ދައުލަތުގެ މީޑިއާތައް ހިންގާ "ޕީއެސްއެމް" ގައި ގިނަ އަދަދެއްގެ މީދާ އުޅޭ ވީޑިއޯއެއް ޓްވިޓާގައި އާއްމުކޮށްފިއެވެ.

ޕީއެސްއެމްގެ ޓީވީއެމް އިމާރާތުގެ ތެރޭގައި މިދާތައް "ރަސްކަން" ކުރަމުން ގެންދާ ވީޑިއޯއެއް އާއްމުކޮށްފައި ވަނީ އެތަނުގެ ނޫސްވެރިޔާ އާދަމް ނަޒީރު އެވެ.

ވީޑިއޯ އަކާއި އެކު އޭނާ ކުރި ޓްވީޓެއްގައި ބުނީ ޕީއެސްއެމްގެ ޚަބަރު ޗެނަލް "ޕީއެސްއެމް ނިއުސް" ގެ ހާލަތަކީ މިއީ ކަމަށެވެ.

"މުޅި ނިއުސް ރޫމްގައި މީދާ. މި ވަރުގެ ކުޑަކުޑަ ކަމެއް ހައްލު ނުވާ ވެރިން ތަނުގައި ތިބި އިރު ބޮޑު ހުޅުގަނޑެއް އަންނަ ދުވަހު ކަން ވާނެ ގޮތް އަމިއްލައަށް އިހްސާސް ކޮއްލައްވާ." އޭނާގެ ޓްވީޓްގައި ވެއެވެ.

ޕީއެސްއެމްގެ "ކޮންޓްރޯލް" މީދާތަކުގެ އަތްދަށަށް ގޮސްފައިވާކަން އެތަނުގެ މުވައްޒަފަކު ހާމަކުރިއިރު ފަހަކަށް އައިސް އެތަނު މުވައްޒަފުންނާއި ކުންފުނީގެ މެނޭޖްމަންޓާއި ބައެއް މައްސަލަތަކުގައި އަރައިރުންވެ، މީޑިއާ އާއި ހަމައަށް ވެސް ޚަބަރުތައް އައިސްފައިވެއެވެ.

ދައުލަތުގެ އެންމެ މުހިއްމު އެއް ކުންފުނި ކަމަށްވާ ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމް އަށް މީދާތަކެއްގެ އުނދަގޫ ފޯރާފައި ވާއިރު ދާދިފަހުން ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް އިން ވެސް މީދަލެއް ފެނުނު މައްސަލައެއް ފެންމަތިވިއެވެ. ނަމަވެސް އައިޖީއެމްއެޗް އިން ވަނީ ވަރަށް އަވަހަށް އެމީދާ މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ތުނޑު ހަސަނު

  ގިނަ އަދަދެއްގެ މީދާ މި ވީޑިއޯ އިން ފެންނަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް.. މަށަށް ފެންނަނީ ގޮނޑި މަތީ ދުވާ ކުޑަ ކުޑަ އެންމެ މީދަލެއް..

  12
  10
  • ޙަނީ

   ?

   4
   2
 2. ޗުއްޕު

  ކޮންމެ ކަމެއް ކޮންމެގޮތަކަށް ދިޔަސް ހެޔޮފުޅުވާ މެނޭޖްމަންޓެއް ޕީއެސްއެމްގަ އޮންނަނީ... އެމީހުންގެ ހުރިހާ ކަމެއްފުރިހަމަ ވަނިކޮށް ނިމުނީ.. ދިންތިބޭ މީދާތަކާ އެއްކޮށް މަސަތްކައް ކޮއްލަން!!