ޓެކްސީއެއްގައި އެއާޕޯޓުން މާލެ ދަތުރު ކުރި މީހަކު ސިނަމާލެ ބުރިޖު މައްޗަށް ބާލަން ޓެކްސީ ޑްރައިވަރު މަސައްކަތް ކޮށްފިއެވެ.

އެކަން ދިމާވި މީހާ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާ މިރޭ އެއާޕޯޓުން މާލެ ދަތުރު ކުރި ޓެކްސީގެ ޑްރައިވަރު ވަނީ ދަތުރަށް 100 ރުފިޔާ ނުދޭނަމަ ޓެކްސީން ފައިބަން އަންގާފައި ކަމަށާއި އޭރު ޓެކްސީ އޮތީ ބުރިޖުގެ މެދަކާއި ހިސާބުގައި ކަމަށެވެ.

"ޓެކްސީ އިން ފައިބަން އެންގީމަ އަޅުގަނޑު ބުނިން ބުރިޖު މައްޗަކަށް ނުވެ ފޭބޭނެއޭ. ދެން އޭނާ އޭނާ ބުނި ވަރަކަށް ފައިސާ ދޭން އެއްބަސްވުމުން ގެއަށް ގެނެސް ދިނީ. 100 ރުފިޔާ ނެގި އަޅުގަނޑު އަތުން." އޭނާ ބުންޏެވެ.

ބުރިޖު މައްޗަށް ބާލަން ޑްރައިވަރު މަސައްކަތް ކޮށްފައި ވާތީ އެޓެކްސީ އާއި މެދު ފިޔަވަޅު އަޅަން ދަތުރުވެރިޔާ ވަނީ އެދިފައެވެ.

ނަމަވެސް އަދި އެމައްސަލަ ޓްރާންސްޕޯޓް އޮތޯރިޓީންނާއި ފުލުހުން ބަލަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

Mirey alhugandu Airport in Male’ ah dhathuru kuri taxi. Driver vanee bridge ge medhakaai hisaabun alhugandu gaathu 100rf...

Posted by Shan Ibrahim on Monday, August 19, 2019

ސަރުކާރުން މިހާރު ހަމަޖައްސާފައި ވަނީ މާލެ އާއި ހުޅުލެ އާއި ދެމެދުގެ ދަތުރުތަކަށް އެންމެ ގިނައިން ނެގޭނީ 60 ރުފިޔާ ކަމަށެވެ. ނަމަވެސް އަދިވެސް ބައެއް ޑްރައިވަރުން ގެންދަނީ ދަތުރުވެރިންގެ އަތުން 100 ރުފިޔާ ނަގަމުންނެވެ.

އަގުބޮޑުކޮށް ދަތުރުކުރާ ޓެކްސީތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ފުލުހުން ނިކުމެ ބައެއް ޑްރައިވަރުން ޖޫރިމަނާ ވެސް ކޮށްފައިވެއެވެ. ނަމަވެސް އަދިވެސް ހުރިހާ ޑްރައިވަރުން ސަރުކާރުން ކަނޑައެޅި އަގުގައި ދަތުރު ކުރާނެ ގޮތެއް ވަނީ ނުހެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ހސހ

  މި ޓެކްސީ ޑްރައިވަރުންނަކީ ވަރަށް ނުބައިބައެއް. މީހުން އަތުން ގަދަކަމުން ފެލައިގެން އުޅެން އުޅޭ ބައެއް ތީ. އެހެން މީހުން ވެސް ބުރަ މަސައްކަތް ކޮއްގެން ލާރި ހޯދަނީ. ޓެކްސީ ޑުރައިވަރުން އެކަންޏެއް ނޫން ބުރަ މަސައްކަތް ކޮށްގެން ލާރި ހޯދަނީކީ. ފެންވަރެއްގެ ބައެއްތީ.

  135
  4
  • އަހަންމަދޭ

   އެކަހަލަ މަދު ބައެއްގެ ސަބަބުން ރަނގަޅު މީހުންނާމެދުވެސް ތަސައްވުރު ގޯސްވާގޮތް މިވަނީ. މީ ދެރަ ކަމެއް. އީދު ޗުއްޓއަށް ދިއުމަށް އަޅުގަނޑުވެސް ލަގެޖާއެކު ދެކޮޅަށް ދެ ދަތުރު މާލެއާ ހުޅުލެއާ ދެމެދު ޓެކްސީގަ ކުރިން. 60 ރުފިޔާއަށްވުރެ އިތުރަށް ލާރިއެއް ނުނަގާ. މުއާމަލާތުވެސް ކުރީ ރީތިކޮށް. ނުބައި ނުލަފާކޮށް މިއުޅޭ މަދު މީހުންތައް އެކަހެރިކޮށް ޓެކްސީ ނުކުރެވޭ ގޮތް ހަދަންވީ. ތިބުނާ ޓެކްސީގެ ނަންބަރު އާންމުކުރޭ.

   18
   1
 2. ވަގުފުރޭތަ

  ރާއްޖެ އާބާދުވަމުން އައިދުވަސްވަރު ގިނައަދަދަކަށް ކަނޑުފޭރޭމީހުން ރާއްޖެއެރި ކަމަށްވޭ. އެކަނޑުފޭރޭ މީހުންގެ ދަރިފަސްކޮޅު މިއުޅެނީ ޓެކުސީކުރަން.

  47
  2
 3. ސާންކޮއްކޮ

  ތީހުސްދޮގު ކަން ފާހަގަ ކޮށްލަން ސާން އާއެކު އަޅުގަނޑުވެސް ދަތުރުކުރިން

  3
  51
  • ގަރިދިޔަ

   ތީ ހުސް ދޮގު! ސާން އެން ނޫން އެއީކީ! "ޝ" ނުން ޝާން ލިޔެފަ އެއޮތީ! ތިބޭފުޅާ ތިޔަދަތުރުކުރެއްވީ ނުބައި ބޭފުޅަކާއި އެކު. ސާނުގާތު އަހާލަބަލަ ޔަގީން ކޮށްލަން!

   6
   1
 4. އިންމަބޭ

  ޓެކްސީ ޑްރައިވަރުން ސައިޒު ކޮށްބަލަ!!!

  47
 5. މޫސަ

  ސަރުކާރަކައްނުބެލެހެއްޓޭނެ ނުވެސްހިފެހެއްޓޭނެ ދަށުވެފަތިތިބީ ފެއިލްވެފަ

  26
  4
 6. ދޮންބެ

  ޓެކްސީ ޑަރައިވަރު ބުނާވަރެއްނުދީ ޓްރާންސްޕޯޓްގެ އަގު ދިނީމަ ނިމުނީ.

  42
 7. ޑިރަސާވެރިޔާ

  ގާނޫނުތަކަށްވުރެ މަތީގައި އުޅެން ދިމާކުރަނީ. ފުލުހުން ތި ކާރު ޑްރައިވަރ ޖޫރިމަނާ ކޮއްފިއްޔާ 750 ރުފިޔާ ދައްކަން ޖެހޭނެ. އޭނާ މީރާއިން އެއްގަމު ދަތުރު ފަތުރާއި ގުޅޭ ފީއެއް ދައްކަން ގޮއްސިޔާ ޖެހޭނީ އެޖޫރިމަނާ އާއި އެއްކޮށް ދައްކަން. އޭރުން އެންމެ 40 ރުފިޔާ ގެ ބޭނުމުގައި 750 ރުފިޔާ ދުއްވާލަނީ

  41
 8. ޔަގީން

  ބޮޑު އަދަދަކުން ޖުރުމަނާ ކުރަންވީ

  10
 9. ޛުިޔ6ގރހ

  100ރ އޭ ބުނާއިރަށް ބުނެބަލަ ފުލުސް އޮފީހަށް ވައްޓާލަދޭށޭ. އެއިރުން ވަގުތުން ޓެކްސީއިން ފައިބާފަ ފުލުހަށްވަނީމަ އެކަލޭގެ މައިތިރިކޮށްލެވޭނެ

  10
  1
 10. ހައި

  ލައިސެންސް އަތުލާފަ ބާތިލް ކޮށްލާ، އެވަރުން މައިތިރި ނުވެއްޖެއްޔާ ޓެކްސީ އަތުލާ

  13
 11. މުހައްމަދު

  މާލޭގެ ގޭގެ ކުއްޔަށް ދޭ މީހުންނަކީވެސް ހަމަ އެވާ ނުބައި ބައެއް.. ރޫމްތަކުގެ ކުލި ކުޑަކުރެވޭތޯ މަސައްކަތް ކޮށްދީބަލަ

  14
  2
  • އަހްމަދު

   ތިމަަކަމެއް ނުކުރެވޭނެ! މާލެ މީހުން ހިތު ހުރިވަރަކަށް ކުލި ހަމަޖައްސާނީ. ތިކަމާ ނޫޅެ ކޮންމެވެސް އެހެންކަމަކާ އުޅޭ!

 12. ޓެކްސީ

  އިހަކަށްދުވަހަކުވެސް ހޮޓަލެއްގައި ތިބެގެން ޓެކްސީ ޑްރައިވަރުން ބުނީ ތިމަންނަމެން ބޭނުން އަގެއްގައި ނޫން ގޮތަކަށް ދަތުރުނުކުރާނަމޭ. ޖޫރިމަނާކުރިޔަސް ލައިސަންސް ބާޠިލުކުރިޔަސް ކުރާނީ ބޭނުން އަގެއްގައޭ. ލައިސަންސް ބާޠިލުކުރިޔަސް ކާރު ދުއްވޭނެއޭ. ފުލުހުން އެވަރަކަށް ނުބަލައޭ. ބަލާނީ ހާލަކުން ފަހަރަކު ނޫންހޭ. އޭރު އޮންނާނީ ބޭނުންވާވަރަށް ދަތުރުކޮށްފައި ލާރި ލިބިފައޭ. ޖޫރިމަނާ ދައްކާފައި އަނެއްކާވެސް ދުއްވަން ފެށީމާ ނިމުނީއޭ. ލައިސަންސް ނެތަސް ކާރު ދުއްވަން އެނގޭނެ ނޫންހޭ. މިހެން އޮތް ކަމެއްގައި ފުލުހުން ރަނގަޅަށް ނުބަލާނަމަ މި މީހުން ގޮތެއް ދުލެއް ނުކުރާނެ.

 13. އަލިބެއްޔާ

  ބަރާބަރު 10ރ ދީ.. ބާކީ ބައި ހޯދަން އޭނާ ޖެހޭނީ ގެ ކައިރި 1 ގަޑިއިރު މަޑު ކުރަން.. ހެދޭނެ ގޮތް ގޮތް އޮންނާނެ..

 14. ނަޖްވާ

  އެ ޓެކްސީގެ މައުލޫމަތު ހިއްސާކޮށްލި ނަމަ ވަރަށް ރަނގަޅު ވީސް!

  4
  2
  • ައަހުމަދު

   ކަލޯ ޚަބަރު ރަނގަޅަށް ކިޔާލިންތަ...އެއޮތީ އެކާރުގެ ނަންބަރުގެ ފޮޓޯ...ސާބަސް ކަލެޔަށް

 15. ނަޖްވާ

  ތި ޓެކްސީ އާ ބެހޭ މައުލޫމާތު ހިއްސާ ކޮށްލި ނަމަ އަޅެ!

  2
  2
 16. މައުލޫމާތު

  މި ހާދިސާ ބެލެވޭނީ މަގުފޭރުމާއި ބިރުދެއްކުމުގެ ތެރޭގައެވެ. ވީމާ މިކަން ބަލަންއެބަ ޖެހެއެވެ.

 17. މީނާ

  ކާރު ގެ ޓެކްސީ ބޯޑު ކެންސަލް ކުރީމަ ނިމުނީނު

 18. ރައްޔިތުން

  ޖޫރިމަނާ ކުރާނެ ކަމެއްނެތް.. ޓެކްސީ ބޯޑް އަތުލާފަ ގަވައިދުގައި ވާ އަގަށް އެކަން ކުރެވޭ ބަޔަކާ ހަވާލުކުރަންވީ..

 19. އައްޔަ

  ފައިސާގެ ވާހަކަ ދައްކާނެ ކަމެއް ނެތް ބޭނުން ވާ މަންޒިލާށް ދެވުނީމަ ސަރު ކާރުން ކަނޑައާޅާފައިވާ އަގުދޭނި އެވަރަށް މާރު ކޮށްގެން ޓެކްސީއަށް އަރާނި