ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ޑީލް ހެދުމުން އެނގެނީ އެމްއެމްޕީއާރްސީ މައްސަލައިގައި ސަރުކާރުގެ ތެދުވެރިކަމެއް ނެތްކަން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލް ވިދާޅުވީ ހިޔާނާތުގެ ފައިސާގައި ރައީސް ޖެހިވަޑައިގެންފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ހިތްތަކަށް ތަސައްލީ ލިބޭ ކަމަށާއި ނަމަވެސް އަދީބާއެކު ޑީލް ހަދައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ނުކޮށް ވަކި ބަޔަކަށް ދައުވާކުރުމުން އެނގެނީ އެމްއެމްޕީއާރްސީ މައްސަލާގައި ސަރުކާރުގެ ތެދުވެރިކަން ނެތްކަން ކަމަށެވެ.

އަދީބާއި އެކު މިހާރު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް ބައެއް މައްސަލަތަކުގައި ދައުވާ ނުކުރަން ވަނީ ނިންމާފައެވެ. އަދި ދައުވާ ކުރާ މައްސަލަތަކުގައި ވެސް ކުށުގެ ބާވަތް ލުއި ކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. ބަދަލުގައި އެމްއެމްޕީއާރްސީ މައްސަލައިގައި ފުލުހުން ކުރާ ތަޙްޤީޤަށް އަދީބު އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އަދީބުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އަދީބަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގުމުގައި އެންމެ އިސްކޮށް ހުރި ފަރާތް ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް އަދީބު ސަލާމަތް ކުރުމަށް ފަހު އެހެން ބަޔަކު "ފައްތާލަން" ސަރުކާރުން މަސައްކަތް ކުރަނީ އަދީބު ސަރުކާރުގައި ތިއްބެވި ގިނަ ބަޔަކަށް ވެސް ފައިސާ ދީފައި ވާތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އަދީބު މިވަގުތު ހުރީ މާބިން ހުރާ އިން ލިބުނު 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވި މައްސަލައެއްގެ ޝަރީޢަތް ސުޕްރީމް ކޯޓުން ނިންމަންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައި ވާތީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އިހުސާނާ

  ބަލަގަ ޖިނާއީ އިޖުރާއަތުގެ ދަށުން ޕްލީ ބާގޭން އެއްބަސް ވުން އެއީ ހެދޭ އެއްޗެއް ކަމެއް ނޭނގެނީތަ ޖަމީލަށް! އެއީ ދުނިޔޭގެ އެހެން ޤައުމު ތަކުގަވެސް ކޮށް އުޅޭ ކަމެކޭ އިނގޭ!

  9
  54
  • ކޮމެންޓްކުރާމީހާ

   ބަލަގަ މަޙްޝަރުދުވަހުން ޕްލީ ބާގޭން އެއްބަސްވުމުގެ ބޭނުމެއް ނޯންނާނެ އެ ވަރިހަމަ ދުނިޔޭގެ ހުރިހާ ގައުމެއްގައި ހަދައިގެން އުޅުނަސް...އެ ދުވަހުން އިންސާފު ޤާއިމްކުރެވޭނެ... އެދުވަހުން މޫނަކަށް ކަނދުރާއަކަށް ނުބެލެވޭނެ

   18
   1
  • ދޮންބެ

   ޖިނާއީ އިޖުރާއަތުގެ ގާނޫނު ތިބޭފުޅާ ގިރައިގެން ބޮއެފަ ހުއްޓަސް، ވައްކަމެއް ކޮށްފަ އެވައްކަމުގެ މުލު ވަގު ސަލާމަތް ކޮށްފަ އެންމެ ކުޑަކޮށް އެކަމުގަ ބައިވެރިވެފަ ތިބި މީހުންނާ އަދި އެއްވެސް ގޮތަކުން އެކަމާ އެއްވެސް ގުޅުމެއް ނެތް މީހުންނަށް އަދަބު ދެވޭގޮތަށް ޑީލް ހެދީމަ އެޔަކަށް ނުކިޔާނެ އިންސާފެކޭ. އިންސާފޭ ކިޔައިގެން ބަޔަކު ހަޅޭލަވާތީ ހަމަ ބުނެލީ.

   26
 2. އާދަމް

  ތެދުވެރިކަމެއް ބޭއްވޭނީ ތިމާމެންނަށް ކުރެވޭ ކަމެއް ތިމާމެންނަށް އެނގިގެން ކަމަށް ފެނޭ.

  40
  5
 3. ނަސޭހަތް

  ޝުކުރިއްޔާޖަމީލް ވިދާޅުވެލެއްވިބަސްފުޅަށް ހިއްސުސަލާމަތުންހުންނެވި ކޮންމެބޭފުޅަކަށްވެސް
  އެނގިލައްވާނެ އަދީބުއެއީ ކޮންކަހަލަބޭފުޅެއްކަން މިވަރުގެފަރާތަކާ ޑީލްހަދާނީ ތެދުވެރިކަން
  ނެތުމުންކަމަށް ގަބޫލްކުރެވޭ

  59
  7
 4. ސަރީފް

  މި ސަރުކާރަށް އަދީބަކަށް އެއްވެސް ގޮތެއް ނެހެދޭނެ. އެއަށްވުރެ ބޮޑަށް އޮތީ ދަށުވެފަ. އެތައް ކެމްފޭނަކަށްވަނީ ހަރަދުކޮށްފަ. އެކަމު ޒީރޯ ޓޮލަރެންސް އޯކޭ.

  23
  1
 5. ޖަޑިބު

  ބޮނޑިބަތް ޖަމީލުގެ ހުރި އިޚުލާޞްތެރިކަމެއް ނޭންގުނު ސަރުކާރުން ވަގަށް ލާރި ތަންތަނުން ނަގާތީ ޔާމިނުސަރުކާރު ގޯސްވެގެން ވާހަކަދެއްކުމަށް ފަހު އެމީހުންގެ ދިފާއުގައި މިއަދު ވާހަކަދައްކާ އަދުލުވެރިކަމެއްނެތް ފަނޑިޔާރުންގެ ދިފާއުގައި އެއްވެސް އަދަބެއް އިޙުތިރާމެއްނެތި ހާމަ މީޑިޔާގައި ތިމާފަޟީހަތްވުމުން މިއަދު ތިޔަބޮނޑިބަތްގަނޑު ކާން ކަމުދޭތޯ އެއީ ސުވާލު އުފެދޭކަމެއް.

  4
  22
 6. ޔާމިނު ބެ

  އަޅޭ މީނާ އެބަ އުޅޭތަ؟

  5
  13
 7. ސދ

  ތިހެން އަނބުރާ ބޮޑިބަތަކުން ވާނެހަމަ އެކައްޗެއްވެސް ނޯނާނެ

  4
  19
 8. މާރިޔާ

  ކަލޯ ހައްތާވެސް ތިކަހަލަ ކަންތައް ހުރީ، މިވާހަކަތައް ނުދެއްކިއްޔާ ރަނގަޅުވާނީ.

  16
  1
 9. ޞޯގަޅިބެ

  ޖަމީލުއަށް ވާނުވާނޭގެނީތަ ނޫނީ ހިސާބަށްވުރެ ގަމާރުކަން ބޮޑީތަ

  2
  8
 10. ޙަސަން

  ވާހަކަ ނުދައްކާ . ތީ އެކްޕެއަރ ވެފައިވާ ޕްރަޑަކްޓެއް

  2
  5
 11. އަފީ

  އިހުސާނާ އަށް ބުނެލަން އޮތީ މިގައުމުގައި ހިގަނީ އިސްލާމީ ސަރިއަތް، ޖިނާއީ އިޖުރާއަތުގެ ދަށުން ޕްލީ ބާގޭން އެއްބަސް ވުން އެއީ ހެދޭ އެއްޗެއް ދެން މިވަނީ ކިހިނެއް!

  4
  1
 12. ރަށުމީހާ

  ޖަމީލް ކަލެއަށް މިހާރު ޔާމީންދިން ލަގާ ހަދާންނެތުނީދޯ ހާދައަވަހޭ ހަދާންނެތޭލެއް ވަރަށްސަލާމް

  1
  4
 13. އަސޭމިރުސް

  އިންސާފު ހޯދަދިނުމުގެނަމުގަ ވެރިކަމަށް އައިބަޔަކު އަދީބާ ޑީލް ހެދުމަކީ ކުރެވިގެން ވާނެކަމެއްނޫން..ހަމައެގޮތަށް ބޮޑިބަތް ޖަމީލު ޔާމީނާއެކުޑީލް ހެދުމަކީވެސް ކުރެވިގެންވާނެ ކަމެއްނޫން..ރައްޔިތުންގެ ހަޒާނާ ދަވާލީ ޔާމީނުއާ އަދީބު ގުޅިގެން އަދި ޕީޕީއެމް އާ އެމްޑީޕީގެ ކިތަންމެ ބޮޑުންނެއް ގުަޅިގެން އެންމެނަށް ބައި އެޅިގެން...ސިޔާސީ ލީޑަރުންގެ ތެރޭނެތް އެއްވެސްޕާޓީއަކު ދީނަށާ ރައްޔިތުންނަށް ހެވެއް އެދޭނެ އަދި ﷲ އަށް ބިރުވެތީވާ އެކަކުވެސް..ހުސް މުނާފިގުން ސަރުކާރުގަވެސް އަދި އިދިކޮޅުގަވެސް..ދުވަހެއް އަންނާނެ..

  4
  1