ސިނަމާލެ ބުރިޖު މަތީގައި ސައިކަލެއް ކަހާލައިގެން ގޮސް ވޭނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާ އަނިޔާ ވެއްޖެއްއެވެ.

ނަމަވެސް އޭނާ ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

ފުލުހުން ވިދާޅުވީ ސިނަމާލެ ބުރިޖުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް މިރޭ 18:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގި ދެ އުޅަނދު ދުއްވަން ތިބި ފަރާތްތަކުގެ އަތުގައިވެސް އެއެއްޗެހި ދުއްވުމުގެ ލައިސެންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ މިހާރު އަންނަނީ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސިނަމާލެ ބުރިޖާއި މާލޭ ރިންގް ރޯޑް ތަރައްޤީ ކުރި ފަހުން މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް ވަރަށް ގިނައެވެ. ނަމަވެސް ބުރިޖު ހުޅުވި ދުވަސްވަރާއި އަޅާބަލާއިރު ބުރިޖު މަތީގައި ހިނގާ އެކްސިޑެންޓްތައް މިހާރު ވަނީ މަދުވެފައި ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުއިޗުންމެއި

    މޫދައްތަ؟