އެމްޑީޕީގެ ޕާލިމެންޓް ގްރޫޕް ބައިބައި ވެއްޖެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަމިއްލަ މެންބަރެއް ގޮތުގައި މަޖިލީހަށް އިންތިހާބުވެފައިވާ ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

މެންބަރު ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދުގެ މުށު ތެރެއަށް ބާރުތައް ލާން އުޅުމުގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓް ގްރޫޕް ބައިބައި ވެއްޖެ ކަމަށެވެ.

”ނަޝީދުގެ މުށުތެރެއަށް ބާރުތައް ލާން ވެގެން ހަދަން އުޅުނު ސްޕަރ ކޮމިޓީ ކަންތަކުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ދެބައިވެ، ރައީސް ނަޝީދު އަތަށް ގޮވާ“ މެންބަރު ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މެންބަރު ނަޝީދުގެ މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް، މުހައްދު ނަޝީދު އުފައްދަވަން ހުށަހެޅުއްވި ސުޕަ ކޮމެޓީ ހަދަން ނުފެންނަކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ރޭ ވަނީ ނިންމާފައެވެ.

މަޖިލިހުގެ ގަވައިދަށް ނަޝީދު ގެންނަން ބޭނުންފުޅުވާ އިސްލާހުގައިވާ ގޮތުން މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމާއި، އެކިއެކި މަގާމުތަކަށް ބޭފުޅުން ކަނޑައަޅައި ވަކި ކުރާނީ ސުޕަ ކޮމިޓީއަކުންނެވެ.

މި އިސްލާހަކީ މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަކީ އެންމެ ކޮމިޓީއަކުން ކުރާ ވަރަށް ވުރެ ފުޅާ ދާއިރާއެއްގައި ވިސްނައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ޝާމިލްވުން އޮންނަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ ހުށަހެޅުއްވި އިސްލާހެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސުޕަ ކޮމިޓީ ހަދަން ރައީސް ނަޝީދު ހުށަހަޅުއްވަމުން ވިދާޅުވީ، މިހާރު ހުރި ދާއިމީ ކޮމިޓީތަކަކީ އޯވަސައިޓް ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީތަކެއް ކަމަށާއި، އެހެން ކަމުން ހަރުދަނާ އުސޫލަކުން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކޮށް ވަކިކުރަން އެކަމަކަށް ހާއްސަވެފައިވާ ކޮމިޓީއެއް އޮތުން މުހިންމު ކަމަށެވެ.

ސުޕަ ކޮމިޓީގައި ހިމެނެނީ މަޖިލިހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންނާއި، މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ. އިސްލާހުގައިވާ ގޮތުން ކޮމިޓީ ޗެއާ ކުރައްވާނީ ވެސް ނަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސސ

    އެމްޑީ ނޫނީ ބައިނުވާ ޕާޓީއެއް މިރާއްޖެއަކުނެތް

    11
    19
  2. ބޮލި މުލައް

    ނޮޅިވަރަމް ދާއިރާއަށް ލިބިފަތިހިރީ ޖަވާހިރެއް. ޙައްޤު ބަސް ބުނުމުގަ ފަސްނުޖެހޭ ދިވެހި ދަރިއެއް. ސާބަހޭ މނޢ.

    41
    1
  3. މިއަދު

    ނަޝީދު އެއިސްލާހު ހުށައެޅިއިރުވެސް ނަޝީދުއަށް އެގޭނެ އިބޫފެކްޝަނުން ސަޕޯޓު ނުކުރަނެކަން އެއީ ނަޝީދު ބުނީ އިބޫގެ ހިތުގައި އޮންނަ އެތި އެގެއޭ އޭނަގެ ހިތުގައި އޮންނައެތި އިބޫއަށް އެގެއޭ ދެންކީއްވެ ލަދެއްގައިބެދެން މިވަރުގެ ކޮހެއްމިހެދީ

    36
    1
  4. ޢަލީ

    ޢަލްހަމްދު ލިއްލާހި!

    16
  5. ޤައުމު

    އަންނި ބުނާތީ އަޑުއެހިން އެމީހުން ހަމަ އެބައިމީހުން އަމިއްލަޔަށޭ ނަގޫ ގޮއްޖެހޭނީ ،ލޮލް

    16
  6. ސަރުކާރު

    ސަރުކާރުގެ މުހިއްމުކަން އިތުރު ވަނީ އާއްމުންނަށް ސަރުކާރަކީ މުހިއްމު އަދި އާއްމުންގެ ދިރިއުޅުން ރަގަޅުކުރާ ނިޒާމްއެއްކަން ގަބޫލުވާތީ. އެވިސްނުން ބަދަލު ކޮށް ސަރުކާރަކީ އާއްމުންނަށް ގެއްލުންހުރި އޮަންނަން މަޖްބޫރު އާއްމުންގެ ބޮލުގެ ރިހުމެއްކަން އާއްމުންނަށް އެގެންޖެހޭ. ސަރުކާރެއް އޮނަންންޖެހެނީ ހުރިހާ މީހުންނަކީ އެކި ވައްތަރުގެ މީހުން ކަމަަށްވާތީ އެއްމެން ތަބާވާ އުސޫލުތަކެއް ނެތިއްޖެއްޔާ އަތގަދަ ނުލަފާ މީހުންގެ ތަޅާފޮޅުން ނުންކަމެއް ނޮއޮންނާނެތީ. އެކަން ނައްތަން މަޖްބޫރުވާތީ ސަރުކާރަކީ އޮންނަން މަޖްބޫރު އާއްމުންގެ ޒިއްމާއެއް. ހުރިހާ އިންސާނުންނަކީ ބުުއްދި ރަނގަޅު ސިއްހަތު ރަނގަޅު އަދި އެއްގޮތަކަށް ވިސްނާ ބަޔެއްނަމަ ސަރުކާރެއް އޮތްނަން ނުޖެހޭ. ސަރުކާރުގެ މުހިއްމުކަން ބޮލުން ނެރެން ޖެހޭ. ނޫނީ އައްނި ކަހަލަ މޮޔަ މީހުން ގެ ސަބަބުން އާއްމުންނަށް ލިބޭނީ އިތުރު ގެއްލުން