ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްވެރިކަމުގެ ބިލްގެ ބަހުސްގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ކަޝްމީރުގެ މުސްލިމުންގެ ހަނދާންތައް އާކުރައްވާ، އިންޑިއާ އަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ޠާރިގު ވިދާޅުވީ މަސްކަނޑުތައް ސަލާމަތުގެ އައްސޭރިއަކަށް ބޭއްވުމަށްޓަކައި ފުރަތަމަ ދިވެހިރާއްޖެ އަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ބޭއްވުމަށް ކަންތައްތައް ރާވަން ޖެހޭ ކަމަށެވެ.

އިންޑިއާ އިން ކަޝްމީރު އަޅުވެތި ކުރަމުން ދާއިރު އެއީ އެގައުމުގެ އެތެރޭގެ މައްސަލައެއް ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެފައިވާ ކަމަށާއި ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގެ ނަތީޖާ އިއުލާން ކުރުމުގެ ކުރިން "މިދެންނެވި ގައުމުގެ ހައި ކޮމިޝަނަރު ގޮސް އިލެކްޝަން ކޮމިޝަންގެ ތެރެއަށް ވަދެ ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވޭ. މިއީ އަޅުގަނޑުމެންގެ ގައުމުގެ އެތެރޭގެ މައްސަލައެއް ނޫންތޯ." ޠާރިގު ސުވާލު ކުރެއްވިއެވެ.

ކަޝްމީރުގެ މައްސަލަ އާއި ގުޅޭ ގޮތުން ރާއްޖޭގެ ސިޔާސީ ލީޑަރުން ކަންބޮޑުވުން ފާޅުނުކުރާތީ އެކަމާއި ވެސް ޠާރިގު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ކަޝްމީރުގައި ތިބި މުސްލިމުންގެ ޙައްޤުގައި ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރެއް އެއްވެސް އެއްޗެއް ނުބުނާތީ އަޅުގަނޑު ހިތާމަ ކުރަން." ޠާރިޤު ވިދާޅުވިއެވެ.

ޠާރިގު ވިދާޅުވީ 1970 ގެ އަހަރުތަކުގައި އިންޑިއާ ކަނޑުގައި ހުރި ރަށްތަކުގެ ނަންތައް އިންޑިއާ އިން ލަކަޑީޕް އިން ލަކްޝަދީބް އަށް ބަދަލު ކުރި ކަމަށާއި ލަކްޝަދީގެ މާނައަކީ އެއްހާސް ރަށް ކަމަށެވެ. އެދުވަސްވަރު "ސިއްކިންމޭ ކިޔުނު ގައުމެއް ފެންކޮޅަކާއި ނުލާ އިންޑިއާ އިން ދިރުވާލި." ކަމަށް ވެސް ޠާރިގު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ބިލަށް އިޝާރާތް ކުރައްވާ ޠާރިގު ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނެއް ހުށަހެޅުމުގެ ކުރިން ޤަރާރުތަކެއް ވެސް ހުށަހަޅާ ބަހުސް ކޮށްފައި ވާތީ މިބިލް ހުށަހަޅާނީ ވަރަށް ރަނގަޅަށް ކަމަށް އޭނާ އުއްމީދު ކުރެއްވި ކަމަށެވެ.

ނަމަވެސް ބިލްގައި އޮތް އެއްޗެއް ސާފު ނުވާ ކަމަށާއި ބިލްގައި އޮތީ ޤަވައިދުތަކެއް ހަދާފައި މަސްވެރިކަން ކުރާ ވާހަކަ ކަމަށެވެ.

"މަސްވެރިންނަކީ ސިޔާސީ ބޭފުޅުން ބޭނުން ކުރާ ޓޫލެއް" ޠާރީޤު ވިދާޅުވިއެވެ.

ބިލްގެ އަރިމަތީ ސުރުހީތައް ރީތި ނަމަވެސް މަސްވެރިންނަށް ލިބޭ ޙައްޤުތައް ބިލްގައި ނެތް ކަމަށް ޠާރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޯފްޝޯ ޕްލެޓް ފޯމްތައް އެޅުމުގެ ބޭނުމެއް ނެތް ކަމަށާއި އުތުރާއި ދެކުނުގައި ދެ ފެކްޓްރީ އެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސަމަންދަރު

  ޝިމްލާ މުއާހަދާ ފޮރިން މިނިސްޓަރ ވިދާޅުވުމުން އެނގިވަޑައިގަންނަވާނެ، ކަޝްމީރަކީ އިންޑިއާގެ ދާޚިލީ މައްސަލައެއްނޫންކަން. އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ތިއްބެވީ "ނަގޫފުޅު" ފިތިފައި. އުމަރާއި ޓޮމް ފިޔަވައި "ގަޓް" ހުރި ބޭފުޅުންނެއް ނެތް. ސާބަހޭ ޓޮމް!

  23
 2. hmmm

  މުޅިންވެސް މައުލޫން ބޭރުން ވާހަކަ ދައްކާ މީހެއް

  4
  20
 3. ޢާޝޯހު

  ދެން މާ ވެގަނެގެން އުޅުއްވަނީ

  3
  21
 4. ކިނބޫ

  ވަރަށް މައުލޫމާތު މުއްސަދި އަދި އެހާމެ ދުހެލޭ ބޭފުޅެއް ، އަދި ވަރަށް ވެސް ހަޤީޤަތައި އެއްގޮތަށް ދައްކާފައިވާ ވާހަތަކެއް، ބަހުސްގައި ދެއްކެވީ،،

  26
  5
 5. ޖެރީ

  ތޯރިގަކީ ވ. ގޮތެއްފޮތެއްނެތް އިންސާނެއް

  1
  9
 6. ފުއްކިބަ

  އިތުރު ދެގައުމެއްގެ މަސްލަހަތު ހިމެނޭ ކަމެއް އިންޑިއާގެ އެތެރޭގެ ކަމަކަށް ވަނީ ކިހިނެއް؟

 7. ބޮކި

  ކޮބާތަ ތަމެންދޭންބުނި ބެޔަސް ނުބެޔަސް ފައިސާ..............

  1
  4
 8. ސދފދސ

  މިއީ ވަރަށް އާދަޔާއި ޚިލާފު ޕޮއިންޓް ނަންގަވާ ވަރަށް ހަރުދަނާ މެމްބަރެއް ގޮތުގައި ފާހަގަކުރެވޭ.

  10
  1
 9. އުމަރު

  ސަބަހޭ ޓޮމް، ވަރަށް ހަބޭސް

  9
  1