މަސްވެރިކަން ރަނގަޅަށް ނުކުރެވެނީ ޕްރޮވިންސްތައް ހަދަން އެއްބަސް ނުވީމަ ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މިހެން ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ މަސްވެރިކަމާއި ބެހޭ ބިލަށް މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.

ޒިޔާދު ވިދާޅުވީ މަސްވެރިކަން ކުރި އަރައިގެން ނުދިޔަ އެއް ސަބަބަކީ ޕްރޮވިންސްތައް ހަދަން އެއްބަސް ނުވުމުން ކަމަށެވެ.

"މަސްވެރިކަން ކުރި އަރައިގެން ނުދިޔަ އެއް ސަބަބަކީ އަޅުގަނޑުމެންގެ ވިސްނުމެއް އޭރު އައި ޕްރޮވިންސް އުސޫލުން ރާއްޖެ ހިންގުން. އެކަމަށް އެއްބަސް ނުވެވުނު ހިސާބަކީ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވިގެން މިއުޅޭ ސަބަބަކީ." ޒިޔާދު ވިދާޅުވިއެވެ.

ރައީސް ނަޝީދު 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ޕްރޮވިންސްތަކެއްގެ ގޮތުގައި ރާއްޖެ ހިންގަން ފެއްޓެވިއެވެ. ނަމަވެސް ލާމަރުކަޒީ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސް ކުރިއިރު ސަރުކާރުން ބޭނުންވި ގޮތައް ޕްރޮވިންސްތައް ހިންގުމުގެ ފުރުސަތު ދީފައެއް ނެތެވެ.

މަސްވެރިކަމާއި ބެހޭ ބިލަށް މިއަދު ވާހަކަފުޅު ދައްކަވަމުން ޒިޔާދު ވިދާޅުވީ ބިމާއި ބެހޭ ޤާނޫނުގެ ސަބަބުން ވެސް މަސްވެރިކަން ކުރުމަށް ބައެއް ދަތިތައް އެބަހުރި ކަމަށާއި އެފަދަ ދަތިތައް ނައްތާލަން ޖެހޭ ކަމަށެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަކީ ސަރުކާރުގެ ވައުދެއް ނަމަވެސް މި ބިލްގައި މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމުގެ ވާހަކަ "ލަފުޒުން ލަފްޒަކަށް ނެތް" ކަމަށް ޒިޔާދު ވިދާޅުވިއެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމުގެ ވާހަކަ ދައްކާއިރު އައިސް ޕްލާންޓްތައް ނެތް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މަސްވެރިންނަށް ހަމަ އަގު ނުލިބެނީ ހދ.އަތޮޅުން އެން އަޅައިގެން ތެޔޮ އަޅަން މާލެ އައިސްގެން ހުވަދޫ ކަނޑަށް މަސް ބާނަން ދާން ޖެހޭތީ ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

"މިއަދުވެސް ހާލަތަކީ އެއީ. ޑިއުޓީ ކަނޑާލުމުން ވެސް ތެޔޮ ލީޓަރެއް މިއަދު ވެސް އަޅުގަނޑުމެންގެ އަތިޮޅުން ލިބެނީ 12 ރުފިޔާއަށް. މާލެ އައުމުން ދެ ރުފިޔާ ހެޔޮވޭ. މިއީ މަސްވެރިންނަށް ވަރަށް ބޮޑު އެއްޗެއް." ޒިޔާދު ވިދާޅުވިއެވެ.

ބިލްގައި ވަރަށް ގިނަ ލައިސަންސްތައް ނަގަން އެބައޮތް ކަން ފާހަގަ ކުރައްވާ ޒިޔާދު ވިދާޅުވީ އެލައިސަންސްތައް ނަގަން މާލެ އަންނަން ޖެހޭނަމަ އެކަން ވެގެން ދާނީ ވަރަށް ބޮޑު ތަކުލީފަކަށް ކަމަށާއި އެއީ "ގަރާޖް ހުއްދަ" ފަދަ އަމަލު ނުކުރެވޭ ލައިސަންސްތަކަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އއއ

    ވައިކަރަދޫ ބޯގޯސް މެންބަރު ތިޔަހުންނެވީ ހަމަހޭގައިތޯ؟ ކިޔޭނުކިޔޭ އެއްޗެއް ނޭގޭ ބޯގޯސް މީހުން މެންބަރުންނަށް ހޮވީމައިވާނެ ހަ އެތި މިވަނީ

    31
    2
  2. އަސަދު

    މި ބޯގަޅި މީހާގަޑަށް މަސްވެރިކަމާ ގުޅޭގޮތުން ދައްކަން އެގޭނެ ވާހަކައެއް އޮންނާނެބާ! ވައިކަރަދޫ މީހުންނަކީވެސް ހާދަ ބޯގަޅި ބައެއްދޯ!

    28
    1
  3. މޫސަ

    ތިޔަ ކަލޭގެ މިހާރު ހީވަނީ މަޝްހޫރު ވާން އުޅޭ މީހެއް ހެން. އެހެން ނޫނީ ބޮލުގެ ޚާއްޞަ ޑޮކްްޓރަކަށް އެބަދައްކަންޖެހޭ. ތިޔަ ޒާތުގެ މޮޔައިން މަޖިލީހުގައި ބައިތިއްބައިގެން ކަންކަން ރަނގަޅެއް ނުކުރެވޭނެ. ވަގުތު ނޫހުން ވެސް އެފާޑުގެ ދެ އުޅި އެއްނުވާ ގަމާރުން ދައްކާ މުޑުދާރު ވާހަކަތައް ޚަބަރެއްގެ ގޮތުގައި ގެނެސް ނުދިނުން އެދެން.

    27
    1
  4. ޏނނނ

    މީނަދޯ އަނެއްކަވެސް

    19
    1
  5. Anonymous

    ކަލޭމެން މަޖިލީހައް މުންޑު އަނދެގެން ދާންވީނުން، އޭރުން ރަނގަޅަށް މަޖާ ކުރެވޭނީ،

    25
    1
  6. ކާފަދ

    އެހެންނެއް ނޫން. އެއީ ބްރިޖް ނިންމީ މިސަރުކާރުން ކަމަށްވީތީ

  7. މޫސަ

    މީ ކޮންތާކު ބީތާއެއްތަ؟ މަސްވެރިކަން ރަނގަޅު ނުވަނީ ކަލޯމެންގެ ސުންޕާކަމުން!

  8. ހދ. އަތޮޅުގެދަރިއެއް

    މާރީއްޗެއްނޫނޭ ތެދުވެއަނގަތަޅާކައް ތިހިރީއޭމީހަޖަހާވައްތަރު ތިޔާސޮރުހަމާގާތޯބަލަން އަވަހައްޔޫރިންޓެސްޓުހަދަންފެނޭ ވައިކަރަދޫމީހުންނަކީ ބަހުންދީއްވެރިވެގެން ޢަމަލުއެއައްވުރެން ގޯސްބައެއް ހދ. އަތޮޅުގައިނުތިބޭނެ. މިހާރުގެއެއްމެހިގާ ވިޔާނުދާކަންތައްވެސް އެއްމެގިނަވާނީއެރަށުގައިއެވެ.

  9. ބަރަބޯ

    ގަމާރަކަސް ބޮޑުވަރު، ތިއީ ސްކޫލްގައި އުޅުނު އިރު އަލިބެ ކޮލެޖުން ފާސްނުވެގެން ކަނޑާލި ސޮރެއް.

  10. ބޯގޯސް

    މަސްވެރިކަމާ ޕްރޮވިންސާ އޮތީ ކޮންގުޅުމެއް؟ މީގެ ކުރިން ރާއްޖޭގެ ރަށްރަށަށް އިންތިހާއަށް މަސް ބޭނީ އޭރު ކޮން ޕްރޮވިންސެއް އޮވެގެންތޯ؟ މޮޔަނުގޮވާ.

    10
  11. ސ

    މިމީހުން ވެސް ހަމަ ވޯޓް ދީގެން ހޮވާފަދޯ މިތިބީ.

  12. ހުސޭނުބޭ

    ކަލޯ ގަމާރާ! މަސްތައްވެސް އުޅެނީ ޕްރޮވިންސް ތަކަށް ބެހިގެންތަ؟ އެހެންވިއްޔާ ބޮޑެތި ގޮދާ އެއްޗެތި ދެފައި ޖަހާފައި ދުވެފައި އައިސް އެއްގަމަށް އަރަންދެން މަސްވެރިކަން ތަރައްޤީކުރުން މަޑުޖައްސާލަންވީނު!

  13. ޢަލިކަތީބު މަހާނަ

    މިވަރު އިއްޒަތްތެެރޮބުރާންތި މަޖިލިހައް ހޮވުނީތީ ދޯ

  14. ހުދުހުދު

    މި މޮޔަ ގޮލާ ކޮންމެ ދުވަހަކު މޮޔަ ގޮވަނީ. ބޮލުގެ ޓެސްޓެއް ހަދާލަން ފެނޭ

  15. ޤަމަރު

    މިކަލޭގެ ވީ ބުޅިފޮއްޓަކާ ނަނެއްދީފަ ކެޔޮޅުކަމު ފޮނުވަން. ތަނަކު ހުރި ބުރާންޗެއް!

  16. Anonymous

    ބޯ ބުރާންތި މަސްވެސް މިހާރު ޕްރޮވިންސްތަކަށް ބަހާލައިގެންތަ ތިއުޅެނީ.

  17. ހުސެން

    ރޯނު އެދުރުން ހޮވީމާ ކޮސް 19 ގޮަވަނީ،މިތިބީ ކޮހުން ހޮވާފަ،ހަދަނީ ކޮސް ގާނޫނު