މަގުމަތިވެ ހާލުގައި ޖެހިފައިވާކަމަށް ބެލެވޭ މުސްކުޅި އަންހެނަކު ހޯދުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށާ، އެމަސައްކަތުގައި އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ އަންހެން މީހާ ހޯދުމުގައި ފުލުހުންގެ އެހީތެރިކަން ވެސް ހޯދަމުންދާ ކަމަށެވެ.

އެ އަންހެން މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 1412 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ޖެންޑާ މިނިސްޓްރީން އެެދެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ "ޒިރްކޯން" ނަމަކަށް ކިޔާ ގެއަކާ ޖެހިގެން ހުންނަ ގޯޅިގަނޑެއްގެ ތެރޭގައި، ފާރުގައި ލެނގިލައިގެން އިންނަ މުސްކުޅި އަންހެނެކެވެ.

އެފޮޓޯ ޓްވީޓް ކުރި މީހާ އަށް ޖަވާބުދެމުން ޖެންޑާ މިނިސްޓްރީން ވަނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން ޝުކުރު އަދާކޮށްފަ އެވެ. މައުލޫމާތު ލިބުމާއެކު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓާ ގުޅިގެން އެ ފޮޓޯއިން ފެންނަ ސަރަހައްދު ބަލާފައިވާ ކަމަށާއި ނަމަވެސް އޭނާ ފެނިފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުދުބެއްޔާ

    ތިޔަގޮތަށް ހއ. އަތޮޅުފިހާރަކައިރީ އިށީދެލައިގެން އިސްދަށަށްޖަހާލައިގެން އިންނަ އަންހެންކުއްޖަކު ދެކެމެވެ އެއީވެސް ތިޔަކަހަލަ ކަމެއްވެގެން އިންނަ ކުއްޖަކަށް ވުން އެކަށީގެންވެއެވެ

  2. ބިކަ

    ޢަނެއްކާ އެ ދައިތަގެ ގެއްލުވާލާ ބެޑުސީޓު ހިފައިގެންތަ ނިކުތީ