތާމެދު، ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން ކައުންސިލް އިދާރާ އަށް ހުށަހެޅުއްވުން އެދޭކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން މިލިސްޓަށް ގެންނަށްޖެހޭ އުނިއިތުރެއްވާނަމަ އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ފްލެޓްތައް ލިބުނު މީހުންގެ ނަންތައް އިއުލާން ކުރި ނަމަވެސް އެމީހުންނާއި ފްލެޓް ހަވާލު ކުރާނެ ތާރީޚެއް އަދި ނޭނގެއެވެ.
ކޮބާ ލިސްޓު؟ ވަގުތަށް އެވަރުވެސް ކޮށް ނުލެވުނުދޯ؟!
ރައްޔިތު އަތުގާ ލިސްޓް ތިޔައޮތީ. އެހެންވީމާ ދައްކާލަންވީނުދޯ؟
މިސަރުކާރަށް އޮތީ ރިބަންފަށް ކެންޑުން.
އެެއްކަލަ ވުޖޫދަށް ނާންނަ ފްލެޓްތައް ދެނީ؟
ތިތަންތާ ދިރިއުޅޭ ބަޔަކު އުޅޭނީ ޚިޔާލީ ދުނިޔެއެެއްގަ "މަ މިއުޅެނީ މަށަށް ލިބުނު ފްލެޓްގަ"އޭ ހަމައެކަނި މިހެން ހިތަށް އަރުވާލައިގެންތާ. އޭރު މީހާ އޮންނާނީ މޫދު އަޑީގަ ކަމަށްވެސް ވެދާނެ.
މިއަދު ރައީސް ޔާމީން ވެރިކަމުގައ ހުންނެވިނަމަ ދިވެހި ޤަވްމު ލިޓްލް ސިންގަޕޫރަކަށް ވެފަ އޮތީހީ! ދިވެހިންގެ ވޯޓުވިއްކުމުގެ ނަތީޖާ މިދަނީ ދިވެހިންނަށް ހިތިކޮށް ފެންނަމުން
ޝަކުވާ ހުށަހެޅިއްޔާ ބަލާނެތަ؟ ނުބަލާނެ.
200ފްލެޓްގެ ތެރެއިން، އޭ ކެޓަގަރީން 120ފްލެޓް ، ބީ ކެޓަގަރީން 20ފްލެޓް، އަދިބާކީ އެބަވޭ 60ފްލެޓް. މި60ފްލެޓްގެ ކެޓަގަރީ ކޮބައިތޯ؟ މީދަށުންދަމާކުޅޭބައިތޯ؟ ދެފުށްދައްކާލަބަލަ.
މިސަރުކާރަށް އޮތީ ރިބަންފަށް ކެންޑުން.
ކަލޭމެން ވައްކަން ކުރާނީ...........