ސިނަމާލެ ބުރިޖު ނިންމީ މިސަރުކާރުން ކަމަށާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމި އެއްވެސް ޕްރޮޖެކްޓެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ދެއްކެވި ވާހަކަފުޅަށް ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފިއެވެ.

އަދުރޭ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވަނީ ޔާމީންގެ ސަރުކާރުން ފެށި ޕްރޮޖެކްޓްތަކާއި އިޤުތިޞާދަށް އައި ކުރިއެރުން ހާމަކޮށްދެއްވާފައެވެ.

"ސިނަމާލެ ބުރިޖު، ހުޅުމާލޭ-02 ވަނަ ފޭސް، ވެލާނާ އެއާޕޯޓްގެ ޕްރޮޖެކްޓް، ދަރުމަވަންތަ ހޮސްޕިޓަލް، ކިންގް ސަލްމާން މިސްކިތް، މަހާ ޖައްރާފް، އެންމެ ބޮޑު ތެޔޮ ޓޭންކަރު، ގައުމީ ރިޒާވް 200 މިލިއަން ޑޮލަރުން 700 މިލިއަން ޑޮލަރަށް، ޖީޑީޕީ ހަތަރު ހާހަހުން ދިހަ ހާހަށް. މިއީ ކޮން ސަރުކާރަކުން ކުރި ކަންކަން ދިވެހިންނަށް ސާފު." އަދުރޭ ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖު ނިންމީ މި ސަރުކާރުން ކަމަށް މެންބަރު ޒިޔާދު ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ޖޯކް ޖަހާ، މެންބަރު ޒިޔާދު އަށް ފާޑުކިޔަމުންނެވެ.

މަލާމާތް ކުރުމުގެ ގޮތުން ބައެއް މީހުން ކޮށްފައިވާ ޕޯސްޓްތަކުގައި މިސަރުކާރުން އެފަދަ ބޮޑު ޕްރޮޖެކްޓެއް މިހައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލީތީ މަރުޙަބާ ވެސް ކިޔާފައިވެއެވެ. މެންބަރު ޒިޔާދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ބައެއް މީހުން ވަނީ އޭނާ ހުރީ "ހަމައިގަތޯ ބަލަން ޖެހޭ" ކަމަށް ބުނެ ވެސް ކޮމެންޓް ކޮށްފައެވެ.

ބުރިޖު ނިންމީ މިސަރުކާރުން ކަމަށް މެންބަރު ޒިޔާދު ވިދާޅުވި ނަމަވެސް ބުރިޖު ރަސްމީކޮށް ހުޅުވީ 2018 އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް ޞާލިހް ވެރިކަމުގެ ހުވާ ކުރެއްވީ އޭގެ ދެމަސް ފަހުން 2018 ނޮވެމްބަރ 17 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ގާސިމް އިބުރާހިމު

    ރައީސް ޔާމީނާ މި ގައުމުގެ ވެރިކަން ހަވާލުކުރުމުން ކަންތައްތައްކުރީ މަސްފެންގަނޑެއް ބަލަހައްޓަން މާކަނަޔަކާ ހަވާލުކުރީމަ ކަންތައްތަށްކުރާ އުސޫލުން. ފެންތައްޓަކާނުލާ މުޅިގައުމު ދިރުވާލި މީހެއްގެ ވާހަކަ މިދައްކަނީ. ބުރިޖު އޯކޭ. ވައްކަން އޯކޭއެއް ނޫން.

    21
    87
    • ޢައިޝާ

      ދޮގުނުހަދާ. ކަލެއަށް ވައްކަންވެސް އޯކޭ. އެކަމަކު ވަކިބަޔަކު ކުރީމަ. އަޅެ 30 ބިލިއަންވެސް ޔާމިނު ކާލީ ޔާމީނުތަ؟

      29
      7
    • Anonymous

      ބާކީ އޮތް ބައި ގައުމުގެ ތިބި ރައްޔިތުންނާއެކީ މިސަރުކާރު ދިރުވާލައިފި، މިއީ މާ ބިރުވެރިކަމެއްނުން. މިވަރުގެ ބޮޑު ޖައްބާރު ވެރިކަމެއް މަގޭ ހަޔާތަކު ނުދެކެން.

      35
      2
    • ނަހުލާ

      އެހެންވެ މިހާރު ވައްކަން ނުކުރަނީ؟ މިސަރުކާރުން ވައްކަންވެސް ކުރާނެ، ތަރައްގީ އެއްވެސް ނުކުރެވޭނެ. ވައްކަން އޯކޭ ނުވަނީ އެއްނޫން. މިހާރު ލިބޭވަރަށް ޔާމީނު ސަރުކާރުގައި ނުލިބުނީމަ އެ ހަސަދަ ތި ބާލަނީ.

      30
      4
    • ރައްޔިތުން

      ގައުމުގެ ރިޒާވް ދިޔައީ މައްޗަށް.. ގިނަ ގުނަ ޕްރޮޖެކްޓް ފެށި.. ކާމިޔާބުކުރި.. ބަޖެޓް ނެތޭ ނުކިޔާ.. މުވައްޒަފުން ވަތްކެއް ނުކުރޭ.. ބޭކާރު ސިޔާސީ މަގާމު ތަކެއް ނަހަދާ..

      13
      4
  2. ނޫސްކިޔާމީހާ

    މަށަށް ފެނޭ ތިޔަބުނާ ޒިޔާދު އޭރުހުރީ ހަމަ ހޭގާތޯ ބަލަން

    59
    6
  3. ނަޖްވާ

    އާނ އޭގެން ކޮންމެ ޕްރޮޖެކްޓަކާ ގުޅުވައިގެން ކޮށްފަ ހުރި ވައްކަންތަކެއް އާއްމުންނަކަށް އެހާ ރަނގަޅަކަށް ނޭނގޭނެ އެއްނު! އެހެންވީމަ، އެކަންކަން އެބަ ޖެހޭ ތަފްސީލު ކޮށްލަ ދޭން!

    18
    60
    • އަޖްވާ

      ވައްކަން ނުކުރާއިރު ބަޖެޓް ހުސްވެގެން މިއުޅެނީ ކީއްވެ؟

      32
      2
  4. ދެރަކަލޯ

    މިތިބަ ގަމާރުންނޭ ކުޅުދުއްފުށި އެއާޕޯޓް ހުޅުވީ ވަގުޔާމީނު އެތާއޮތީ ރަންވޭ އެކަނި އެވާރެޔާ
    ތެމިފޯވީ ކިޔަން ހުރީމަ އެވީތަ

    16
    61
    • މޮޔަކަލޯ

      މިސަރުކާރަށް ރަންވޭ ގަނޑެއްވެސް އަޅައި ނުލެވޭނެ. މަހީކުރީ ޓަވަރާ އެއްޗެހި ހަމަ ކޮށްފައި ކަމަށް ދަތުރު ތައް އެފެށީ؟ ރަންވޭ އެކަނިވެސް އޯކޭ ވީމަ ދޯ އާކަމެއް ނުކޮށް ދަތުރު ތައް އެފެށީ؟

      29
      2
  5. ބަނީ

    މމޕރސީ ގެ ހިންގާލި މޮޅު ޕުރޮޖެކްޓުގެ ތަފްސީލް ވެސް ދެށްވަށްލޯ.

    5
    15
  6. ފެންނައް ހުރިހަގީގަތް

    އަޅުގަނޑަށް ވިސްނޭގޮތަކީ މެންބަރުއަދި މުޅިއެމްޑީޕީ އެންއަޑަކުން މިގައުމު ތަރައްގީ ކުރީއެމީހުންކަމަށް ބުންޔަސް ކުޑަކޮންވެސް ފަރުވާލެއްނެ އެމީހުންއެކަން ނުކުރާކަމުގެ ހެކިމިގައުމުގެ އެންމެހާ ރައްޔަތުންނަ ސާބިތުކޮށް ދޭކަށްވެސް ބޭނުމެނޫން ސަބަބަކީ ހުރިހާކަމެވެސް ސިއްރާފާޅު ދެނެވޮޑިގެން ވަނީﷲމިއީހަގީގަތް މީތިވަރައްސާފު މިވަރުންފުދޭ

    18
  7. ކަލޯ

    މަދެކުނިން ތިޔަބުނާ ޒިޔާދެއް ވަރަށް ޕީ.ޕީ.އެމް ވެގެން ހުޅުމާލެތެރޭގަ ދުވަނިކޮންވެސް ތިހަމަ ރިޔަލު ދޯންޏެން އެއިރަކު ވައިހުރި ކޮޅަކައް ދުވާނީ !!!!

    13
  8. މުރާދު

    ޔާމީންހިންގެވި ޕްރޮޖެކްޓްތައް އެނގިލެއްވިއަސް ނޭނގޭކަމަށް ދެކިލައްވާފަރާތްތަކެއް ހުރެދާނެ
    ހަރުބަހެއްގަބުނެފައިވޭ ނޭނގޭފަރާތަކަށް ނޭގޭނޭ ބުނެދިނަސް މިއީއެއްކަންތައް ދެވަނަކަންތަކަށް
    ފާހަގަކުރެވެނީ ( މިއީ އެއްވެސްބޭފުޅަކަށްބުނާ ބަދުބަހެއްނޫން އެހެން އެއްވެސްފަރާތަކުން ދެކި
    ނުލެއްވުންއެދެން ) ހިއްސުސަލާމަތުން (ފެނުމުގެ ) ނެތީކަމަށް ދެންފާހަގަކުރެވެނީ ހިތުގައިވާ
    ޒާތީ ހަސަދައާއި، ރުޅިވެރިކަމުގެ ސަބަބުން ޔާމީން ހިންގެވި ޕްރޮޖެކްޓް ފެންނަށްހުއްޓެއްކަމަކު
    އެކަން ޤަބޫލްކުރަން ބޭނުންނުވާކަން ދިވެހިރަށްޔިތެއްގެ ހައިސިއްޔަތުން ވަރަށްއުފާވެރިކަމާއެކު
    ބުނެލަން ޔާމީންގެ ވެރިކަމުގެކުޑަދުވަސްކޮޅުގައި ހުވަފެނުންވެސްނުދެކޭފަދަ ޕްރޮޖެކްޓްތައް އަހަރެންގެ ރަށުގައި ހިންގަވާފައިވެއޭ ޝުކުރިއްޔާ ރ ޔާމީން މިއީ ޝުކުރަކުންވެސް ނިންމާ
    ލެވޭވަރުގެ ކަމެއްނޫން

    17
    1
  9. އާދަމް

    ޔާމީން ކުރެއްވީ ވައްކަން، މިހާރު މިކުރަނީ އަށެސް ކަން. ޔާމީން ކުރައްވާފައި ހުރި މަސައްކަތް ތަކަށް ފާޑު ކިޔޭވަރުގެ މީހކު މިސަރުކާރަކު ނެތް.

    18
    1
  10. ފުނަދޫ

    އަދިއިތުރުކޮްލާ ށ ފުނަދޫގެމަގުތަކުގަ އެޅިތާރު ޕުރެޖެކްޓައް އަދިއިތުރުކޮއްލާ ށފުނަދޫ އެއާރޕޯޓުބިންހިއްކުންވެސް އަދިއިތރުކޮއްލާ ށފުނަދޫގައެޅި2 ބުރި ސުކޫލުވެސް އަދިއިތުރުކޮއްލާ ށމިލަންދޫގަ އެޅިރާއްޖޭގެ އެއްމެބޮޑުސުކޫލުވެސް އަދިއިތުރުކޮއްލާ ރާއްޖޭގަ އެޅިއެސްޓީއޯ ބޭސްފިހާރަތައްވެސް އަދިއިތުރުކޮއްލާ ޅނައިފަރުގަ އެޅި5ބުރިހޮސްޕިޓާވެސް އަދިމިހާހިސާބައްވެސް ތިކުރަނީޔާމިނު ވައްކަންކޮއްގެން ފަށާފަހުރި ބޮޑެތިމަސައްކއތްތައް ނަސީބެއްނު ވައްކަންކުރިކަން ވައްކަން ނުކޮއްއުޅެނިކޮން 7މަހުންބަޖެޓު އިންތާއިނީވަޅުގަނޑުވިއްޔަ ވީކަމެއްހަރާމުންހަރާން

    23
  11. ގައްބެ

    ފިހާރައެއްގެ ސޭޓަކައް ބައިންދަންކަމުދާނީ ވައްކަންކޮއްގެންވެސް ފިހާރަވެރިމީހާޔައް ފައިދާކޮއްދޭސޭޓެއްތޯ ؟ ނުވަތަ ވައްކަންނުކޮއް އިނދެ ފިހާރަހުލިކޮއްލާ ސޭޓެއްތޯ ؟ މިތަނުން ފިހާރަވެރިމީހާބޭނުންވާނީ ކޮން ސޭތެއްތޯ ތިބޭފުޅުންނިއްމާ ؟

    24
  12. ޒވނއ

    އަދުރޭ މިހާރު "ވަގުތު" އަށް ލާރިތައް ދައްކާ ޚަލާޞް ކުރީތޯ! ހަމަ އަހާލީ މީނާގެ ޚަބަރުތައް ގެނެސްދޭތީ.

    7
    1
  13. ލލ

    ޒިޔާދު ނަފުސާނީ ބަލީގެ ޑޮކްޓަރަކަށް ދައްކާލުން ބުއްދިވެރި އަޅުގަނޑަށް ހީވަނީ ކޮންމެވެސް ކަހަލަ ނަފްސާނީ މައްސަލައެއް ޒިޔާދުގެ އުޅޭހެން!

  14. އަދުރޭގެ ހިސާބުއިލްމު

    ވަގުޔާމީން ގައުމަށް

  15. ނުވިސްނޭ ކަންކަން

    ފުރަތަމަ ހުޅުލޭގަ އެއަރޕޯރޓެއް ހެދީ ރ. ނާޞިރު، ހުޅުމާލެ ހިއްކީ ރ. މައުމޫން، ހުޅުމާލެ އަށް އެރޭގޮތަށް ހުޅުލެ އާއި މާލެ ބްރިޖަކުން ގުޅާލުމުގެ ތަޞައްވަރު ކުރެއްވެވީ ވެސް ރ. މައުމޫން، މިވާހަކަ ރ. ޔާމީން ވެސް ވަނީ ޕޯޑިއަމްގައި ދައްކަވާފަ، އެކަން ޚަޤީޤަތަކަށް ހައްދަވައި ބަރިޖް އެޅުއްވީ ރ. ޔާމީން އޭރުގެ ނައިބު ރައީސް ޢަދީބުގެ މިންނެއް މަސްކަތާއި އެކުގަ އެވެ. އެކަމަށްޓަކައި އެފަރާތްތަކަށް ނިހާޔަތަށް ޝުކުރުވެރި ވަމެވެ. ބުނަން މިއުޅޭ ވާހަކައަކީ ރައްޔިތުން ނިކުމެ ރައީސަކު ހޮވަނީ ގަނޑުވަރުގައި އޮއްތާލައްވައިގެން އޮންނަވާކަށް ނޫނެވެ. ޤައުމަށާއި، ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް އެދިގެންނެވެ. ވީމާ ނިމިދިޔަ ސަރުކާރުން ކުރުމަށް ހަމަޖެހިފައިވާ އެފަދަ ކަންކަން ކުރައްވަންޖެހޭނީ އަންނަ ސަރުކާރަކުންނެވެ.

  16. ޙަމަތެދެއް

    ޔާމީން ވައްކަން ކުރަމުން ރައްޔިތުންނަށް ފަސޭހަވާ ކިތައްކަންތައް ކޮށްދެއްވައިފި. ޥައްކަންނުކުރާމީހުންގެ ބަޖެޓް ތިޔަވަނީ ކޮންތާކަށް. ޥައްކަމޭ ކިތައިގެން އެހެދީ ހުސްދޮގު. ޜައްޔިތުންނަށްޓަކައި ކަންނޭގެ ޔާމީން ވައްކަން ކުރީ. ކިހާބޮޑު ތަރައްޤީއެއް މުޅިރާއްޖެއަށް ގެނަސްދިނީ.

    3
    1