ސަފާރީއަކުން، ކަނޑޫމާ ތިލައަށް ޑައިވިންގއަށް ފޭބިތަނުން އާދީއްތަ ދުވަހު ގެއްލުނު އަންހެން ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން ދަނީ އުމުރުން 41 އަހަރުގެ ޗައިނާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިޔެކެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ހުއްޓުމެއްނެތި އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެއް ކަމަށެވެ، ހުދު ކުލައިގެ ފިންސަކަށް އަރާފައިވާއިރު، ކަޅުކުލައިގެ ބައޮންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް މީނާ އަޅައިގެންހުރި ކަމަށް އެމްއެންޑީއެފްއަށް މަޢުލޫމާތު ލިބިފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ބަލައި ދިނުށާއި އަދި އެ މީހާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ޝިމާ ގެއްލުނު މައްސަލަ ކޮބާހޭ؟؟ މިހާރު އެންމެން އެކަން ހަނދާންނެތުނީ، މަރު ތަހުގީގުކުރާ މީހުންވެސް ހަނދާންނެތުނީ، މީގެކުރިން ކޮންމެކަމެއް ސިޔާސީކޮށް ކުރީގެ ސަރުކާރުތަކަށް ފާޑުކިޔާ ޕްރެޝަރުކުރަން ހޭކަނޑާލާފަ ތިބޭ އެމްޑީޕީކުދިންކޮޅުވެސް މިސަރުކާރުގަ ވީކަމެއްވީމަ އަޅާވެސްނުލާ އެތިބީ. މިވެސް އިންސާފުހޭ؟؟؟